މައިންޑްފްރެޝް

  • ޝާއިޢުކުރި ތާރީޚް: 21 05 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 306

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ގުއަންޓަނާމޯބޭ ޖަލުން މީހުން ގެންނަން އުޅޭ ކަމުގެ ސިއްރު އެޖެންޑާ

ކިއުބާގައި ހުންނަ އެމެރިކާގެ ގުއަންޓަނާމޯބޭ ޖަލުން ކުށްވެރިން ރާއްޖެ ގެންނަން އުޅޭ ކަމުގެ ވާހަކަތައް މިހާރު ވަނީ ދެކެވިފައެވެ.

މިކަމުގެ އަސްލު ހަގީގަތަށް ބަލާއިރު، ގުއަންޓަނާމޯބޭ ޖަލަކީ އަނިޔާކުރުމުގައި ހުއްދުފަހަނަ އަޅާފައިވާ ބަޔަކު ހަވާލުވެގެން ޑިއުޓީ ކުރަމުންދާ ޖެލެކެވެ.
މިޖަލުގައި ގިނައީ ޓެރަރިސްޓުން ކަމަށް ބަލައި އެމެރިކާނުންނަށް ނުކިޔަމަންތެރިވި މީހުންނެވެ. އެގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުން މިޖަލުގައި އެބަތިއްބެވެ.

ގުއަންޓަނާމޯބޭ ޖަލާއި ރާއްޖެއާ އޮތް ގުޅުން:
_________________________
ހަގީގަތުގައި ގުއަންޓަނާމޯބޭ ޖަލަކީ ރާއްޖޭގައި މީގެ ކުރިން އަޑުއިވިގެންދިޔަ "މާފުށީ އަލްކަޓްރާސް" ގެ އެއްބައެވެ. މިހެން ބުނުމުން ފަހަރުގައި ކިޔުންތެރީންނަށް ނޭނގުނު ކަމުގައިވިޔަސް، އަލްކަޓްރާސް ޖަލުގައި ކުށްވެރިންނަށް އަނިޔާކުރަނީ މޫދުން ބާލާ ރޯމަހެއް މަރާލުމަށްޓަކައި ތަޅާ އުސޫލުންނެވެ.
ބާރުގަދަމީހާ ނުވަތަ ނުފޫޒުގަދަ މީހާ އަކީ ޖަލުގެ ދާދާ އެވެ. އޭނާ ބުނެފިނަމަ ގުދަށް އޮވެގެން އޮރިޔާންވެސް ވާން ޖެހޭނެއެވެ. މަރާލަފާނެ ތީއެވެ.
ކިއުބާގެ ހުންނަ ރާއްޖޭގެ އަލްކަޓްރާސްއާ ބަލާފަ ދެތިންގުނަ އަނިޔާކުރާ ގުއަންޓަނާމޯބޭ ޖަލުގައި ކުށްވެރިން ބިޑިއަޅުވާފައި، އޮރިޔާންކުރުމަށްފަހު ކުއްތާ ތަކުގެ ތެރެއަށް (ގޮޅިތަކުގެ ތެރޭގައި ދިރިއުޅޭ ކުއްތާ) ދޫކޮށްލައެވެ. ދެން އެސޮރުމެން އެމީހުންނަށް ހާނީކަކޮށް ކުރާނެ ކަންތަކާމެދު ތިޔަ ކިޔުންތެރިން އަމިއްލައަށް ވިސްނާލައްވާށެވެ.

ރާއްޖޭގެ ދިވެއްސަކުވެސް ގުއަންޓަނާމޯބޭ ޖަލުގައި ދުވަސްތަކެއް ވޭތުކުރި ކަމަށް ވެއެވެ.
ރާއްޖޭގެ ޖަލުގައި ފަނަރަ އަހަރަށްވުރެ ގިނަ ދުވަސްތަކެއް ވަންދެން އޮތް ޗައިނާގެ މީހެއްގެ ވާހަކަތައް އަޑު އެހިންތޯ އެވެ.
އޭނާއަކީ މައުމޫނު ސަރުކާރު ހިންގެވިއިރު ރާއްޖެ އަިސް އުޅުނު ފަތުރުވެރިއެކެވެ. ނަމަކަށް ކިޔަނީ ރިޗާޑް ވެން ޑޫ އެވެ.

