މައިންޑްފްރެޝް

  • ޝާއިޢުކުރި ތާރީޚް: 17 04 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 90
  • މޯބައިލް ލިންކު: m.muraasil.com/6639

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މަސްވެރިންގެ ހައްގުތަކަށް ހުރަސް އެޅުމަށްފަހު މުޅި ގައުމު ދޮވެލަނީ

ރާއްޖޭގެ ވެރިކަމަށް ކެނެރީގޭ ނަޝީދު އިންތިޚާބު ކުރެއްވީ ރައްޔިތުންގެ އަގުލަބިއްޔަތުން ކަމުގާވިޔަސް، އޭނާ ރައީސްކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ގިނަ ރައްޔިތުން މިހާރު އަންނިއާ އިދިކޮޅު ހަދާފިއެވެ.
ރާއްޖޭގެ ވެރިކަމަށް އޭނާ އައީ އިއްތިހާދާ ގުޅިގެންނެވެ.
އެހެންނަމަވެސް ހަގީގަތަކީ އަންނި ކަންތައްތައް ކުރައްވަމުން ގެންދަވަނީ އޭނާއަށް ފެނިވަޑާގެންނެވި ގޮތަކަށެވެ. ..." އޭ!!! އަންނި... ކަލޭ ފޮދު ހިއްޕަވާގެން ހުންނެވިއެއްކަމަކު މިދެން ތަންކޮޅެއް ބޮޑުވަރު..."

ހުކުރު ދުވަހުގެ ރޭޑިޔޯ ޚިޠާބުގައި "ބިމުގެ" މުއްސަނދިކަމާބެހޭގޮތުން ވާހަކަ ދެއްކެވުމަށްފަހު އަންނިގެ މިހާރުގެ ހުވަފެންތަކުގެ ތެރޭގާ ރާއްޖޭގެ ބިން ބަޔަކަށް ވިއްކާލައިގެން ނުވަތަ ދިގުމުއްދަތަކަށް ކުއްޔަށް ދީގެން ގައުމަށް ފައިސާ ހޯދާނަމޭ ބުނެ އަނެއްކާވެސް ރައްޔިތުންގެ ލޮލުގައި އިތުރެއް އަނދުނެއް އަޅުވާލުމަށް ކަނޑައަޅާފަ އެބައޮތެވެ.

މިހާރު އޭނާ ވަނީ ފްރާންސްގެ ބަޔަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސާވޭއެއް ކުރުމަށޭ ބުނެ ހަދިޔާ ކޮށްފައެވެ.
ކަނޑުގާ ކާނާއާ އޮޔާ ވަޔާ ލޮނުގެ އަސަރު ހުރި މިންވަރުވެސް ދެނެގަތުމަށް އެކްސްޕެރިމެންޓްތައް ހަދާށޭ ކިޔައި އެމީހުން ދަނީ ކަނޑުން މަސް ނަގަމުންނެވެ.

ފްރާންސްގެ ޑައިވަރުން ރާއްޖޭގެ ކަނޑުއަޑި ވީޑިއޯކޮށް އެންމެ ގިނައިން މަސްއުޅޭ ސަރަހައްދުތައް ވަކިކޮށް ހަދަމުން ދަނީއެވެ. ކާނާވެސް ނުދެއެކޭ ނޫނެވެ. އެކަމަކު ކަމަކީ އެމީހުން ބޭނުންވާ ވަރަށް މަސް ހިފުމެވެ. މަސް ނެގުމެވެ. ދާޖަހައިގެންނެވެ. ރާއްޖޭގެ މަސްވެރިކަން މިހާރަކަށް އައިސް އެހާ ދަށަށް ގޮސްފައިވަނީވެސް މިސަބަބާހެދިއެވެ. މަސްބޯޓުތަކުން މިގޮތަށް މަސް ނަގާތީއެވެ. ރާއްޖޭގެ ކަނޑުގެ މަހަށް ޔޫރަޕުންވެސް މިހާރު ބޮޑު ޑިމާންޑެއް އޮތްއިރު، އެމީހުން އަތުންވެސް ލާރިގަނޑެއް ފެލާލަން އަންނިއަށް އައި އައިޑިއާއަކީ ކަނޑު ސާވޭއެއް ކުރާށޭ ބުނެ އެމީހުންނަށް މަސް ހިފޭނެ ފުރުސަތު ހުޅުވާލުމެވެ. އަންނިއަކީ ސީދާ އަންނިއެވެ. ކެނެރީގޭ ހައިވާނެކެވެ.

