މައިންޑްފްރެޝް

  • ޝާއިޢުކުރި ތާރީޚް: 04 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 1349
  • މޯބައިލް ލިންކު: m.muraasil.com/5889

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރައީސުލް ޖުމްހޫރިއްޔާއަށް ޒަހަރު ދޭން އުޅެފިކަމަށް އަޑު ފެތުރިއްޖެ

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަށް ޒަހަރު ދޭން މަސައްކަތް ކޮށްފި ކަމަށް ވަރަށް މުއުތަބަރު ގޮތަކަށް މައުލޫމާތު ލިބިއްޖެ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިސަރެއްގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި އެންމެ ފަހުން ފޯކައިދޫއަށް ރައީސް ކުރެއްވި ދަތުރުފުޅުގަ އެމަނިކުފާނަށް ވެދުމަށް އެރުވި ކުރުބާފޮދަށް ވަނީ ޒަހަރު އަޅާފަ އެވެ. އަދި ޒަހަރު އަޅާ ކުޑަ ފުޅިތަކެއް1ވެސް ފުލުހުންނަށް ފެނިފާވާ ކަމަށް މުރާސިލަށް މައުލޫމާތު ލިބިފައި ވެއެވެ.
"މުރާސިލަށް މިވާހަކަތައް ކިޔައިދިން މީޙާ ބުނިގޮތުގައި ޒަހަރަކީ ފަސޭހައިން ލިބެން ހުންނަ އެއްޗެއް ނޫނެވެ. "ހީވަނީ އެއީ އުމްރާ ކަހަލަ ދަތުރަކަށް މީހަކު ގޮސް ގެނައި ފުޅިތަކެއްހެން.."
އެމީހާ ބުނީ އަންނިއަށް ޒަހަރު ދޭން އުޅުމުން އެމަނިކުފާނު ވަގުތުން އެރަށް ދޫކޮށް މަރޮށްޓަށް ފުރީއެވެ.
މިކަމާބެހޭ އިތުރު އެއްވެސް މައުލޫމާތެއް ކަމާބެހޭ ފަރާތަކުން ނުލިބެއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-04 16:41:50 | Report this Comment
މައިންޑްފްރެޝް:

އާނ މަވެސް އަޑުއެހިން ތިކަހަލަ ވާހަކައެއް. އަސްލު ހަމަ ދޭންވީ ހުރިހާ އެއްޗެއްވެސް... އެކަމު އެހެން ހަދާކަށް ނުވާނެ ދޯ؟

Posted on 2010-03-04 17:37:51 |
ސޮފޮޓް:

މައިންޑްފްރެޝް ގެ އިތުރު ޙަބަރު ތައް ފެންނާނެ ކަމަށް ހީކުރަން..
މައިންޑްފްރެޝް: ކިޔުންތެރިން ހިތްހަމަޖެހޭ ލިޔުންތައް ައދިވެސް ފެންނާނެ އިނގޭ....

Posted on 2010-03-05 23:12:32 | Report this Comment
ކިއުއެސް:

މީހަކު ޙައްޤު ނޫން ގޮތުގައި މަރާލުމަކީ ޤަބޫލު ކުރެވޭނެ ކަމެއްނޫން. އަދި އެއީ އިސްލާމްދީނުގައިވެސް ނުހަނު ބޮޑު ފާފައެއް. އެކަމަކުވެސް މީހަކު ރުޅިއައިސްގެން ޒަހަރު ލާވަރަށް ރައީސް ނަޝިދު ދަނީ ދޮގާއި މަކަރު ހަދަމުން، ރައްޔިތުން ހާލު ޖައްސަމުން، ހަމަ ކޮންމެ ގަނޑެއް ގަނެފަ މިހާލުން އަރައި ނުގަނެވިގެން މިއުޅެނީ ކުރީ ސަރުކާރުން ކަންތައްކުރިގޮތުންނޭ ބުނުމުން އެނގެނީ ތިމާމެންގެ ނާޤާބިލުކަން. ވެރިކަމަށް އެރީ ލޯލާރިއެއް ނެތަސް ރައްޔިތުންނަށް ކޮންމެ ހަފުތާއަކު އައިސްކުރީމް ދޭނަމޭކިޔައިގެން، ރައްޔިތުންގެ ޖީބުތައް ފައިސާއިން ފުރާލަ ދޭނަމޭ ކިޔާ ދޮގު ހުވާކުރަމުން. ޒަހަރެއް ދީގެންނަމަވެސް ރަނގަޅު ވެއްޖިއްޔާ ރަނގަޅުތާ....
ސޮފްޓް: ކިއުއެސް ތިބުނީ ހަމަ ރަގަޅު ވާހަކަ އެއް.... ތިވާހަކަ އަށް ތާއީދު ކުރަން.... ގޯސް ކަންތައް ކުރާ މީހުން މިގޮތުންވެސް ރަގަޅު ވެއްޖެއްޔާ ރަގަޅު...
މައިންޑްފްރެޝް: ތި ކަމަށް ތާއީދު ކުރަން...

