ކަރުސަތުނާމަ
ރާއްޖޭގެ ޚަބަރުތައް، އޮންލައިން ނޫސްތަކުންނާއި ބުލޮގްތަކުން......
  • ޝާއިޢުކުރި ތާރީޚް: 08 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 160

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ފައިސާއިން ގަނެލެވޭނެ ވަރަށްވުރެ ފުދުންތެރިކަމަށް ގައްދޫ ޒާހިރު ވިދާޅުވެއްޖެ

މިނިވަން މެމްބަރެއްގެގޮތުގައި ހުރެ، ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާއަށް ހޮވިވަޑައިގަތް ޒާހިރު އާދަމް (ގައްދޫ ޒާހިރު)އަކީ ރިޝްވަތު ހިފަންޖެހޭވަރަށްވުރެ ފުދުންތެރި މީހެއްކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޒާހިރް އާދަމް މިހެން ވިދާޅުވީ، ވެރިކަންކުރާ އެމްޑީޕީއާއި ގުޅިވަޑައިގަތުމުގައި ފައިސާގެ އެއްވެސް ނުފޫޒެއް ފޯރާފައިވާނެތޯ އިއްޔެރޭ އެއްސެވުމުންނެވެ. ޒާހިރު ވިދާޅުވީ، އޭނާގެ މައްޗަށް އެފަދަ އެއްވެސް ނުފޫޒު ނުފޯރާ އަދި ނުވެސް ފޯރުވާކަމަށާއި، އޭނާއަކީ "އެއްވެސް ބަޔަކަށް ވިކިފައި ހުރިމީހެއް ނޫން" ކަމަށެވެ.

ޒާހިރު ވިދާޅުވީ، އެމްޑީޕީއަށް ސޮއިކުރެއްވީ އޭނާ ތަމްސީލްކުރާ ދާއިރާގެ ރައްޔިތުން އެކަމާއި ޝަކުވާކުރާތީކަމަށެވެ. އަދި އޭނާއަކީވެސް އެމްޑީޕީގެ ހިޔާލާއި ފިކުރަށް ތާއީދުކުރައްވާ ބޭފުޅަކަށްވާތީއާއިވެސް އެކީކަމަށެވެ. މިގޮތުން މަޖިލީހުގައި އެމްޑީޕީގެ ރޫހަށް ތާއީދުކުރައްވާ ވާހަކަވެސް ދައްކަވާފައިވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީން މަސައްކަތްކުރަންޖެހޭނީ ރައްޔިތުންގެ ފައިދާއާއި ލާބައަށް ކަމަށާއި، ރައްޔިތުންނަށް ފައިދާހުރިގޮތުގައި މަސައްކަތް ކުރައްވާހާހިނދަކު އަދި އެމްޑީޕީ ސަރުކާރު އެގޮތުގައި އޮތްހާހިނދަކު ޕާޓީ ބަދަލުނުކުރައްވާނެކަމަށް ޒާހިރު އާދަމް ވިދާޅުވިއެވެ.

ޒާހިރު އާދަމް އެމްޑީޕީއަށް ސޮއިކުރެއްވުމާގުޅިގެން އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި މާރިޔާ ވިދާޅުވީ، ޒާހިރު އާދަމްގެ އެހީތެރިކަން އަބަދުވެސް ސަރުކާރަށް ލިބޭކަމަށާއި، އަދި "މިހާރު އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޒާހިރު އާދަމްގެ ވިސްނުމާއި، ފިކުރާއި ތަޖުރިބާ ޕާޓީއަށް ލިބޭނެކަމީ އެމްޑީޕީއަށްލިބޭ އިތުރު ކުރިއެރުމެއްކަމަށް" ދެކެވަޑައިގަންނަވާ ކަމަށެވެ.

ޒާހިރު އާދަމް އެމްޑީޕީއަށް ސޮއިކުރެއްވުމުން، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުންގެ މިހާރުގެ އަދަދަކީ 31 އެވެ. ޑީއާރްޕީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމްވެސް ދާދިފަހުން އެމްޑީޕީއަށް ސޮއިކުރެއްވިއެވެ. ނަމަވެސް އެސޮޔަށް 24 ގަޑިއިރު ނުވަނީސް އޭނާވަނީ ސޮއި އަނބުރާ ގެންދަވާފައެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-09 18:30:25 | Report this Comment
ބޯއި:

މިއީ ރުނޑިއެއް.. މި ރުނޑި އަކީ ވިކި ހުސްވެފައިވާ މީހެއް
: ޑިއާރުޕީ އަށް ސޮއި ނުކުރީމާ ހަޖަމު ނުވީ

Posted on 2010-10-07 13:53:09 | Report this Comment
މުރާސިލް:

އެއްގޮތެއްގައި ސާބިތުނުވޭ މެންބަރުން މިހާރުމިފެންނަނީ ތީގެ ކޮއްމެ މީހެކޭ ތިލަފަތުގެ ކައްޓެކޭ އެއް ވަރު

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.