ހާލަތު ހުރީ މިހެންނެވެ. ކުރީ ސަރުކާރެކޭ މިހާރުގެ ސަރުކާރެކޭ ހަގީގަތުގަ އޮތީ ކޮން ތަފާތެއް ހެއްޔެވެ.

ކުރީ ސަރުކާރުން ހުރިހާ ކަމެއްގެވެސް އެންމެ ފަހު ސިއްކަ މައުމޫނަށް ބފެނިވަޑާގެންނެވިގޮތަށް އެމަނިކުފާނު ޖައްސަވާއިރު މިސަރުކާރުގައި އަންނި އެކަންތައްތައް އެކުރައްވަނީ ސީދާ ސަރުކާރުން މިހާރު ބޭނުންފުޅުވާގޮތަށް، ކޮންޒަވޭޓިވް ޕާޓީގެ އެންގެވުންތަކާ އެއްގޮތަށް އެމަގުންނެވެ.... އިސްލާމް ދީނުގެ ވާހަކަތައް ޙަގީގަތާ އެއްގޮތަށް ދައްކަވާ ދީނީ ޢިލްމުވެރިންނަށް، ޓީވީ މެދުވެރިކޮށް ލައިވް ދީނީ ދަރުސްތައް ދިނުމުގާވެސް ފިއްތުންތައް ކުރިމަތި ކުރަމުންދަނީއެވެ..
ބަޔަކަށް ނޭނގުނަސް ކަންތައްތައް ދަނީ މިގޮތަށެވެ. ސީދާގޮތުގައި ދީނަށްވެސް ކަލެއަށް ނޫޅެވޭނެ ކަމަށާ މިސަރުކާރުން އެކަންތައް އެގޮތަށް ނުގެންދެވުމަށް އަންނި މަސައްކަތްކުރާނެ ކަމަށް ކަލޭމެން ގާތު ބުންޏަސް ގަބޫލު ނުކޮށްފާނެއެވެ.
ނަމަވެސް ހަގީތަކީ އަންނި އަކީ ހަގީގީ މުސްލިމު ވެރިއެއް ނޫނެވެ. ދީނަށް ފުރައްސާރަ ކުރިޔަސް އޭނާއަށް އެންމެ ރަނގަޅެވެ. ނަމަނަމަ ދީނީ ހަރުކަށި އުސޫލުތަކުގެ ވާހަކަތަކާ، ބުރުގާ އެޅުމުގެ ވާހަކަތަކާ ނަމާދާ އެނޫންވެސް އެންމެހާ ދީނުގެ ވާހަކަތަކުގެ ތެރެއިން ކުޑަކުޑަ މިންވަރެއް ނޫނީ ކިޔައި ނުދިނުމަށް އޭނާ ބޭނުންވެދާނެއެވެ.
ވެރިކަމާހެދި ދީންވެސް ދޫކޮށްލާކަށް ބަޔަކު މީހުން ފަހެއް ނުޖެހޭނެ ދޯއެވެ.
އަންނިއަކީ އަހަރެމެންނަށް ހުރި ހަލާކެވެ. މިސަރަހައްދުގެ ކަނޑުން މަސްނަގާވަރުން ރައްޔިތުން މިހާރު ތިބީ މަހަށްވެސް ޖެހިފައެވެ. ކަރަންޓާ ފެން އަނެއްކާވެސް ބޮޑުކޮށްފިއެވެ. ގޭސް ސިލިންޑަރުގެ އަގުވެސް ބޮޑުވީއެވެ.
މިއިން އެއްވެސް އެއްޗެއްގެ ސީލިންގ ޕްރައިޒެއް ސަރުކާރުން ނަހައްދަވައެވެ. ރައްޔިތުންގެ އަތުން ފެލަން އަދިވެސް ކެތް މަދުވަނީއެވެ. މުޅި ގައުމު މިހެންގޮސް މިގަންޖާބޯ ދޮވެލާއިރު، އަދިވެސް ކަލޭމެން ރައްޔިތުން ތިތިބީ ހަމަ ހެވި ދިއްލިފަ ހެއްޔެވެ. ...؟

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-04-18 11:31:23 | Report this Comment
އަލިބެ:

ކީއްދޯ ކުރާނީ ؟ ލެއްވި ރަހުމަތަކަށް ސުކުރު ކުރާނީ ދޯ ؟ މިނޫން ދުވަހެއްވެސް އަދި ދައްކަވާނެ އިރާދަ ކުރެއްވިއްޔާ.....

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.