ނައިންޓެ

  • ޝާއިޢުކުރި ތާރީޚް: 31 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 233

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދުނިޔޭގެ އެންމެ ނުފޫޒުގަދަ މުސްލިމު 500 ޝަޚްޞިއްޔަތުގެ ތެރޭގައި ރައީސް ނަޝީދު އާއި ޝައިޚް ޝަހީމް

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުން 2010 ގެ ލިސްޓުގައި ރައީސް މުޙައްމަދު ނަޝީދު އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓްމިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިމެނިވަޑައިގެންފިއެވެ.

އުރުދުންގެ ދިރާސާ ގްރޫޕަކުން ނެރުނު ދުނިޔޭގެ އެންމެ ނުފޫޒްގަދަ ފައްސަތޭކަ މުސްލިމުންގެ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގެންފައިވަނީ ތިމާވެށީގެ ދާއިރާއިންނާއި މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރައްވާ މަސައްކަތް ޕުޅުތަކަށެވެ. ސްޓޭޓް މިނިސްޓަރ ޝަހީމް ހިމެނިވަޑައިގަތީ އިދާރީ ހިންގުމުގެ ބައިން އެކިގޮތްގޮތުން އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.


މި ލިސްޓުގެ އެއްވަނައިގައި ހިމެނިވަޑައިގަންނަވަނީ ސޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުލްޢަޒީޒު އާލް ސައުދުއެވެ. ދެވަނައިގައި ތުރުކީ ވިލާތުގެ ރައީސް ރަޖަބް ޠައްޔިބު ޢުރުދުޣާން އަދި ތިން ވަނައިގައި އީރާނުގެ ރޫޙާނީ ލީޑަރު ޢާލީ ޚާމަނާއީ އެވެ.

މި ލިސްޓުގައި ރައީސް ނަޝީދަކީ މިހާރު ދުނިޔޭގައި ވެރިކަންކުރައްވާ ލީޑަރުންގެ ތެރެއިން ތިމާވެށީގެ ކަންކަމަށް އެންމެ ހޭލުންތެރި އެއްލީޑަރުގެ ގޮތުގައި ސިފަ ކުރައްވާފައިވެއެވެ. އަދި ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގެ ކުރީ ކޮޅު ސިޔާސީ ކުށްވެރިއަކަށްވެ ޖަލުގައި ދުވަސްހޭދަކުރެއްވި ކަމަށާއި، ރާއްޖެއަކީ ދިހަ އަހަރުތެރޭގައި ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން އައްޝައިޚު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގެންދަވަނީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ދީނީ ތަޢުލީމުގެ ބޭނުން ރާއްޖޭގެ އިސްލާމީ ވުޒާރާ ހިންގުމުގައި ހިއްޕަވަމުންކަން މިލިސްޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ ދީނީ އެއްބައި ވަންތަކަން ހިމާޔަތްކުރުމާބެހޭ ޤާނޫނުގެދަށުން އެމަނިކުފާނު އިސްވެ ހުންނަވައިގެން އެކުލަވާލެއްވި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވާއިދުގެ ސަބަބުން ރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރުމަށް ޤާނޫނީ އޮނިގަނޑެއް އެކުލެވިގެންދާނެކަމަށް ޝަހީމް ޤަބޫލުކުރައްވާކަމަށްވެސް މިލިސްޓުގައި ފާހަކަކޮށްފައިވެއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-08-31 18:07:11 | Report this Comment
ނަސްރީނާ:

ގޮޅާބޯ ހިމެނުނީ ކިތައް ވަނައިގަ؟
ކޮން ނަމެއް ޖަހާކަށް: ކަލޯ އޭރަކު މި ލިސްޓެއް ނޯވެއޭ.. މީ 2009 ގައި ހަދަން ފެށި ލިސްޓެއް.. އެހެން ނޫންނަމަ މައުމޫނު އޮންނާނީ 1 ވަނައިގައި.. މިހާރުވެސް އަރަބި ޤައުމުތަކުން ކަމެއް ނުބޭއްވޭ މައުމޫނާ ނުލާ.. މީ އެކަމުގެ ހެއްކެއް..
މާލިކް: އޭ ނުފުއްޕާ މައުމޫން ގެންދާނީ މިސްރުގައި ކަމެއް ކުރަންޏާ އަރަބި އެހެން ގައުމަކަށް އޭނައެއް ނުގެންދާނެ އެއީ ދެން ކާކުތަ މާމޮޅު އިލްމުވެރިޔެއްވެސް ނޫނީއްޔާ ތަނެއްގައި ހުރި ގަމާރެއް، މީހުން ނޫޅޭ އޭނާ އާއި މެދު ހޭބަލިވެގެންނެއް، އަންނި އަކީ މައުމޫނު ފަދަ ޖާހިލެއް ނޫން، ދީނީ ކަންތައް ތައް ހަވާލު ކޮށްފައިވަނީ ދީނީ މީޙުންނާ، ބޮޑު ގޮޅާ ކައިރީގައި ބުނޭ ދެން ލަލަލަލަލަލަލަލލަލަލަލާ އޭ ހަމަ ދެރަވެފައި ޖެހޭނީ ދެފައި ދަމަދަމާ އޮންނާށޭ، ބިންހިއްކުންވެސް ގޮޅާއަށް 30 އަހަރުން ނުވިކަމެއް އެކޮށްލީ ދުވަސްތަކެއްގެ ތެރޭގައި، ލަދެއް ނުގަނޭތަ!!!

