އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 02 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 323

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ذكر ޤުރުއާން ފަސޭހަ ކަމާއި އެކު ކިޔާލެވޭނެ ސޮފްޓްވެއަރ އެއް

ذكر އަކީ ޤުރުއާން ސޮފްޓްވެއަރ އެކެވެ. ذكر އަކި އެއްވެސް އަގެއް ދެއްކުމެއް ނެތި މުޅިން ހިލޭލިބޭނެ ސޮފްޓްވެއަރ އެކެވެ. އަދި ދާދި ފަހުން މޯލްޑިވްސް އޯޕަންސޯސް ސޮސައިޓީގެ ފަރާތުން ވަނީ މުޅި ذكر ސޮފްޓްވެއަރ ގެ މެނޫތަށް ދިވެހި ބަހަށް ތަރުޖަމާކޮށް އަދި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވެސްސައިޓްގައި ހިމެނީ ދިވެހި ތަރުޖަމާ ذكر އިން ފެންނާނެ ގޮތް ހަދާފައެވެ. ذكر ބޭނުން ކުރައްވާނެ ގޮތް ތިރީގައި އެވަނީއެވެ.

އެންމެ ފުރަތަމަ www.zekr.org އަށް ޒިޔާރާތް ކޮށް ސޮފްވެއަރ ޑައުންލޯޑް ކުރައްވާށެވެ. އަދި ބޭނުން ކުރައްވާ އޮޕަރޭޓިން ސިސްޓަމް ހިޔާރު ކުރައްވާށެވެ. ذكر އަކީ ހުރިހާ އޮޕަރޭޓިން ސިސްޓަމް ތަކެއްގައިވެސް މަސައްކަތް ކުރައްވާ ގޮތައް ފަރުމާ ކުރެވިފައިވާ ސޮފްޓްވެއަރ އެކެވެ. މިގޮތުން ވިންޑޯސް، މެކް އަދި ލިނަކްސް ގައި ބޭނުން ކުރެވޭނެއެވެ.

ވިންޑޯސް ބޭނުން ކުރައްވާނަމަ، ވިންޑޯސް ވާޝަން ޑައުންލޯޑް ކުރައްވާށެވެ. ވިންޑޯސްވާޝަން މިލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://zekr.org/quran

ذكر ބޭނުން ކުރެއްވުމަށް ޖާވާ ބޭނުންވާނެއެވެ. ޖަވާ ނެތް ނަމަ ޖާވާ ރަންޓައިމް އެންވައިރަމެންޓް ސިސްޓަމް އަށް އަޅުއްވާށެވެ.



ދިވެހި ތަރުޖަމާ އެޅުއްވުމަށް ތިރީގައިވާ ގޮތް ހައްދަވާށެވެ.

http://dl.dropbox.com/u/5385653/zekr/dv.trans.zip

މަތީގައި އެވާ ލިންކުން ދިވެހި ތަރުޖަމާ ލިިބިވަޑައިގަންނަވާނެއެވެ. ތަރުޖަމާ އެޅުއްވުމަށް ޓޫލްސް އަށް ގޮސް އެޑްއަށް ދާށެވެ. އަދި އެއަށްފަހު އެޑްޓްރާސްލޭޝަން އަށްދާށެވެ. އަދި ޑައުންލޯޑް ކުރެއްވި ފައިލް ހިޔާރު ކުރައްވާށެވެ. ފައިލް ހިޔާރު ކުރައްވާއިރު އިންޒާރެއް ސްކުރީންއިން ފެނިވަޑައިގަންނަވާނެއެވެ. މިއީ އެއްވެސް މައްސަލައެއް ނޫނެވެ. މިމައްސަލަ ދިމާވަނީ އެއީ އަދި ذكر ސޮފްޓުވެއަރ ހައްދަވާ ބޭފުޅުންގެ ވެބްސައިޓްގައި މިތަރުޖަމާ ނުހިމެނޭތީއެވެ. މިގޮތައް ހެއްދެވުމަށްފަހު ވިއުއަށް ޓްރާންސްލޭޝަން މެނުއަށް ދާށެވެ. އަދި މެނޫގެ ތެރެއިން ދިވެހި .
ތަރުޖަމާ ހިޔާރު ކުރައްވާށެވެ.

މެނޫތައް ދިވެހިބަހަށް ބަދަލުކުރުމަށް ތިރީގައިވާ އެކްސް އެމްއެލް ފައިލް ޑައުންލޯޑް ކުރައްވާށެވެ.
http://dl.dropbox.com/u/5385653/zekr/lang/dhivehi.xml

އަދި ތިރީގައިވާ ފޯލްޑާއަށް އެފައިލް ޕޭސްޓް ކުރައްވާށެވެ.