މީނާ ދިވެހިރާއްޖެ އައިސް ބޮޑުފެންވަޅުގޭ މުސްތަފާއާއި ގުޅިގެން ވިޔަފާރިއެއް ކުރިކަމަށް ވެއެވެ.
އެގޭގައި ވަރުގަދަ ރެސްޓޯރެންޓަކާ އަދި ބޮޑު ބިއުޓީ ތަނެއް ހުޅުވީ ބުނެވޭ ގޮތުގައި 3 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެންނެވެ.
ވަރަށް ބާރަށް މިތަން ހިނގަމުން ދަނިކޮށް ސަރުކާރުގެ މިނިސްޓަރު ކަމުގައި އުޅުއްވި ބޮޑުފެންވަޅުގޭ ފަހުލަވާނު ކުރެއްވި ކަމަކީ، އެއްކަލަ ޗައިނާގެ މި މުއްސަނދިކަލޭގެ (ރިޗެޑް) ޖަލުގައި ބަންދު ކުރުމަށް ރޭވުންތަކެއް ރޭވީ އެވެ.

ރިޗެޑްގެ ކުށެއް ނެތސް ބޮޑުފެންވަޅުގެ ކޮޅަށް ޖެހެން އޮތީ ރިޗެޑް އަތުން ކުރިން ދެންނެވި 3 މިލިއަން ކަމަށް ބެލެވޭ ޑޮލަރުގަނޑު ފެލާލައިގެންނެވެ. މުސްތަފާއަށް އެކަން ކުރެވެން އޮތީ ސަރުކާރާއި ގުޅިގެން ކޮންމެވެސް އެއްޗެކޭ ކިޔައި އޭނާ ޖަލަށް ލައިގެންނެވެ.
މިގޮތުން އެމީހުންގެ ފުރަތަމަ މިޝަން ކާމިޔާބު ކުރީ އެވެ. މިކަންތަތައް ފަޅާއެރީ ސަރުކާރު ބަދަލުވާން ވެގެން އުޅުނު ދުވަސްވަރު ރިޗެޑް ޖަލުން ދޫކުރި ހިސާބުންނެވެ.
ރިޗެޑް ޖަލުން ދޫކޮށްލިއިރު އޭނާ ލައްވާ އެއްވެސް އެެއްޗެއްގައި ސޮއެއް ނުކުރެއެވެ. އަދި އޭނާގެ ކުށަކީ ކޮބައިކަމާ، ބަންދުގައި ފަނަރަ އަހަރު ވަންދެން ޖަލުގައި ބެހެއްޓި ސަބަބެއްވެސް އޭނާއަކަށް ނޭނގެއެވެ.

މިސަބަބާހެދި ރިޗެޑަށް ޖެހުނީ ރާއްޖޭގެ ބައެއް ނޫސްވެރިންނާ އެނޫންވެސް ހެޔޮއެދޭ ފަރާތްތަކުގެ އެހީ ހޯދާށެވެ.