Posted on 2010-03-06 03:54:04 | Report this Comment
މައިންޑް ޒީރޯ:

މައިންޑްފްރެޝް އާއި މުރާސިލް އާއި ހުރީ ކޮން ގުޅުމެއް.
މައިންޑްފްރެޝް: މައިންޑް ޒީރޯގެ ގާތު ބުނެލަން ހަމަބޭޏުމީ އަހަންނަކީ މުރާސިލުގެ ލިޔުންތެރިޔެކޭ. ހީހީ ދެއްވާ ތަރުޙީބަށް މަރުޙަބާ

Posted on 2010-03-06 16:34:29 | Report this Comment
އަސްލު:

ތި ކަންތަކުގެ އިތުރު ޙަބަރު ތައް ގެނެސްދީބަލަ....
މައިންޑްފްރެޝް: ލިބުނު ވަރަކުން ގެނެސްދެމުން ދާނަން..

Posted on 2010-03-06 21:57:26 | Report this Comment
މަރޮށި:

ފޯކައިދޫން މަރޮށްޓަށް ދިޔައީ މަރޮށީގެ ރައްޔިތުން މަރުހަބާ ކިޔާނެ ކަމަށް ހެއްޔެވެ.؟..އެބައިމީހުން ގަންޖާ ބޮލަށް މަރުހަބާ ކީ ހަތްދިހަ އަށްޑިހަ ފޫޓްގެ ދިގު "މިރަށުގަ ގަންޣ=ޖާބޯ މީހަކުނެތް.ގަންޖާބޯ އިސްތިއުފާ" މިހެން ލިޔެފައިވާ ހަ ފޭލި ފޮތިންނެވެ..
މޮހޮދޭ: ހަތްދިހަ އަށްޑިހަ ފޫޓްގެ ދިގު ފޭލި ފޮތިން އިސްތިއުފާއަށް ގޮވީމާ ކޮންކަމެއްބާވީ... ނޫފޮތި ޕާރޓީން ކިތަށް ފޭލީގެ އަގުބާނެގީ..... ނޫފޮތިޕާރޓީން ކިހާ ލާރިއެއް ނެގިބާ... އެނެގިލާރި އަކީ އެކަމުގައި އުޅުނު މީހުންނަށް ބަހަން ދިން ލާރިކޮޅުން ކިތަށް މީހުނަށް އެކަމުގެ ހައިރާތެއް ކުރިބާ.... ކޮންބަޔަކުބާ އެލާރިގަނޑު ބަނޑުއަޅާލީ.... އެކަމާ މިހާރު ތުންދަމައިގެން ކިތަށް މީހުން މިއަދު އެބަތިބިބާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

Posted on 2010-03-07 08:47:34 | Report this Comment
ޖަމީލް:

މިކަން ވަރަށް ކުށްވެރިކުރަން...... މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން!

Posted on 2010-03-07 09:12:37 | Report this Comment
ދޮންކަމަނަ:

އަދިވެސް ތަންކޮޅެއް ތަފްސީލްކޮށް ހެނެސްދިނީޔާ ވ ރަނގަޅު...........
މައިންޑްފްރެޝް: ދޮންކަމަނައަށް ބުނެލަން އޮތީ އެޚަބަރުގަ މާބޮޑު ތަފްސީލެއް ލިބޭ ގޮތެް

Posted on 2010-03-07 12:54:34 | Report this Comment
އައްޔަ:

