ވީޑިއޯ: 2009 ގެ ދަ ކޯލްގައި ބިލާލް ދެއްވި ދަރުސް
އޮސްޓްރޭލިޔާގެ ‘އިސްލާމިކް ދަޢްވާ ސެންޓާރ’ގައި ދަކޯލްގެ ދަރުސް ވަގުތުން ދައްކާނެކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކޮށްފިއެވެ.
ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ދަކޯލް އިވެންޓްގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއް ހާމަކުރެއްވިގޮތުގައި ‘އޮސްޓްރޭލިޔާގެ އިސްލާމިކް ދަޢްވާ ސެންޓަރުގައި ބޮޑު ސްކްރީން ބަހައްޓައިގެން ދަކޯލްގެ މިރޭގެ ދަރުސް ބެލުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މިރޭގެ ދަރުސް ރާއްޖޭގެ ކަންކޮޅުތަކުން ބަލަމުންދާއިރު އޮސްޓްރޭލިޔާއިންވެސް ގިނަ ބަޔަކު ދަކޯލްގައި ބައިވެރިވާނެ.’ކަމަށެވެ.
މިދިޔަ އަހަރުކޭ އެއްފަދައިން ދަކޯލްގެ ދަރުސްތައް ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ސައުދީއަރަބިޔާ، އޮސްޓްރޭލިޔާ، މެލޭޝިޔާ އަދި މިސްރުން ވެސް ބޮޑު ސްރީންފަދަ ވަސީލަތްތައް ބޭނުންކޮށްގެން ގިނަ ބަޔަކު ބަލާނެކަމަށް މިހާތަނަށް ވަނީ ހަބަރު ލިބިފައެވެ.
މިއަހަރުގެ ދަކޯލްގެ މުޅި އިވެންޓް ވީޓީއިންނާއި ރޭޑިއޯ އެޓޯލްއިން ލައިވްކުރާނެއެވެ. އަދި ރާއްޖެ އޮންލައިން އިން ހުރިހާ ލެކްޗާރ އެއް ވެބްކާސްޓްކުރާނެއެވެ.
ދިއިސްލާމް ޑެއިލީ