އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 30 04 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 264
  • މޯބައިލް ލިންކު: m.muraasil.com/6853

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މޯލްޑިވިއަން އޯޕަން ސޯސް ސޮސައިޓީގެ ފަރާތުން އުބުންޓޫ 10.04 ގެ ލޯންޗް ޕާޓީއެއް ބާއްވަނީ

މޯލްޑިވިއަން އޯޕަން ސޯސް ސޮސައިޓީގެ ފަރާތުން އުބުންޓޫ 10.04 ދިވެހިރާއްޖޭގައި އިފްތިހާހު ކުރުމުގެ ގޮތުން މާދަމާ ހަވީރު(1 މެއި 2010)ގެ ހަވީރު 5.00 ކުން ރޭގަނޑާއި ހަމައަށް މަޖީދީއްޔާ ސްކޫލްގެ ހޯލުގައި ލޯންޗް ޕާޓީއެއް ބާއްވާގޮތައް ހަމަ ޖައްސައިފިއެވެ.


އުބުންޓޫގައި ލިނަކްސް ކާނަލް ބޭނުން ކުރަމުންގެންދާ އޮޕަރޭޓިން ސިސްޓަމްގެ ތެރެއިން މުޅިދުނިޔޭގައި އެންމެ މަޤުބޫލް އޮޕަރޭޓިން ސިސްޓަމްއެވެ. މޯލްޑިވިއަން އޯޕަން ސޯސް ސޮސައިޓީ (މޮސް)ގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ލޯންޗް ޕާޓީގައި އުބުންޓޫއާއި ބެހޭ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ. މަޖިދީއްޔާ ސްކޫލްގެ ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިކަމާއި މެދު ޝައުގު ވެރިވާ ކޮންމެ މީހަކު ވެސް ވަޑައިގަތުމަކީ މޮސްގެ ވަރަށް ބޮޑު އެދުމެކެވެ.

ލޯންޗް ޕާޓީގައި އުބުންޓޫއާއި ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން އުބުންޓޫއިން ކުރިވިދާނެ ތަފާތު ބޭނުންތައް ދައްކާލުމުގެ ގޮތުން އުބުންޓޫ އަޅާފައިވާ ގިނަ އަދަދެއްގެ ކޮންޕިއުޓަރ ތަކެއްވެސް ބެހެއްޓިގެންދާނެއެވެ. މިގޮތުން އޮފީސް މާހައުލުގައި އުބުންޓޫ ބޭނުންކުރުމާއި، ކިޔަވާ ކުދިންނާއި ރަޙްމަތްތެރި ގޮތަކަށް އުބުންޓޫ ދައްކާލުން ހިމެނިގެންވެއެވެ. އަދި މީގެ އިތުރުން އުބުންޓޫގައި ހިމެނޭ ގޭމް ތަކާއި މަލްޑިމީޑިޔާ ސޮފްވެއަރ ތައް ވެސް ދައްކާލެވޭނެއެވެ.

މޯލްޑިވިއަން އޯޕަންސޯސް ސޮސައިޓީއާއި ބެހޭ އިތުރު މަޢުލޫމާތު www.moss.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.

މޮސް ފޭސްބުކްގައި http://www.facebook.com/#!/group.php?gid=112358445456818&ref=ts

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-04-30 15:17:33 | Report this Comment
ސިޑޭ:

އުބުންޓޫ 10.04 ސީޑީ އެއް ބޭނުން. އެތަނަށް ދިޔާމަ ލިބޭނެތަ؟

Posted on 2010-05-02 09:04:36 | Report this Comment
އޭޝް:

އުބުންޓޫއަކީ އޯޕަން ސޯސް އޯއެސް އެއް. އެއްވެސް އަގެއް ނުދައްކާ އޮންލައިންކޮށް ޑައުންލޯޑްކުރެވޭނެ އޭގެ އައިއެސްއޯ ފައިލް. ޑައުންލޯޑްކޮށްލުމަށްފަހު ސީޑީއަކަށް ރައިޓްކޮށްލުމަށްފަހު އިންސްޓޯލްކުރަންވީ. ޔުބުންޓޫ ވަރަށް ފަސޭހަވާނެ!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.