އެވަރުގެ ހިއްވަރު ހުރި އަތެއް ޑީއާރުޕީއޭގެ މީހުން ހުރިކަމަށް ވަންޏާ އަހަރެމެންގެ އެކަހަލަ ހިއްވަރު ހުރި ދެއަތުން ގޮޅާ ޒައީމު ކަރުގަ ހިފާނަން! ޔަޤީންކުރޭ!
މައިންޑްފްރެޝް: ބަދަލަށް ބަދަލު ހިފުމަކީވެސް އޮންނަ ކަމެއް އެހެންނޫންތޯ؟ އެކަމަކުވެސް، މަރަށް މަރުހިފުމާ ކުރާ ކުށްތަކަށް އަދަބު ދިނުމުގާވެސް އޮވޭ ދެއްތޯ ބައެއް ކަހަލަ ގޮތްތަކެއް ދަންނަބޭކަލުންގެވެސް އެވިދާޅުވާ.. މައިންޑްފްރެޝް ބުނާނީ ކޮންމެ ސިޔާސީ ޕާޓީއަކީވެސް އާރުލާ ސިޔާސީ ޕާޓީއަކަށް ވާން ޖެހޭނެއޭ.. އެހެން ނޫންނަމަ އަހަރެމެން ގެންނަން މިއުޅޭ ހަގީގީ ޑިމޮކްރަސީއެއް ނުގެނެވޭނެއޭ.. އެކަމަކު އައްޔައަށް އަހަރެން ބުނަން ބޭނުމީ ކަރުގަ ހިފަން މަސައްކަތްކުރާއިރު ބެކަޕްވެސް ގަދަވާން ޖެހޭނެއޭ...
މަޑިސީލަ: ގޮޅާ ކަރުގައެއްނޫން ހިފާނީ ޢޭގެ ކުރިން ގޮޅާގެ މަޑިސީލަ ބުރިކޮށްލާނަން ހެހެހެ

Posted on 2010-03-07 13:12:09 | Report this Comment
ހަސަން:

"މިރަށުގަ ގަންޣ=ޖާބޯ މީހަކުނެތް.ގަންޖާބޯ އިސްތިއުފާ" ، އޭ ކިޔައިގެން ހޭދެބައި ތިވަނީ ތިއީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއޭ ، ކިހިނެއްވެފައި ތިހުރީ ! ޒާތްތްޒާތުގެ ޒިންމާދާރު ކަމެއްނެތް ގޮތުގައި ތިހެން ނޫޅެވޭނެ . މިއީ އަހަރުމެންގެ ވެސް ރާއްޖެ . މިހާރުގެ ރައީސް އަށް ޒަހަރެއް ނުދެވޭނެ ، ދީފިއްޔާ އެމީހެއް ހަންދަމާލާނަން !
މައިންޑްފްރެޝް: ހަސަނު ތީ ވަރަށް ކެރޭ، އަދި ޕާޓީ ދެކެ ލޯބިވާ މީހެއްހެން ހީވަނީ... އަޅެ ހަސަނު ބުނެބަލަ ރައީސްއަށް ފުރިހަމަ ތާއީދު ނުކުރަންތަ؟؟؟ ރަނގަޅު ވާހަކައެއް، އަހަރެންވެސް ބޭނުމީ ހަމަ ތިގޮތް. (އެއްވެސް ރައީސަކަށް ޒަހަރު ދޭން މަސައްކަތް ކޮށްގެން ނުވާނެ)

Posted on 2010-03-07 19:22:09 | Report this Comment
ރަންދީ:

ހަމަދޭންވީ ކާކުތައެއީ ގަންޖާބޯ ހަސަނާ ކަލެއަށް ޖެހެނީ ހަމަ ހަޅޭއްލަވާލަވާ އޮންނަން ކޮންހަމެއް ކަލެއަށް ދެމޭނީ

Posted on 2010-03-07 20:08:23 | Report this Comment
ސަނާ:

ވަކިއަތަކަށް ޖެހިފަ ހުރި މީހަކު މިހަބަރު ލިއުމުން އެއްވެސް ބުރަދަނެއް ނެތް، ފުރަތަމަ ލިއުންތެރިކަން ދަސްކުރޭ
1721:މައިންޑްފްރެޝް: ވަކި އަތަކަށް ޖެހިފައެއް ނޫން މިލިޔުން ލިޔުނީ... ޅިޔުންތެރިކަން މައިންޑްފްރެޝް އަށް ވަރަށް ރަގަޅަށް އެގޭ...

