
ބައިނަލް އަޤްވާމީ ހަރަކާތެއް ކަމުގައިވާ "ދުނިޔެއަށްޓަކައި އެއްގަޑިއިރު" ނުވަތަ "އާރތް އަވަރ" ގެ ދަށުން މުރާސިލް ސަރވަރ ގެ ހިދުމަތް މިއަދު 27 މާރޗް 2010 ގެ 20:30 އިން ފެށިގެން މެދުކަނޑާލެވޭނެ ވާހަކަ އެންމެހާ ލިޔުންތެރިންނާއި ކިއުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. ހިދުމަތް މެދުކަނޑާލުމަށްފަހު ދެން ފެށޭނީ ރާއްޖެ ގަޑިން 21:30 ގައެވެ. ދުނިޔޭގެ އެތައް މިލިއަން ބަޔަކާއި އެކުގައި މުރާސިލް އިން މިހަރަކާތުގައި ބައިވެރިވަނީ މުސްތަޤްބަލުގެ ޖީލްތަކަށް ދުނިޔެ މިގޮތުގައި ވާސިލް ކުރުމަށް އެންމެންގެ އެއްބާރުލުމާއި އަޅާލުން ދުނިޔެއަށް ލިބުން މުހިންމުކަމުގައި ހާމަކޮށްދިނުމަށެވެ. 2009 ވަނަ އަހަރެކޭ އެއްފަދައިން ރާއްޖޭގައި މިހަރަކާތް ފާހަގަ ކުރުމަށް ހައުސިންގ ޓްރާންސްޕޯރޓް އެންޑް އެންވައިރަމެންޓް މިނިސްޓްރީ އިން ވަނީ ހަރަކާތް ތަކެއް ރާވާފައެވެ. މިގޮތުން މިއަދުގެ ހަވީރު 16:00 އިން ފެށިގެން މެންދަމު 00:00 އާއި ހަމަ އަށް ރާއްޖޭގައި އިންޖީނުލީ ދުއްވާތަކެއް ދުއްވުން ވަނީ މާނާކޮށްފައެވެ. އަދި ފައިމަގުގައި އުޅުމުގެ ވަގުތުގައި އިންޖީނު ލީދުއްވާތަކެތި ދުއްވާ ފަރާތް ތައް 750 ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ވެސް ވަނީ އެފަރާތުން ނިންމާފައެވެ. އަދި 16:00 ގައި ސޯޝަލް ސެންޓަރ ކުރިމަތިން އާރތް އަވަރ ރެލީ އެއްބާއްވާގޮތަށްވެސް ވަނީ ނިންމާފައެވެ. ދުނިޔޭގެ އެހެން ތަންތަނެކޭ އެއްފަދައި 20:30 އިން 21:30 އަށް އެއީ ކަރަންޓް އަދި ހަކަތަ ބޭނުންކޮށްގެއް މަަސައްކަތް ކުރާ މެޝިން ތަކާއި ބޮކިތައް ނިންވާލާ ވަގުތެވެ. ޓެލެވިޒަން މޯލްޑިވްސް ގެ ޓްރާންސް މިޝަން ވެސް މިގަޑީގައި މެދުކަނޑާލުމަށް ވަނީ ތާވަލް ކުރެވިފައެވެ.
އަޅުގަނޑުމެނާއި އެކުގައި އާތް އަވަރ ގައި ބައިވެރިވެއްލައްވާ. ހަކަތަ ބޭނުން ކުރާ އެންމެހާ ތަކެތި ސްވިޗް އޮފް ކުރައްވާ...