މައްސަލަ ޑރ. ޝަހީދާ ހަމަޔަށް
---------------------
މައުމޫނުގެ ދުވަސްވަރުވެސް އަދި ކެނެރީ އަންނި ދުވަސްވަރުވެސް ފޮރިން މިނިސްޓަރަކީ ޑރ.ޝަހީދެވެ. އެހެންކަމުން ރިޗެޑްގެ ވާހަކަތައް ވަރަށް ރަނގަޅަށް އޭނާއަށް އެނގޭނެ އެވެ.
މިސަބަބާހުރެ ރާއްޖޭގެ ނޫސްވެރިން އެކި ވަރުވަރުނބް މިވާހަކަތައް ދައްކައި ހެދިއެވެ.
އެގޮތުން ޓީވީއިން ލައިވްކޮށް ދެއްކެވި "ފަންސަވީސް"ގައި ރާއްޖޭގެ ނޫސްވެރިއެއް ކަމުގައިވާ އާފަތިސް ނޫހުގައި ކުރިން އުޅުއްވި ޢަބްދުﷲ ޖުނައިދު ފޮރިންމިނިސްޓަރުގެ އަރިހުން ސުވާލުކުރެއްވުމުން އެނގުނުގޮތުގައި ރިޗެޑް އަތުގައި ޕާސްޕޯޓެއްވެސް މިހާރަކު ނެތެވެ. އޭނާގެ ޕާސްޕޯޓާ އޭނާގެ ހުރިހާ ލިޔެކިޔުންތަކެއް އޭނާ ޖަލަށްލުމާއެކު ވަނީ އޭނާއަށް ގެއްލިފައެވެ. އަދި އޭނާ ޖަލުގައި ފަނަރަ އަހަރުވީއިރުވެސް އޭނާއަކާ ތަހުގީގީ އެއްވެސް ސުވާލެއް ކޮށްފައި ނެތެވެ.
ރިޗެޑް އަކީ ޗައިނާ މީހެއް ކަމާއި އޭނާ މަރުވެއްޖެކަމަށް އޭނާގެ އަނބިދަރިންވެސް ހީކޮށްގެންތިބިކަމަށް ވެއެވެ.
ފޮރިންމިނިސްޓަރު ރިޗެޑްގެ ވާހަކަތައް ދައްކަން ފެށުމުން އެވާހަކަތައް ކުރުކުރަން ކިތަންމެހާވެސް މަސައްކަތް ކުރެއްވިއެވެ. އޭގެ ވީޑިއޯ ރިކޯޑިންގ މިހާރުވެސް ޓީވީ އެމްގަ އާ ދިވެހިރާއްޖޭގެ އަޑުގައި އެބަހުއްޓެވެ. އޭނާ ބުނީ ރިޗެޑް އަށް ދެން އެންމެ ރަނގަޅުވާނީ އޭނާގެ ހައްގު ހޯދަން ނޫޅުނިއްޔާއެވެ. ސަބަބަކީ ޕާސްޕޯޓެއްވެސް ނެތުމުންނެވެ.

ކޮންމެގޮތެއްވިޔަސް ރިޗެޑް ބޭނުންވެގެން އުޅެނީ އިންޓަނޭޝަނަލް ފަރާތްތައް މެދުވެރިކޮށްގެން އޭނާ ރާއްޖޭގެ ޖަލުގައި ކުށެއްނެތި، ސަބަބުވެސް ނާންގަވާ ފަނަރަ އަހަރަށް ބަންދުކުރި މައްސަލަ ބެލުމަށެވެ.
ކޮންމެގޮތެއް ވިކަމުގައި ވިޔަސް އޭނާއަކީ މަރުވެފައި ކަމަށް ހީކުރިކަމުގައިވިޔަސް، ދުނިޔޭގައި ދިރިހުރި ޗައިނާގެ ރައްޔިތެކެވެ.
އެހެންކަމުން ޗައިނާއިން އޭނާއަށް އެހީތެރިނުވާނެއެކޭ ނުބުނެވޭނެއެވެ.
ޗައިނާގެ މިދެންނެވި ރިޗަޑް މިހާރު ނިދައި ހަދަނީ ޑީޕީއާރުއެސްގެ ސިޑި މަތީގައެވެ. ކައިބޮއި ހަދަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައެވެ.
މީނާގެ މައްސަލަ ބޮޑުވެގެން، ކަމެއް ގޯސްކޮށް ހިނގާފާނެތީވެ، ސަރުކާރުން މިހާރު ބޭނުންވަނީ އިންސާނުންގެ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގަ ރިޗެޑަށް ރާއްޖެއިން ދިރިއުޅުމެއް ހޯދައިދިނުމަށެވެ.
މިރޭވުން އެމީހުންނަށް ކާމިޔާބު ކުރެވެން އޮތީ ދުނިޔޭގެ އަނިޔާވެރި ޖަލަކުން ބަޔަކު ގެނެސް ދިވެހިރާއްޖޭގައި ވަޒަންވެރިކުރުވުން ކަހަލަ ކަމެއް ކޮށްގެންނެވެ.
އެގޮތުން ޗައިނާގެ ރިޗެޑްގެ ބަދަލުގައި 3 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން މިނިވަން ކުރުމެވެ.
މަކަރާ ހީލަތުން ފަށައިގެން އުޅެނީ އެމަސައްކަތެވެ. އޭރުން ރިޗެޑްގެ މައްސަލަ އޮއްބޭނެ އެވެ. އަދި ދުނިޔޭގެ ފެންވަރުގެ އެވޯޑެއް އަންނި އަށް ލިބޭނެ އެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-05-22 10:10:26 | Report this Comment
ފްރެންޑް އޮފް ޑރ. ޝަހީދު:

