ބަކުރުބެ

  • ޝާއިޢުކުރި ތާރީޚް: 25 07 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 442
  • މޯބައިލް ލިންކު: m.muraasil.com/8061

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އިސްލާމިކް މިނިސްޓްރީގެ އެންމެ އުއްމީދީ އަދި އެންމެ ބަތަލް މިނިސްޓަރ: އައްޝައިޚް މުޙަމްމަދު ޝަހީމް ޢަލީ ސަޢީދު

އާދެ! ކުޑަވެސް ޝައްކެއް ނެތެވެ. ޢަދާލަތު ޕާޓީ ތަމްޘީލު ކުރައްވަމުން ގެންދަވާ އިސްލާމިކް މިނިސްޓްރީގެ ހިތްވަރު ގަދަ ޝޭޚް އަކީ އޮޅިވަޑައިގެންފައި ނުވާނޭ ފަދައިން އައްޝައިޚް މުޙަމްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އެއީ މުއުމިން ޝުޖާޢްގެ ޙައްޤު ލަގަބު ރައްޔިތުންގެ ފަރާތުން އަރުވަން ޖެހޭ ޢަދުލު އިންސާފަށް ލޯބި ކުރައްވާ ޕާޓީގެ ސްޓޭންޑް އަބަދުވެސް އިސްލާމީ ތަރަޙައިގެ ތެރޭގައި ތަރުޖަމާ ކުރައްވާ ހިތްވަރު ގަދަ ކެރޭ މުރާލި ޙަރަކާތް އަވަސް ބޭފުޅެވެ. އަޅުގަނޑު ބަކުރުބެ އައްޝައިޚް މުޙަމްމަދު ޝަހީމް ޢަލީ ސަޢީދު އަށް ފަށްފަށުން ހިތުގެ ފުންމިނުން އިޚްލާސްތެރި ކަމާއެކު ޝުކުރުގެ ގޯނިގޯނިން ވެދުން ކުރަމެވެ.

މިއަދު ޚަބަރު ފަތުރާ ވަސީލަތްތަކުން އަޑުއިވިގެން އެދިޔައީ އެމަނިކުފާނު އިސްލާމްދީނަށާއި ޤައުމަށް ހުންނަ ލޯބީގެ ނަމޫނާއެއް ކަމަށް ބަކުރުބެ ސިފަ ކުރަމެވެ. މަގުތަކުގެ މަތީގައި ބައެއް މަޖީލުގެ މެންބަރުން އަމިއްލައަށް ކޯޓް ހަދައި ޢަދްލު އިންސާފު ޤާއިމް ކުރުމުގެ ނިޒާމުގެ އަގުވައްޓާލަން ކުރާ މަސައްކަތް ވަރަށް ސީރިއަސްކޮށް ކުއްވެރި ކުރެއްވިއެވެ. މިއީ ފާހަގަ ކުރަންޖެހޭ ކަމެކެވެ. ދަންނަވަންތޯއެވެ! މިވާހަކައިގާ އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުނުވެ ވަރަށް އޮމާންކޮށް ތެދު ބަޔާން ކުރައްވާފައިވެއެވެ. އަޅުގަނޑުމެން އެންމެންނަށްވެސް އެއީ ކޮންމެންބަރެއްކަން ފާޅުގައި އެނގޭއިރުވެސް ޢިލްމުވެރިއެއްގެ ޙައިސިއްޔަތުން އެމަނިކުފާނު އެ ގެންގުޅުއްވި އުސޫލަކީ ކޮންމެ ޢިލްމުވެރިއަކުވެސް ހިފަހައްޓަވަން ޖެހޭ ރިވެތި ނަމޫނާއެކެވެ.

