
އިނގުރައިދޫގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ރާއްޖޭގެ މައްޝޫރު ދީނީ ޢިލްމުވެރިޔެއްކަމަށްވާ އައް ސެޢިހް ފަރީދުގެ ވަރަށް ހާއްސަ ދަރުސްއެއް މިރޭ އިނގުރައިދޫ ސްޓޭގްގައި ދެއްވާފިއެވެ. މިދަރުސްގައި ފަރީދު ވާހަކަފުޅު ދައްކަވާފައިވަނީ މަޙްސަރުގެ މައިދާން މިމަޢުލޫއާއި ބެހޭގޮތުންނެވެ. މަޢުލޫއާއި ގޫޅޭގޮތުން އެތަކެއްް އިބްރަތްތެރި ވާހަކަފުޅު ތަކެއް ކީރިތި ޤުރުއާނުންނާއި ކީރިތި ރަސޫލާގެ ސުންނަތުން ދަލީދު ދައްކައިގެން އައް ސެޢިހް ފަރީދު ވަނީ ދައްކަވާފައެވެ. ދަރުސްފަށާފައިވަނީ މިރޭ 8.30 ގައެވެ. ދަރުސް ނިންމެވުމަށްފަހު ސުވާލާއި ޖަވާބު ކުރުންވެސް ހުޅުވާލައިފައިވެއެވެ. މިގޮތުން ދީނީ އެކިއެކި ކަންތަކުގައި އޮޅުން އަރާ ކަންތައް ތަކާއި ބެހޭގޮތުން އެކި ބޭފުޅުންވަނީ ސުވާލުކުރައްވާފައެވެ. އިނގުރައިދޫލައިވްއަށް މަޢުލޫމާތު ދެއްވަމުން ވެބްސައިޓްގައި ނަންނުޖެއްސެވުން އެދި އިންތިޒާމް ކުރިފަރާތުން ބުނެފައިވަނީ ވަރަށް ގިނައަދަދެއްގެ ބަޔަކު ދަރުސް އަޑުއަހަން އައި ކަމަށާޢި އަދި މަޤްސަދު ވަރަށް ބޮޑަށް ހާޟިލްވިކަމަށެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ، ދަރުސް އަޑުއެހުމަށް ފައިނު އަދި ކިނޮޅަހުންވެސް ގިނަ އަދަދެއްގެ ބަޔަކު އައިސްފައިވާ ކަމަށެވެ.
ޝެއިހް ފަރީދު 2007 ވަނަ އަހަރުވެސް އިނގުރައިދޫއަށް ދަރުސް ދިނުމަށް ވަނީ ވަޑައިގެންފައެވެ. އެހެނަސް އޭރުގެ ސަރުކާރުން ޝެއިހް ފަރީދުއަށް ދަރުސް ދިނުން މަނާކޮށްފައިވާތީ އެފަހަރު ދަރުސް ދީފައިވަނީ ގޭގެއަށް ގޮސްގެންނެވެ.
Posted on 2010-04-24 09:37:02 |
Report this Comment