ޑރ. ޝަހީދު ވިދާޅުވީ އޭނާ އެއްވެސް ދުވަހެއްގަ އެއްވެސް ކަމަކާބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދާފައެއް ނޯންނާނެ ކަމަށް.. ނަމަވެސް ސަރުކާރުގެ ބައެއް މަސްލަހަތު ހިފެހެއްޓުމަށްޓަކައި ހުންނާނެ ދައްކަން ނުވާ ވާހަކަތައް ނުދައްކައި ހިފަހައްޓާފަ... ޝަހީދު އަޅުގަނޑުގެ ގާތު ވިދާޅުވީ އޭނާއަށް ވަރަށް ރަނގަޅަށް އިނގޭ ކަމެއް ކަމަށްރިޗެޑްގެ ވާހަކަ އަކީ... އަދި ރިޗެޑް އާމެދު ދިވެހި ސަރުކާރުން ކަންތައް ކޮށްފައިވަނީ ވަރަށް ލާއިންސާނީ ގޮތަކަށް ކަމަށް..
މައިންޑްފްރެޝް: އެހެންތަ ތިޔައީ ޑރ. ޝަހީދުގެ ރައްޓެއްސެއްތަ؟ އެހެންވިއްޔާ މައިންޑްފްރެޝް އަށް ބަލާލަދީފާނަންތަ ރިޗެޑްގެ މައްސަލަ މިހާރު އޮތް ހިސާބު.. މައިންޑްފްރެޝް ބޭނުމޭ ކިޔުންތެރިންނަށް އެމައުލޫމާތުވެސް ފޯރުކޮށްދެން... އެއީ މައިންޑްފްރެޝްވެސް މިއުޅެނީ ރިޗެޑާ ދިމާނުވެގެން މިހާރު.. ވަރަށް ދުވަސް ވެއްޖެ ދިމާނުވާތާވެސް... ގާތްގަނޑަކަށް މަހެއް ހާ ދުވަސް..

Posted on 2010-05-22 10:18:28 | Report this Comment
sagib:

އަންނި އަކީ ..ބޯ ވައްތަރަށް ކަންތައް ކުރާ ޅައިބެއެކޭ... ނޮބެލް ޕްރައިސް ހޯދަންވިޔަސް އަދި އެނޫންކަމަކު ވިޔަސް ކީއްކުރަންހޭ ޗައިނާ މީހުންނަށް ރާއްޖޭގަ ދިރިއުޅެވޭ ގޮތަށް ހަދަން މަގުފަހިކުރަންވީ... ފުރަތަމަ ކޮބާތަ ދިވެހިންނަށް ލިބެންވާ ބޯހިޔާވަހިކަން.. އެކަންތައް އެންމެ ފުރިހަމަ ކުރުމަށްފަހު ދެން ދައްކަބަލަ ތިދައްކާ ވާހަކައެއް. ކޮން ގުއަންޓެ އެއް އަނެކައްޗެއްތަ؟؟؟؟ މަޖިލީހުން ލާހިކެއް ނޫން ތިގޮތަށް ނިންމަވާކަށް...
މައިންޑްފްރެޝް: އޭ..!! ސާގިބު ހާދަ އަވަހަށް ލޭމައްޗަށް ތިދަނީ... ހަމަޖެހިބަ.. އަދި ރަނގަޅުވާނެއޭ.. މައިންޑްފްރެޝްވެސް ސާގިބުގެ ވާހަކަތަކަށް ތާއީދު ކުރަމޭ އިނގޭ...