ބަނގުރަލުގެ މައްސަލައިގާވެސް އެއްވެސް ޖެހިލުމެއްނެތި އިސްތިޢްފާ ދެއްވާނެ ކަމަށް ވިދާޅުވީވެސް ހަމަ އެމަނިކުފާނެއެވެ. އައްޝައިޚް މުޙަމްމަދު ޝަހީމް ޢަލީ ސަޢީދު އަކީ ދޫހެލޭ ބަސްމޮށުންތެރި ފޭބުޅެއްކަމުން އެފަހަރު ސަރުކާރުން އެމަނިކުފާނުގެ ކެރުމާއި ހިތްވަރު ފެނިފައި ބަނގުރާގެ މައްސަލަ ދޫކޮށްލެވިކަމުގެ ބަހަނާ ދެއްކެވިއެވެ. މި ޙަރަކާތުގައި "ޢަދާލަތު ޕާޓީވެސް ހިމެނޭކަން ހަމަ ފާހަގަ ކޮށްލަމެވެ. އެހެންނަމަވެސް ޢާއްމު އުސޫލުން އައްޝައިޚް މުޙަމްމަދު ޝަހީމް ޢަލީ ސަޢީދު އަކީ ދިވެހި ރާއްޖޭގެ ދީނާއި ޤާނޫނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރައްވަން މަސައްކަތް ކުރައްވާ ލާމަސީލު ބަތޮލެވެ.

އަޅުގަނޑުމެން ދިވެހިންގެ އުއްމީދު ދީނީ ކަންކަމުގައި މަނިކުފާނާއި އެކު ވާކަން މިފުރުސަތުގައި ނުހަނު އުފަލާއިއެކު ދަންނަވަމެވެ. އަދި މަނިކުފާނަކީ އަދާލަތު ޕާޓީ ސިޔާސީގޮތުން އަރި އަޅާލާ ކޮންމެ ދަނޑިވަޅަކު އެކަން ހިފަހައްޓަވާ ޢަދާލަތުގެ ނައު ތޫފާނުން ބޭރަށް ގެންދަވާ " ސިންދުބާދަށް" ވާގެނެން ދާނެ ކަމީ އަޅުނޑުމެން ހިތުގެ އަޑިން ޤަބޫލު ކުރާ ކަންކަމެވެ. ބައެއްފަހަރު ކަންކަމުގައި ޕާޓީގެ އަޑު ނީވި ރައްޔިތުން ހާސްކަމުގައި ތިބެންޖެހޭ ފަހަރު ޕާޓީގެ އަސްލު މަޤްސަދު ޕާޓީގެ ބޭފުޅުންނަށް ހަނދުމަކޮށްދީ އެބޭފުޅުން ނަށް ހިތްވަރު ދެއްވާ ތިޔަ ކުރައްވަނީ ދީނީ އަދި ޤައުމީ މަސައްކަތެކެވެ. ﷲ މަނިކުފާނާއި މަނިކުފާނުގެ ޢާއިލާއަށް ހެޔޮގޮތް ދުނިޔެއާއި އާޚިރަތުގައި ދެއްވާދޭނވެ.! އަދި ޕާޓީގެ އެންމެ ހާ އިޚްލާސްތެރި އަޚުންނާއި އުޚުތުން އަދި ޝޭޚުންގެ ހުރިހާ ބޭފުޅުން އެކުގައި މައްސައްކަތް ކޮށް ދުރުރާސްތާ ހެޔޮވެރިކަމަކަށް ވިސްނަވާށެވެ. ﷲ ތަވްފީޤް ތިޔަ ބޭކަލުންނަށް ދެއްވުމަށް އެދި ދަންނަވަމެވެ. އާމީން.. ސުއްމަ އާމީން..

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-07-25 20:47:12 | Report this Comment
100:

އަހަރެން ބަކުރުބެއާއި އެއްބަހެވެ އެހެނީ ށައިޚްގެ ބަހުގައި ވަރުގަދަ ޢަޒުމާއި ކެރުން ފެނިގެން ދިއުމުން އަޅުގަނޑުމެން ދިވެހިންގެ އުއްމީދު ދީނީ ކަންކަމުގައި މަނިކުފާނާއި އެކު ވާކަަން މިފުރުސަތުގައި ނުހަނު އުފަލާއިއެކު ދަންނަވަމެވެ.ޝެއިޚަށް ބާއްޖަވެރިކަން ދެއްވާށިއެވެ.

