
ރިކްޓާރ މިންގަނޑުން 5.8 ގެ ބާރުމިނުގައި ތުރުކީއަށް ބިންހެލުމެއް އަތުވެއްޖެއެވެ. ތުރުކީގެ އިރުދެކުނު ސަރަހައްދަށް މިއަދު ފަތިހު އައި ބިންހެލުމުގައި މިހާތަނަށް ސަތޭކައެއްހާ މީހުން ވަނީ މަރުވެފައެވެ. 5.8 ގެ ބާރުމިނުގައި އައި ބިންހެލުމަށްފަހު 5.5 އާއި 4.4 ގެ ބާރުމިނުގައި ހެލުންތައް އައިސްފައި ވެއެވެ.
ދުނިޔެއަށް މިހާރަކަށް އައިސް ވަރަށްގިނަ ބިންހެލުންތައް އަންނަމުން އެބަދެއެވެ. މިކަމުގެ އަސަރު ﷲގެ ރަޙްމަތުން ދިވެހިރާއްޖެއަށް ފޯރަމުން ނުދިޔަކަމުގައިވިއަސް އަޅުގަނޑުމެންނަށް ދުނިޔޭގެ ކަންތައްތަކުގައި ޣާފިލުވެގެން ތިބެވޭނެ ހެއްޔެވެ. އަދި ދިވެހިރާއްޖެއަށް ބިންހެލުމެއް ނާންނާނެ ކަމުގެ އޮތީ ކޮން ޔަޤީން ކަމެއްހެއްޔެވެ. ދުނިޔެއަށް އަންނަމުންދާ މިފަދަ ޙާދިޘާތަކުން ޢިބްރަތްލިބިގަނެ ﷲގެ މަގަށް ފުރިހަމައަށް ތަބާވާ ބައެއްކަމުގައި އަޅަމެން ލައްވާށިއެވެ.
Raajjeislam.com