Posted on 2010-05-23 13:34:32 | Report this Comment
މޫސާ ޖަލީލު:

ދެން މީހަކު ފަހެ އަޖާބެއް ނުވާނެތަ؟؟ މިއޮތީ ވާ ކަމެއް މިރާއްޖެއަށް ޖެހިފައި... ލިޔުންތެރިޔާގެ ލިޔުމަށް އަހަރެން ތާއީދުކުރަން.. ހަގީގަތުގައި ލިޔުންތެރިޔާގެ މައުލޫމާތު ތަކަކީ ތެދު ރަނގަޅު މައުލޫމާތުތަކެއް... ތިޔައީ ކުރީ ސަރުކާރުގައި ކަން ވެފައިވާ ގޮތެއް.. ނަމަވެސް އޭރުވެސް ހުރި ފޮރިން މިނިސްޓަރު މިހާރުވެސް އެހެރީ.. އަދި ސީދާ އަންނިއެއްވެސް ބޭނުންފުޅެއް ނޫން ރާއްޖޭގެ ޖަލުގައި ޗައިނާ މީހަކު ބަންދު ކުރިކަމާ، އޭނާ މިހާރު ރިލީޒް ކޮށްފިކަމާ، އަދި އޭނާގެ މައްސަލައާބެހޭގޮތުން އެއްވެސް ކަހަލަ ތަހުގީގެއް ކުރާކަށްވެސް... އަންނި ބޭނުންވަނީ އެހުރިޙާ ކަމެއް އޮއްބާލަންވެގެން.. ވެދާނެ މަސްލަހަތަށް ބަލާފަވެސް.. އެހެންނަމަވެސް އޭގެ ބަދަލު ޗައިނާއިން 3 މީހުން )ގުއަންޓަނާމޯބޭޖަލުން( މިނިވަންކޮށްގެން ރާއްޖެ ގެނައުމަކީ ބޮޑު މައްސަލައެއް.... ސަބަބަކީ އަހަރުމެންވެސް މިއުޅެނީ އަދި އުޅޭނެ ތަނެއް ނުލިބިގެން.. އަހަރެންގެވެސް ދެދަރިން އެބަހުރި.. މާލޭގައި މަންމައަށް ލިބިފައިވާ ގޯތި ހަތަރުބަޔަށް ބަހާލީމަ ކުޑަކުޑަ އަކަފޫޓުކޮޅެއް އެބަލިބޭ... ކޮބާތަ އަހަރެންގެ ކުދިންގެ މުސްތަގުބަލް.... މިއީ ކަންހުރި ގޮތަކީ.. އެހެންވީމަ މާދުރުން އެހެންބަޔަކު ގެނެސް ވަޒަންވެރި ކުރުވުމަކީ ވަރަށް ބޮޑު ކުށެއްހެން އަހަންނަށްވެސް ހީވަނީ....
މައިންޑްފްރެޝް: އަސްލު ތިހެންނޭ ތިކަންވެސް އޮތީ.... ސާގިބުވެސް ތިވާހަކަ ދައްކަނީ.... ދެރަދޯ ވަރަށް..

Posted on 2010-05-24 21:25:27 | Report this Comment
ކިއުއެސް:

މިސަރުކާރަކީ ފެށުނީއްސުރެން، ކުރަން ހުންނަ ކަންތައް ބަހައްޓާފައި ތާކުން ތާކު ނުޖެހޭ ކަންތައް ކުރަމުން ދާ މަކަރުވެރި ހިޔަޅެއްފަދަ ސަރު ކާރެކެވެ..

Posted on 2010-05-25 01:25:00 | Report this Comment
އެކްސް:

ތީގެ އަންނިގެ މައްސަލައެއް އޮތްކަމަކަށް ނުފެނޭ. އެއީ އަންނި ވެރިކަމާ ހަވާލުވިތަނާ ކާރީގައި ތިގަން އެނގިގެން އޭނަ އެހެރީ މިނިވަން ކޮށްފަ. ދެން އޭނަގެ ހައްގުތަށް ހޯދުން އެއީ އޭނައަށް އޮތް ހައްގެއް.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.