
ދިވެހި ރާއްޖޭގައި މިހާރު އެންމެ ބޮޑުވެގެން އުޅޭ އެއްމައްސަލަ ކަމަށްވާ ޙަރާމްވެގެންވާ ބަނގުރާ ވިއްކުމުގެ މައްސަލައާއި ގުޅޭގޮތުން ވަރަށް ހޫނު ޚަބަރެއް ލިބިއްޖެއެވެ.
ހ. ކޮޔާ އިބްރާހީމް ޝަމީމް ( 7776475 ) އިސްނަންގަވައިގެން ދިވެހި އެންމެހާ ލޮބުވެތި ރައްޔޮތުންގެ ޙައްޤުގައި ވަރަށް ގަދަފަދަ ޖިހާދެއް ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދެކޮޅަށް ކަނޑައެޅިގެން ޤަވާޢިދާއި ޚިލާފަށް ހެދިފައިވާ މަސްތުވާ ބަނގުރާ ވިއްކުމަށް ހަދައިފާ ޤަވާާޢިދު ބާތިލް ކުރުމަށް މި ހަފްތާގެ އާދީއްތަ ދުވަހު 2010/03/07 ގައި ވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ވައްދާފައެވެ. ނަމަވެސް އަދިވެސް ކޯޓުން މިކަމާއި ބެހޭގޮތުންވަނީ އެއްވެސް އެއްޗެއް ނުބުނެ މިކަން ޢާއްމު މީޑިއާ އަށާއި ސަރުކާރަށް ފޮރުވާފައެވެ. ހުރިހާ ރައްޔިތުން މިކަމާއި ސަމާލުވެ މިކަން އަވަހަށް ގޯނިން ބޭރުކޮށް ދިނުން އެދެމެވެ.
އިބްރާހިމް ޝަމީމު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގަ އިސްލާމްދީނާއި ޚިލާފް އެއްވެސް ޤާނޫނެއް ނެހެދޭނެކަމަށް ކަނޑައެޅިގެން ބާޔާންކޮށްފައިވާއިރު އަދި އަދި ޤާނޫނު އަސާސީއާއި ތަޢާރަޞްވާ ޤަވާޢިދެއް ނުވަތަ އަމުރެއްވިޔަސް ބާތިލުވާނެ ކަމަށް ޤާނޫނު އަސާސީގެ އަދުލް އިންސާފް ޤާއިމް ކުރުމުގެ ބާބުގައި ބުނެފައިވާތީ މިހާރު ޢަމަލު ކުރެވެމުންދާ ޤަވާޢިދު ވަގުތުން ވަގުތަށް ބާތިލް ވާން ޖެހޭނެއެވެ. މި ޤަވާޢިދުގެ ދަށުން ބަނގުރާ އެއްވެސް ޙާލެއްގައި ވިއްކުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ. އަޅުގަނޑުގެ ސުވާލަކީ މި ބާތިލް ވެފައިވާ ޤަވާޢިދަށް މިހާރުގެ ސަރުކާރުންވެސް ޢަމަލު މި ކުރަނީ ކިހިނެއް ކޮން ހައިސިއްޔަތަކުން ތޯއެވެ؟
އޭރުގެ ސަރުކާރުން ރައްޔިތުންނާއި މަޖިލިސްގެ މެންބަރުންނަށް އޮޅުވާލުމަށް ޓަކައި މިކަހަލަ ބާތިލު ޤާނޫނު އަސާސީއާއި ތަޢާރަޞްވާ އެތައް ބައިވަރު ޤަވާޢިދެއް ހަތަރު ރީމް ކަރުދާހުގެ ބޯމިނުގައި އެއްފަހަރާ މަޖިލިސްއަށް ހުށައަޅާ މި ހުރިހާ ޤަވާޢިދަކަށް ޤާނޫނީ ބާރު ނުވަތަ ބެލެނިވެރިކަން ލިބޭނެ ގޮތްވަނީ ހައްދަވާފައެވެ. ނަމަވެސް މި ޤަވާޢިދު ތަކުގެ ތެރޭގައި ޤާނޫނު އަސާސީއާއި ޚިލާފުވާ ހުރިހާ ޤަވާޢިދެއް ޤާނޫނު އަސާސީ ފާސްކުރި ދުވަހުން ފެށިގެން ވަނީ ބާތިލުވެފައެވެ.
އެމްޑީޕީގެ ސަރުކާރުންވެސް މިކަމަށް ސަޕޯރޓްދީ ބަނގުރާވިއްކުމަށް ފޯރި ހުރިވަރުން މިކަން ރައްޔިތުންނަށް ފޮރުވައި މަކަރުހަދައި މިކަން ހިންދާފައިވަނީ ދެ ސަރުކާރުންވެސް ހަދާފައިވާ ބޮޑު މަކަރެކެވެ.
މަދަނީ އިއްތިހާދާއި އިސްލާމިކް އެފެއާޒް އަދި އަދާލަތު ޕާޓީން އަދި ހުރިހާ އިސްލާމުން މިހާރުން މިހާރަށް މިކަން ބާލާ ތަޙްޤީޤް ކުރުމަށް ގޮވާލަމެވެ. އަދި މި މައްސަލަ ހުށައެޅި ޝަމީމްއަށް ހިތްވަރުދީ އޭނާއަށް ގުޅައި މަޢްލޫމާތް ކުރެއްވުން އެދެމެވެ.
ޤާނޫނު އަސާސީގެ އަދްލު އިންސާފް ޤާއިމް ކުރުމުގެ ބާބުގެ 144 މާއްދާގެ ހ ގައި ވާގޮތުން މިއީ ކަނޑައެލިގެން ބާތިލް ޤަވާޢިދެކެވެ.
މުރާސިލުގައި ޖިބުއެގެ ހުރިހާ ލިޔުންތައް
ސެންސަރު ނުކުރާ ޖިބުއެގެ ލިޔުންތަކުގެ އޮރިޖިނަލް
Posted on 2010-03-10 15:12:09 |
Report this Comment
Posted on 2010-03-10 15:12:14 |
Report this Comment
Posted on 2010-03-11 06:10:09 |
Report this Comment
Posted on 2010-03-11 16:46:34 |
Report this Comment