Posted on 2010-07-25 21:03:57 | Report this Comment
އިބުނު ޙަޖަރު:

ބަކުރުބެއަށް ސަލާމް އަހަރެން ބަކުރުބެގެ މިލިއުން ކިލާފައި ވިސްނާލީމާ ބަކުރުބެގެ ލިއުމަގައިވާ ތެދުޙަޤީޤަތް އެނގުމާއިއެކު ޝައިޚްއަށް އެކަމުގެ ޝުކުރު އަދާކޮށްލަން އެބަޖެހެއެވެ. މިޒަމާނުގައި އެފަދަ މަތީމަޤާމެއްގައި ހުންނަވައިގެންވެސް ޝައިޚް އެދައްކަވާ ހަމަތައް ދީނީ ހަމަތަކުން ނެއްޓިގެން ނުދާކަމީ މިދެއްނެވި ޝުކުރު ގެ ސަބަބެވެ.މާތްﷲ ޝައިޚް ޝަހީމް ޢަލީ ސަޢީދަށާއި އޭނާގެ އާއިލާ އަށް ހެޔޮގޮތް މިންވަރުކުރަށްވާށި އަދި ފުރިހަމަޞިއްތާއި ޢާފިޔަތު ދެއްވާށި....
މީމު: އިބްނު ޙަޖަރު ގެ ދުޢާއަށް އާމީން ކިޔަމެވެ.

Posted on 2010-07-27 01:36:11 | Report this Comment
ނަޞްރުﷲ:

މިއީ ޝަހީމް އަމިއްލައަށް ލިޔެފައިވާ ލިއުމެއް. ބަނގުރަލުގެ ޝޯއަކީ ޝަހީމް މެޑެލް ޖަހަންވެގެން ރާވައިފައިވާ ރޭވުމެއް. އެންމެފަހުން ބަނބުކެޔޮ ހަސަން ބުނި ގޮތަށް ހެދީ. ފަރީދަށްވެސް ހުއްދަ ދިނީ. ތުނބުޅިވެސް އެތެރެއަށްވަންނަނީ، ފައިކުރި ފުންނާބުން ބޭރުވަނީ، ހިލޭ އަންހެނުންނާއި ސަލާން ކުރަނީ، ގައިގޯޅިވެ ހަދަނީ. ދެންވެސް ދޭންވީ ސާބަސް. އާނ އަމިއްލައަށް މެޑެލް ޖަހަންޏާވާނީ އެހެން.

Posted on 2010-07-27 17:48:43 |
އަދީލް:

މަ މިފަހަރު ބަކުރުބޭގެ ހިޔާލާ މުޅިން އިދިކޮޅު. ތި ސަހީމްއަކީ ދީނަށް ލޯބިކުރާ މީހެއްކަމަކަށް ގަބޫލް އެއް ނުކުރަން. މިހެން ބުނެލަން ޖެހެނީ ތި ސަހީމް އާހެދި އަހަރެމެން މިއުޅެނީ ތުބުޅި ނުބެހެއްޓިގެން

Posted on 2010-07-27 20:13:33 |
:

މިއީ ތައުރީފެއް ނޫނެވެ. މިއީ ހުސާމަތެކެވެ. ތިޔަ ސަހީމު އަކީ ތިބުނާވަރުގެ ތައުރީފެއް ޙައްޤުވާ މީހެއް ނޫނެވެ. ބަކުރުބެއަށް މި ޝަހީމުގެ ފަތިފުށް ރަނގަޅަށް ނޭންގެނީކަން ނޭންގެއެވެ. ތިޔަ އަދާލަތެއް އިސްކޮށް ތިބި ގިނަމީހުނަކީ ފަސްބައި ވަރަށް ބޮޑަށް ކިލާވެފައިވާ ސިއްރު ގިނަ ގުނަ ކަންތައްތަކެއް ކުރައްވާފައިވާ ބޭފުޅުން ނެވެ.

