ކަރުސަތުނާމަ
ރާއްޖޭގެ ޚަބަރުތައް، އޮންލައިން ނޫސްތަކުންނާއި ބުލޮގްތަކުން......
  • ޝާއިޢުކުރި ތާރީޚް: 09 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 164

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ގިނަގިނައިން ފާފަކުރާ މީހުންވެސް ﷲގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށް ކުރީގެ ރައީސް ގޮވާލައްވައިފި

މާތް ﷲ އަކީ އެންމެ އޯގާވަންތަ ކަލާނގެ ކަމަށާއި، އެކަލާނގެއަށް ޝިރްކުކުރުން ފިޔަވައި، އެހެން ހުރިހާ ފާފަތަކެއް އެކަލާނގެ އިރާދަކުރައްވާބަޔަކަށް ފުއްސަވައި ދެއްވާނެކަމަށާއި، ގިނަގިނައިން ފާފަކުރާ މީހުންވެސް އެކަލާނގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީ.އާރު.ޕީ.ގެ ޒަޢީމް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިހެން ގޮވާލެއްވީ، ޑީ.އާރު.ޕީ.ގެ ދީނީ ގޮފީގެ ފަރާތުން ބާއްވަވަމުން ގެންދަވާ "ރަމަޟާން މަހުގެ ހިދާޔަތު" މިޕްރޮގްރާމުގެ ފަހު ޖަލްސާގައި އިއްޔެރޭ ޣިޔާޘުއްދީން ސްކޫލްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މައުމޫން ވިދާޅުވީ، އެންމެ އުފާވެރި ދީނަކީ އިސްލާމްދީން ކަމަށާއި، އެންމެ އުފާވެރި ދީނަކީ އިސްލާމްދީން ކަމުގައިވާ ސަބަބުތައް ބަޔާންކުރައްވަމުން ވިދާޅުވީ، އިސްލާމްދީނަކީ މާތް ﷲ މުޅި އިންސާނިއްޔަތަށް ހަދިޔާކުރެއްވި އެންމެބޮޑު ނިޢުމަތެވެ. އަދި މުއުމިނުންގެގޮތުގައި ތިބެ ޞާލިޙް ޢަމަލުކުރާ މީހުންނަށް މިދުނިޔޭގައި ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ދެއްވާނެ ކަމަށާއި، އާޚިރަތްދުވަހުން އެބައިމީހުންނަށް މަތިވެރި ސަވާބު ދެއްވާނެކަމަށް މާތް ﷲ ކީރިތި ޤުރްއާނުގައި އަންގަވާފައިވާކަމަށެވެ.

އެކިއެކި އުފާވެރި މުނާސަބަތުތަކުގައި، މާތް ﷲ ފަރްޟު ކުރައްވާފައިވާ ކަންތައްތަކަށް ރައްކާތެރިވެތިބެ، އަދި އެކަލާނގެ ޙަރާމްކުރައްވާފައިވާ ކަމަކަށް އަރައިނުގަނެ، އުފާކުރުމާއި އުފާފާޅުކުންވަނީ އިސްލާމްދީނުގައި ހުއްދަކުރައްވާފައި ކަމަށްވެސް ވިދާޅުވިއެވެ.

ޑީ.އާރު.ޕީ.ގެ ޒަޢީމް ވިދާޅުވީ، އުފާވެރި މުސްލިމުންނެއް ނޫޅެޔޭ ކިޔައިގެން އިސްލާމްދީނަށް ހެޔޮނޭދޭމީހުން ދައްކަމުންގެންދާ ވާހަކަތަކަކީ، އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބިނާވެފައިނުވާ ދޮގު ވާހަކަތަކެކެވެ. މާތް ﷲ އިންސާނުންނަށް ދެއްވި އެންމެބޮޑު ނިޢުމަތުގެ އަހުލުވެރިންކަމުގައިވާ މުސްލިމުންނަކީ، ދެދުނިޔޭގެ އުފަލާއި ބާއްޖަވެރިކަން ލިބެނިވި ބަޔަކުކަމުގައިވާއިރު، އެބައިމީހުންނަކީ އުފާވެރި އަދި އުފަލުން ތިބޭބަޔަކުކަމުގައި ނުވާންވީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ.

ޑީ.އާރު.ޕީ.ގެ ދީނީ ގޮފީގެ ފަރާތުން އިއްޔެރޭ ބޭއްވެވި ޖަލްސާގައި، އެގޮފީގެ ރައީސް ޑޮކްޓަރ އަފްރާޝީމް ޢަލީވެސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ، ފިޠުރުޒަކާތުގެ މާތްކަމާއި، އެޒަކާތުގައި ހިމެނިފައިވާ މަތިވެރި މަޤްޞަދުތަކުގެ މައްޗަށެވެ. އެމަޤްޞަދުތަކުގެ ތެރޭގައި، ރޯދަޔަށް ހުންނަ ހުރުމުގައި ދެއްކޭ ބޭކާރު ވާހަކަތަކުން ރޯދަވެރިޔާ ޠާހިރުވުމާއި، ޖަމާޢަތުގެތެރޭގައި ދިރިއުޅޭ މިސްކީނުންނަށް އެހީއަކަށްވުމާއި، ފިޠުރު ޢީދުގެ އުފަލުގައި އެންމެހާ މުސްލިމުން ޝާމިލްވުން ހިމެނޭކަމުގައި ޑރ.އަފްރާޝީމް ވިދާޅުވިއެވެ. އަދި ޢީދު ނަމާދުގެކުރިން ކޮންމެ މީހަކުވެސް، އެމީހަކާއި އެބަޔެއްގެ ޚަރަދުބަރަދު އެމީހަކު ބަލަހައްޓަންޖެހޭ އެންމެންގެ ކިބައިން ފިޠުރު ޒަކާތް ނެރެންވާނެކަމުގައި ވިދާޅުވިއެވެ.

އިއްޔެރޭގެ ޖަލްސާއަކީ، މިއަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމުގެގޮތުން ޑީ.އާރު.ޕީ.ގެ ދީނީ ގޮފީގެ ފަރާތުން ބާއްވަވާ އެންމެފަހު ޖަލްސާކަމަށް އެޕާޓީން މައުލޫމާތު ދެއެވެ. މިޖަލްސާއަށް ޑީ.އާރު.ޕީ.ގެ ލީޑަރ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއާއި، ޑީ.އާރު.ޕީ.ގެ ޑެޕިއުޓީ ލީޑަރުންނާއި، ކައުންސިލް މެންބަރުންނާއި، ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންނާއި، އަދި ޑީ.އާރު.ޕީ.ގެ ވަރަށްގިނަ ޢާންމު މެންބަރުން ޙާޟިރުވިއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-10 22:11:51 | Report this Comment
އަޗާ:

ރައީސް މައުމޫނު އެވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެއް. މައުމޫނު ވީމާ މައުމޫނުފޯބިއާ ޖެހިފަ ތިބޭ މީހުނަށް އަހަން ފަސޭހަ ނުވިޔަސް އިދިކޮޅު ނުހެދޭނެ ޙަގީގަތެއް. ކަލެއަށް ވެސް އެހެން ލިޔުންތަކާ ޚިލާފަށް މައުމޫނުގެ އަބުރާ ބެހި ނުގަނެ އިދިކޮޅަށް އެއްޗެއް ނުލިޔެވި މިލޔުން ނިންމާލަން ޖެހުމުގެ ހިތާމަ އުފުލަން ތިޖެހުނީ އެހެންވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.