ނައިންޓެ

  • ޝާއިޢުކުރި ތާރީޚް: 01 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 80

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އެމްޑީޕީން އަމާޒުކުރި ސަރުކާރު ހިންގުމަށް މިއަދު އެއްވެސް ހުރަހެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އެމްޑީޕީން އަމާޒުކުރި ސަރުކާރު ހިންގުމަށާއި ދިވެހި ދައުލަތް ބިނާ ކުރުމަށް މިއަދު އެއްވެސް ހުރަހެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޚާއްސަ ތަރާވީހުގައި ބައިވެރިވެވަޑައިގެން އެޕާޓީގެ މެންބަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ހިނގައިގަންނަން ފެށުމާއި، ވެރިކަން ދިފާޢުކުރެއްވުމަށް ކުރައްވަން ޖެހިވަދައިގަންނަވާ ހުރިހާ ކަމެއް މިހާރު ކުރައްވާފައިވާ ކަމަށާއި އަދި މި ވެރިކަމަކީ ޤާނޫނީ ގޮތުން އިންތިޚާބުތައް ބޭއްވިގެން ދައުރުން ދައުރަށް، ރައްޔިތުން އެދޭ ގޮތަށް ބަދަލުވެގެންދާނެ ވެރިކަމެއް ކަމަށެވެ. އެނޫން ގޮތަކަށް މި ވެރިކަން ބަދަލުކުރެވޭނެ އެއްވެސް މަގެއް ނޯންނާނެ ކަމަށެވެ. ސަރުކާރުގެ އުމުރަކީ އިންތިޚާބު ކުރެވިފައިވާ ދައުރުކަން މިހާރު އެންމެންނަށްވެސް އެނގޭނެ ކަމަށާއި އެންމެންވެސް އެކަން ޤަބޫލުކޮށްފިކަމަށް އުއްމީދުކުރައްވާ ކަމަށާއި،. އިންތިޚާބަކުން ނޫނީ ވެރިކަން ބަދަލުނުކުރެވޭނެކަން އެންމެންނަށް ވެސް މިހާރު އެނގޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި، އެމްޑީޕީން އަމާޒްކުރި ސަރުކާރެއް ހިންގުމަށާއި، އަދި ދައުލަތެއް ބިނާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އެކަށީގެންވާ ވަގުތު ލިބިވަޑައިގެންފައިވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި މި ރަމަޟާން މަހު މިހާތަނަށް 200 ވަރަކަށް ގެއަށް ޒިޔާރަތްކުރައްވައި އެގެތަކުގެ އަހުލުވެރިން ދިރިއުޅެމުންދާ ހާލަތު އަމިއްލަފުޅަށް ބައްލައިވައިފިކަމަށެވެ. އަދި މިގޮތުން އެމަނިކުފާނު އާންމު ރައްޔިތުންގެ ގެގެއަށް ކުރެއްވި ޒިޔާރަތުގައި އުމުރުން 65 އަހަރު ވެފައިވާ ހަތަރުމީހަކަށް ޕެންޝަންގެ ފައިސާ ނުލިބޭތާ ހަތަރުމަސް ހޭދަވެފައިވާކަން އެނގިވަޑައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަރާތްތަކަށް ފައިސާ ނުލިބި ލަސްވަނީ އެމީހުންގެ ބޭންކް އެކައުންޓު އަދި ނުހުޅުވޭތީ ކަމަށް ވިދާޅުވެ، އެއީ ވަރަށް ދެރަކޮށް ދިމާވާ ކަމެއް ކަމަށާއި، އެކަން ސަރުކާރުންވެސް ބަލަންޖެހޭނޭ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުގެ އިތުރުން އަވަށްޓެރިން ވެސް އެފަދަ މީހުންގެ ހާލު ބަލައި އެގޮތަށް ކުރިމަތިވެފައިވާ ކަންކަން ހައްލުކޮށްދިނުމަށް އެހީތެރިވެދޭން މަސައްކަތްކުރުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-09-02 23:12:01 | Report this Comment
އަލްކެމިސްޓް:

މިކަމަކީ ވަރަށް ސާފު ކަމެއް. އެމްޑީޕީ އަމާޒު ކުރި ސަރުކާރު ހިންގުމަކީ ގައުމެއް ފަނާކޮށްލުމެވެ. އެކަން ވަރަށް ފަސޭހަ ކަމާއި އެކު ކުރިއަށް އެބަދެއެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.