Posted on 2010-07-28 09:01:18 | Report this Comment
ޢަބުދުﷲޢައްޒާމް އަލްމިސްރީ:

ޢަދާލަތުގެ މަޤުޞަދުތައްޙާޞިލް ކުރުމަށް ފަށާފައިވާ ދަތުރު ހުއްޓުމެއްނެތެވެ. ބަޔަކު ކިތަންމެ ރުޅިއަޔަސް މިކަން އޮތީ މިގޮތަށެވެ. ނަމަވެސް ޝަހީމަކީ އޭނާ ހިތަށް އެރިގޮތަކަށް ކަންތައްތައް ކުރަންބޭނުން ވާ މީހެއްކަން އެންމެނަށްވެސް އެގޭނެއެވެ.

Posted on 2010-07-28 09:24:52 | Report this Comment
މައުޒޫރު:

ތަން ދޮރު ނުބަލާ މީސްމީހުންގެ ނެތި ނުބައި ނުކިޔުމަށް ނަޞޭހަތްތެރިވަން .. އަދާލަތުގެ ފަސްބައި ޖުމުލަކޮށް ރަނގަޅު... ެމީހުންގެ ފަސްބައިގައި ކިލނބުކަން ވަންޏާ އެއަށްވުރެ ކިލަނތި ބުނާ ނަސްރުﷲ މެނގެ ކަންތައް ... ނަސްރުﷲ އަކީ ...... ބުނަން ނުވާނެ އޭނާގެ ވާހަކަ... ޝުކުރިއްޔާ

Posted on 2010-07-28 13:33:10 | Report this Comment
ދޮންބެ:

http://musannifu.blogspot.com

Posted on 2010-07-28 19:20:58 | Report this Comment
ޖުމާނާ:

ހަޤީޤަތުގައި ވެސް ޝަހީމަކީ ހިއްވަރުގަދަ ޒުވާނެއް، މުރާލި މީހެއް، ރީތިކޮށް ޤުރްއާން ކިޔަވާ، އަދި ވަޒީރަކަށް ހުރެވެސް އިމާމުވެ ނަމާދުކޮށް ބަންގިގޮވާ ހަދާ، މިއީ ވަރަށް ރަނގަޅު ކަމެއް، އުފާވެރި ކަމެއް، ނަމަވެސް ޝަހީމްގެ ކިބައިގައި ކުޑަކޮށް ބޮޑާކަން ހުރޭހެން ހީވަނީ،،. ކޮންމެ މީހެއްގެ ވެސް އުނިސިފައެއް ހުރެދާނެ.

Posted on 2010-07-29 11:54:58 | Report this Comment
ކުޑަފަރީ/ ނަސީމްބެ:

އަހަރެންގެ ވިޔާރިއަށް ތިޔަސަހީމުމެން ފެލިއެރުވިޔަކަސް ކުޑަވެސް ހުއްޓުމެއް ނުގެނެވޭނެ ނުގެނެވޭނޭ މިބުނީ ހަމަނުގެނެވޭނެތީ ބަލަ ކަލޭމެން ކުރާނެ ކަމެއް ކުރޭ އަހަރެމެން ކުރާކަންކަމާއި އަޅައިގަނެގެން އުޅެންޏާއި އަންނި ކައިރީ ކުޓުވައިގެން ޗާޓުން ބޭރުކޮށްފާނަން މަމިހާރުވެސް އަމިއްލަ ގެމިހަދަނީ އަންނި ކުޑަފަރިއަށް ގެންދަން މަބުނާއިރަށް އޭނާ އަށްނާނެ ބަޔަކު ވައި އަނގަތެޅިޔަކަސް އަހަރެންނަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ ހީކުރާ ގޮތްދޯ ޔުޓިލިޓީގެ ޗެއާމަން އަކަށް ހަމަހުންނާނީ ދެން ޕޮޕޮޕޯޕޕޕޕޕޕޕޕޕ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.