C:\Program
Files\Zekr\res\lang

އެއަށްފަހު ޓޫލްސްއަށް ގޮސް އޮޕްޝަންއަށް ދާށެވެ. އަދި އެތަނުން ލޭންގް އޭންޖްއަށް ދިވެހި ބަސް ނަންގަވާށެވެ.

ނޯޓް : މިމަސައްކަތް ކުރުމުގައި ވަރަށް ބުރަ މަސައްކަތެއް ކޮށްފައިވާ ނާއިލް އަބްދުލް ރަޙްމާން އަށް ފަށްފަށުން ޝުކުރު އަދާ ކުރަމެވެ.
http://kudanai.blogspot.com/
ލިޔުނީ : މުހައްމަދު މާލިކް
ހައްދަވާނެ ގޮތް އިނގިރޭސި ބަހުން ބޭނުންވާނަމަ ތިރީގައިވާ ލިންކުތަކުން ފެންނާނެއެވެ.

http://www.mohamedmalik.com/?p=280

މޯލްޑިވްސް އޯފަންސޯސް ސޮސައިޓީގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
www.moss.org.mv

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-02 02:25:34 | Report this Comment
ވިސްނާ :

ވަރަށް ބޮޑަށް ޝުކުރިއްޔާ..ﷲ ތިބާއަށް ހެޔޮ ރަޙްމަތް ލައްވާށި. އާމީން

Posted on 2010-09-03 19:28:03 | Report this Comment
ޒިޔާ:

މެކް ބުކައް އިންސްޓޯލް ކުރާގޮތް ކިޔައިދީފާނަން ތޯ...
އިނގުރައިދޫލައިވް: ޒިޔާއެވެ. ތިރީގައިވާ ލިންކުން ވިންޑޯސް ލިނަކްސް އަދި މެކް ގައި އަޅުއްވާނެ ގޮތް އެނގޭނެއެވެ. ރަގަޅަށް ކިޔުންވުން އެދެމެވެ. ވަރަށް ގިނަ ބޭފުޅުންނަށް ވާގޮތަކީ ރަގަޅަށް ނުކިޔާ އުޅޭތީ ދަތިތަކާއި ކުރި މަތިވަނީއެވެ. http://www.mohamedmalik.com/?p=280
އިނގުރައިދޫލައިވް: ޒިޔާ އިތުރު މައްސަލައެއް ދިމާވާނަމަ މިއަށް ނުވަތަ އަޅުގަނޑުގެ ވެބްސައިޓްއަށް ނަންބަރު ފޮނުއްވާ ލައްވާށެވެ. އޭރުން ގޫޅާފައިވެސް އަޅާގޮތް ކިޔައިދީފާނަމެވެ. ސުކުރިއްޔާ އެންމެ ހާބެފުޅުންނަށް ވެސް!!

Posted on 2010-09-05 06:28:28 | Report this Comment
محمد:

ما شاء الله ،،،، ހާދަހާ ރަނގަޅު އެހީތެރިކަމެކެވެ. މި ަމަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޚާއްޞަކޮށް ނާއިލް ޢަބްދުއްރަޙްމާން އަށް ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރައްވާ ކީރިތި މާތް الله تبارك و تعالى ގެ ރަޙްމަތުގައި އެ އެންމެން ޝާމިލު ކުރައްވާށިއެވެ. އާމީން

Posted on 2010-09-06 02:36:39 | Report this Comment
ނާއިލް:

ސޮފްޓްވެއަރ ގެ އެންމެ ފަހުގެ ވާޝަން )1.0( ފެށިގެން ދިވެހިބަހުން މެނޫ ފެންނަގޮތް ހެދުމަށް އިތުރު މަސައްކަތެއް ކުރާކަށް ނުޖެހޭނެ. އޮޕްޝަންސް އަށްގޮސް ދިވެހި ނެގީމަ ބަދަލުވާނެ.

Posted on 2010-09-06 14:32:16 | Report this Comment
މާޝާ:

ދެން ލިންކަށް ފިތާލާފައި އޮޓޯއަށް ލާފައި ބަހަށްޓަންވީނެ. އޭރުން ހުންނާނީ ޒިކުރު ކުރެވިފަ. ހާބީންގެ ބޮލުގައި ވެސް ހާދަ ޗިޕެއް ނުހުރެޔޭ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.