ރަސްމާދޫ

  • ޝާއިޢުކުރި ތާރީޚް: 04 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 12

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ސިލްސިލާ މާރާމާރީތަކެއް ފެށިދާނެކަމުގެ ބިރުހީވާތީ ބައިބަލާ މުބާރާތް ބާއްވަން ރުހުންދެވެން ނެތްކަމަށް ފުލުހުން ބުނެފި

މި އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ބައިބަލާގެ ސަބަބުން އިތުރަށް، ގްރޫޕް މާރާމާރީތަކެއް ފެށިގެން ހިނގައިދާނެކަމުގެ ބިރު ހީވާތީ، އެފުރުސަތު ނުދިނުމުގެ ގޮތުން ބައިބަލާ މުބާރާތް ބާއްވަން ރުހުންދެވެން ނެތްކަމަށް ފުލުހުންބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއިން މައުލޫމާތުދިންގޮތުގައި ފަހަކަށް އައިސް މާލޭގައި ހިނގާ ތޫނު އެއްޗެހިންދޭ ހަމަލާތައް ފުލުހުންނަށް ކޮންޓްރޯލް ނުކުރެވިގެންދާއިރު، ބައިބަލާގެ ސަބަބުން ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން އިތުރަށް ގްރޫޕް ސިލްސިލާ މާރާމާރީތަކެއް ހިނގާފާނެކަމުގެ ބިރު ހީވެފައިވާތީ، އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މުބާރާތްބާއްވަން ރުހުންދެވެން ނެތްކަމަށެވެ.

އަދި މިހާރު ލިބިގެންދާ ފުރުސަތުގެ ބޭނުން ނަހަމަގޮތުގައި ހިފައިފިނަމަ، އަނެއްކާވެސް ސިލްސިލާކޮށް ގްރޫޕް މާރާމާރީތަކެއް ފެށިގެން ދިއުމަކީ ވަރަށް ގާތްކަމެއްކަމަށާއި، އަދި މިއީ ފުލުން ވަރަށް ބޮޑަށް ކަން ބޮޑުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން، ބައިބަލާ މުބަރާތްތައް މި އަހަރު ބޭއްވޭނެކަމަށް ސަރުކާރުގެ ބައެއް އިސްފަރާތްތަކުން ވިދާޅުވި ނަމަވެސް، ބޮޑެތި ސިލްސިލާ މާރާމާރީތަކުގެ ފެށުން އައިސްފައި ވަނީ ކޮންމެ ފަހަރަކު ވެސް ބައިބަލާ މުބާރާތްތަކުގެ ތެރެއިން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އެކަމަށް އެއްބާރުލުން ދެވެން ނެތްކަމަށާއި، މިހާރުވެސް މާލެތެރޭގައި ހިނގާ ބޮޑެތި މާރާމާރީތަކާއިގުޅިގެން ފުލުހުންކަންބޮޑުވެފައިވާކަމަށް ވަނީބުނެފައެވެ.

މިއަހަރުގެ ބައިބަލާ މުބާރާތް ބޭއްވުމަށް ހުއްދަ ނުލިބިދާނެކަމަށް ހީކޮށް، ބައެއްޒުވާނުން ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު ކުރިމައްޗަށް އެއްވެ ނުރުހުން ފާޅުކުރަން ފެށުމުން، ރައީސް ނަޝީދު އެ ޒުވާނުންނާއި ބައްދަލުކުރައްވާ ބައިބަލާ މުބާރާތް ބޭއްވޭނެކަމަށްވަނީ ވިދާޅުވެފައެވެ.

އަދި ހަމައެމީހުން މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކުއާއި ބައްދަލުކުރުމުންވެސް ބައިބަލާ ބޭއްވޭނެކަމަށާއި، އެކަމަށް މުނިސިޕަލްޓީގެ އެއްބާރުލުން ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.