އިނގުރައިދޫ ކުރީގެ ހުކުރު މިސްކިތް ކައިރީގައި އަޅަމުންގެންދާ މިސްކިތުގެ މައްސަލައިގައި ދޮގު ހަދަނީ އަދި ތެދު ހަދަނީ ކާކު ކަން މިހާރު އެނގޭކަންނެތެވެ. އެނގޭހާވެސް ކަމަކީ ކޮންމެވެސް އެއްބަޔަކު ދޮގު ހަދަމުން ދާކަމެވެ. ތިރީގައި އެވަނީ މިއަދު ތަފާތު 4 މީހެއްގެ ފަރާތުން ލިބިފައިވާ މަޢުލޫމާތެވެ.
1.އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސައިޙް މުހައްމަދު ފާރޫޤް ވިދާޅުވީ މިސްކިތުގެ މައްސަލަ ހުއްޓާލަން އަންގާފައި ނުވާނެ ކަމަށާއި އެ މަސައްކަތް ކުރެވެމުންދަނީ ހުއްދައާއި އެކީގައި ކަމަށެވެ.
2.އިނގުރައިދޫ އޮފީހުގެ ސެކެޓްރީ އަލްފާޟިލް އަހްމަދު ޝަރީފް ވިދާޅުވަނީ އިނގުރައިދޫ އޮފީހަށް އެންމެ ފަހުން މިސްކިތާއި ބެހޭގޮތުން ފޮނުވާފައިވާ ސިޓީގައި ވަނީ މިސްކިތް އަޅަން ނުފެންނަކަމަށެވެ. މިސިޓީ އައިސްފައިވާ ތާރީޙަކީ 4 ފެބްރުއަރީ 2010 ގައެވެ.
3.މިކަމާއި ގުޅޭގޮތުން ރ.އަތޮޅު އޮފީސް ހިންގުމާއި ހަވާލުވެގެން ހުންނެވި އަލްފާޟިލް މޫސާ މަނިކް އުމަރު ވިދާޅުވެފައިވަނީ ހުއްދައިގެ ސިޓީއެއް މިދިޔަ މަހުގެ ތެރޭގައި އަތޮޅު އޮފީހަށް އައިސްފައިވާ ކަމަށާއި އަދި މިސިޓީ އިނގުރައިދޫ އޮފީސްހަށް ފޮނުންވާފައިވާނެކަމަށެވެ. ދެން ވިދާޅުވީ މިއަދު އިނގުރައިދޫއަށް ދާނެ ކަމަށާއި ގޮސްފައި އެކަން އޮތް ގޮތެއް އަންގާނެ ކަމަށެވެ. ނަމަވެސް ފަހުން އިނގުރައިދޫއަށް ވަޑައިގެން ފޯނަށް ޖަވާބު ދީފައިއެއް ނުވެއެވެ. އަދި މިކަން ހިނގަމުންދާ ގޮތެއް އަންގާނަމޭ ބުނެފައި އަންގާފައެއް ނެތެވެ.
4.މިކަމާއި ގުޅޭގޮތުން އިނގުރައިދޫ ކައުންސިލަރ އަލްފާޟިލް މުހައްމަދު ނިޒާމް ވިދާޅުވެފައިވަނީ އެންމެ ފަހުން އައިސްފައިވާ ސިޓީއަކީ 4 ފެބްރުއަރީ 2010 ގައި އައިސްފައިވާ ސިޓީ ކަމަށާއި އަދި އޭގެ ފަހުން ހުއްދަ ދިނުމަށް ނުވަތަ ހުއްދަ ބާތިލް ކުރުމަށް ސީޓީ އެއް އައިސްފައި ނުވާކަމަށެވެ. އެހެން ނަމަވެސް 4 ފެބްރުއަރީ 2010 ގައި އައިސްފައިވާ ސިޓީގައި ވަނީ މިސްކިތުގެ މަސައްކަތް ހުއްޓުމަށް އަންގަވާފައި ކަމަށެވެ. އަދި އެބޭފުޅާ ވިދާޅުވީ މޫސާ މަނިކް އުމަރު އެވިދާޅުވާ ހުއްދައިގެ ސިޓީއެއް އައިސްފައިނުވާކަމަށެވެ.
މިހެން ކަމަށް ވުމުން ރަމަޟާން މަހު ރޯދައަށް ހުރެގެން އިިތުރުފުޅު ހައްދަނީ މިތަނުން ކޮން ބޭފުޅެއްކަން އެނގޭކަންނެތެވެ. ސަރުކާރުން އެބުނާ ދެފުށް މިދަނީ ރަގަޅަށް ފެންނަމުންނެވެ. މިއީ އެކިޔާ ދެފުންފެންނަ ސަރުކާރުތާއެވެ.
Posted on 2010-09-02 20:45:55 |
Report this Comment