ނައިންޓެ

  • ޝާއިޢުކުރި ތާރީޚް: 01 09 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 72

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދެއްކުންތައް ހުއްޓާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން، ރައީސް އަށާއި ޗެއާޕާސަން އަށް ވާނީ ދަންނަވާފައި – މޫސާ މަނިކު

އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދެއްކުންތައް ހުއްޓާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން، ރައީސް މުހައްމަދު ނަޝީދަށާއި ޗެއާޕާސަން މާރިޔާ އަހްމަދު ދީދީއަށް ވާނީ ދަންނަވާފައިވާނޭ ކަމަށް އެ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ހުޅުހެންވޭރު ދާއިރާގެ ވެސް މެންބަރު މޫސާ މަނިކު ވިދާޅުވީ، މާލިއްޔަތުގެ ޤާނޫނަށް ބަދަލުގެނައުމަށް ފާސްކުރުމުގެ އިތުރުން ޝަރުއީ ކޯޓުތަކުގެ ބިލަށް ޑީއާރުޕީން އިސްލާޙް ހުށަހެޅުމުން އިދިކޮޅު ޑީއާރުޕީ އިއްތިހާދާ އެކު ވާހަކަ ދެއްކުންތައް ހުއްޓާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން، ރައީސް މުހައްމަދު ނަޝީދަށާއި ޗެއާޕާސަން މާރިޔާ އަހްމަދު ދީދީއަށް ދަންނަވާފައިވާނޭ ކަމަށެވެ.
މޫސަ ވިދާޅުވީ ކޯޓުތަކުގެ ބިލަކީ ދެފަރާތުގެ މެދުގައި ވާހަކަދެކެވިގެން އަމިއްލަ މެންބަރުންނާ ވެސް މަޝްވަރާކުރުމަށްފަހު ވަކިގޮތަކަށް އެއްބަސްވެގެން ކޮމިޓީ މަރުހަލާގައި އެކޮމިޓީން އެކުލަވާލި ސަބްކޮމިޓީން ވަރަށް ބުރަމަސައްކަތުން ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބިލެއް ކަމަށެވެ. އަދި ބިލަށް އިސްލާހް ހުށަނާޅާނެ ކަމަށް ބުނުމަށްފަހު ޑީއާރުޕީން ކުއްލިއަކަށް ބިލަށް އިސްލާހް ހުށަހަޅައި، އެ އިސްލާހްތަކަށް ވޯޓަށް އަހަން ފެށުމުން ބިލު އަލުން ކޮމިޓީއަށް ފޮނުވުމަށް އަޑުއުފުލަމުން ގެންދަވަނިކޮށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އެ ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.
މޫސާ އިތުރަށް ވިދާޅުވީ އިދިކޮޅު މެންބަރުން ބޭނުންވަނީ ކޮންމެ ކަމަކުންވެސް ނާޖާއިޒު ފައިދާ ނަގައި ކުރީގެ ސަރުކާރުން ކޮށްފައިވާ ބޮޑެތި ކުށްތައް ފަސްއަޅައި ފޮރުވަން ކަމަށާއި، މަޖިލީހުގައި އެމްޑީޕީގެ އަޣްލަބިއްޔަތު ނެތުމަކީ ކޮންމެ ކަމެއްގައި އިދިކޮޅު ފަރާތްތަކަށް ސަލާންޖަހަން ޖެހޭނެ ކަމެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުވެސް ކުރައްވާނެކަމަށެވެ. އެގޮތަށް ނުކުރި ނަމަވެސް ސަރުކާރު ހުއްޓުވައި ޑެޑްލޮކް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި، ކޯޓުތަކުގެ ބިލު އެކުލަވާލުމަށް މަސައްކަތްކުރި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ވިދާޅުވީ، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން، އިންތިގާލީ މަރުހަލާގައި ބުނެފައިވާ މުހިއްމު އެއްކަމެއް ކަމުގައިވާ ކޯޓުތައް އުފެއްދުމުގެ މަސައްކަތް ނިންމާލެވޭތޯ، ޑީއާރުޕީ އާއި އެހެނިހެން ފަރާތްތަކާ ގުޅިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އަދި އިދިކޮޅުފަރާތްތަކާ އެކު އެމްޑީޕީން އެއްބަސްވި އެންމެ މުހިއްމު އެއް ކަމަކީ މަޖިލީހުގެ ތަޅުމުގައި ބިލަށް އިތުރު އިސްލާހުތަކެއް ހުށަހަޅައިފިއިފިނަމަ މުޅި ބިލުގެ އަސާސްތައް ގެއްލި ޖުޑިޝަރީއެއް އުފެއްދުމަށް ކުރާ މަސައްކަތްތައް މުޅިން ހަލާކު ވެދާނެތީ އެކަން އެގޮތަށް ނުކުރުން ކަމަށާއި، ނަމަވެސް ޑީއާރުޕީން ފަހުވަގުތު އެ އެއްބަސްވުމާ ޚިލާފަށް ބިލަށް އިސްލާހް ހުށަހެޅީ ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.