Posted on 2010-09-02 05:49:27 |
ނައިންޓެ:

ލިސްޓްގަ ހިމެނުން އެންމެންނަކީ ގައުމުތަކުގެ ސަރުކާރުހިންގަން ތިބި މީހުންތޯ ބަލާލަންވީނު. ގައިމުވެސް އަދިވެސް މައުމޫނު އެބަހުރި ދުނިޔޭގަ

Posted on 2010-09-02 20:34:59 | Report this Comment
ނިޒާމް:

މިލިސްޓުގަ އޮތް މިއަށް ވުރެ މުހިންމު ވާހަކަ ނުލިޔުނީ ކީއްވެ. ރާއްޖެ އަކީ 100 ޕަސެންޓް އިސްލާމް ގައުމެއް ނޫން ކަމަށް އެ ލިސްޓުގައި ބުނެ ފުރަތަމަ ފަހަރަށް ދުނިޔެއަށް މިފަދަ ޖަމިއްޔާ އަކުން ހާމަ ކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ސިޔާސީ ބޭނުން އެކަކަށްވެސް އެބަ ވިސްނޭބާ....މަޑުމަޑުން ދިވެހިންގެ ހިތްތަކަށް މިކަން ވައްދުވައިދީ، ދިވެއްސަކަށް ވުމަކުން މުސްލިމަކަށް ވާން ނުޖެހޭ ކަން ގަބޫލު ކުރުވާ އެހެން ދީން ތައް ވެސް ރާއްޖޭގައި ހުއްދަ ކުރުމުގެ މަސައްކަތޔުގެ ތެރެއަށް އިތުރުކޮށްލި އެއްމެ ވަރުގަދަ ބޮޅު މިއީ ވިސްނޭ ކިތައް ދިވެހިން އެބަ ތިބިބާ؟ ދެން ޝަހީމް ވެސް މޭ ފުއްޕާފަ މިފަދަ ޖަމާޢަތް ތަކުގެ ޚިޔާލާ ފިކުރު ބަލައިގަނެ، މަޑު މަޑުން މިފިކުރު ފަތުރަން ފަށަންވީ...ޝަހީމްކީ އިއްޔެ މެންދުރު ސިޔާސީ މައިދާނަށް އަދި ދީނީ ވާހަކަ ދެއްކުމަށް ނުކުތް މީހެއް. ދެން ކޮން ނުފޫޒެއް...ކޮބާ ޝަހީމް ގެ ނުފޫޒުން ކުރިކަމަކީ؟ ރާއްޖޭގައި ބަގުރާ މަނާ ކުރުމަށް ނުކުތީ ރައްޔިތުން..އެއީ ޝަހީމުގެ ނުފޫޒުން ކުރިކަމެއް ނޫން..އެއިން ޝަހީމް ހޯދީ ސިޔާސީ މަޝްހޫރުކަމެއް.

Posted on 2010-09-02 23:08:54 | Report this Comment
އަލްކެމިސްޓް:

ޑރ. މަޖީދު ކުރިނަމަ ކުރި ކަމެއްވެސް ޝަހީމު ތިމަންނާ ކުޜާ ކަމެކޭ ކިޔާފައި ބޭރު ދުނިޔޭގައި އަމިއްލައަށް ޕްރޮމޯޓް ވާން ޝަހީމު މަސައްކަތް ކޮށްފައިވާ ކަން މިހާރު ފަޅާ އެރީ ނޫންތޯ. މަޖީދު ތި ޝަހީމާއި ދޭތެރެ ވިސްނާނެ ކަން ކަށަވަރެވެ.

Posted on 2010-09-03 03:10:09 | Report this Comment
ޙަލީލް :

ރައީސް ނަޝީދު އޭ ބުނީމަ ސުވާލު އުފެދޭ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.