Posted on 2010-03-07 23:18:37 | Report this Comment
އެއްކަލައަހްމަޑޭ:

އޭ.... އެއްކަލަ މާތާއިދު ބޮޑު ރައީސް އޯ.....ކެކެ އަދިވެސް ރަށެއް އޮތިއްޔާ އަރާތި؟ ނަސީބެއްނު ދިރިހުރިކަން... ކިހިނެއްބާ ފުޅިހޯދި....ހުވަފެނެއް ފެނުނީތާ !!!!

Posted on 2010-03-08 08:45:30 | Report this Comment
މަރޮށި:

ހަސަނާ ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް..ތި ރީނދޫ ހުންޖެހިފައިވާ ބައިގަނޑު ގޮޅާބޯ އިސްތިއުފާ އޭ ކިޔާގެން ވީދުނު އިރު މައުމޫނަކީ އޭރުގެ ރައީސްނުންތޯ..ޒިންމާގެ ވާހަކަ ނުދައްކާ މަޑުން ތިބެބަލަ..ސޫލާޝިރާޒް

Posted on 2010-03-08 09:04:43 | Report this Comment
ޢިމާދު ބިން ނާޞިރު:

ސަލާމް. ވަރަށް ހިތާމަ ހުރި ކަމެއް. ސިޔާސީ ކަންތަކާ ހެދި މީހުން މަރަން މަސައްކަތް ކުރަން ފެށީތޯ؟ މިރާއްޖޭގައި މިއުޅެނީ މުސްލިމުންތޯ؟

Posted on 2010-03-09 10:22:53 | Report this Comment
ކަދީ:

މީ ދެން ހަޤީޤަތެއްބާ އަޅުގަޑުގެ ހިތައް އަރާ ..މި ނަޝީދާ ޖެހިފައިވާ މީހަކު ލިޔެފައިވާ ލިޔުމެއް..

Posted on 2010-03-11 08:52:36 | Report this Comment
ހާޖީ އެދުރު :

މިއަށް ކޮމެންޓް ދީފައިވާ ބައެއް މީހުން ގަންޖާ ދަސްކުރަންވެއްޖެ ކަމަށް ފެނޭ އަދި ދީނުގަ އޮތް ގޮތްވެސް މިރާއްޖޭގެ މީހުން ނަށް އެނގެން ޖެހޭ ކަމަށް ފެނޭ ބަލަ ގަންޖާއަކީ މުށިފާޑެއްގެ ފަތެއް އެއީ ރަލެއްވެސް ނޫން ހެ ހެ ހޭ

Posted on 2010-03-20 18:43:56 | Report this Comment
އިބްނު މައިންޑް ފްރެޝް:

މައުމޫނު ވެސް ވެރިކަމުން ފޭބީ އެތައް ބައެއްގެ ފުރާނަ ދުއްވާލާފަ. ނަޝީދު ގެ ވެސް ކަންތައް މިދާ ގޮތުން ހީވަނީ އެއަކަށް ދުލެއް ނުކުރޭ ހެން. އަންނި ގެ ހުންނަނީ ޔަހޫދީ ސްޓައިލް. އޭނަ ވެރިކަމުން ފައިބާނީ ދިނީ ޢިލްމުވެރިންގެ ފުރާނަ ދުއްވާލާފަ ކަންނޭނގެ. އޭނަ ބޭނުން ވަނީ މިތަން ވެސް ޔޫރަޕްގެ ގައުމަކަށް ހަދަން. އެހެން ނޫންތޯ ވާނީ، އުޅެ ބޮޑުވީ ކާފަރުންގެ ތެރޭ އިނގިރޭސި ވިލާތުގަ ވިއްޔަ. މުހައްމަދު ނަޝީދު، އިސްތިއުފާ! ދެން މި ބުނީ މައުމޫނު ވެރި ކަމަށް އަރާށެކޭ ނޫން، އެ ޖާހިލަށް ވެސް ވަރަށް ޒަމާން ވަންދެން އެ ބަލާ ވެރިކަން ކުރެވިއްޖެ އެއްނު! ދެން ވެރިކަން ބޭނުން ނުވިޔަސް ވެރިކަމަށް އަރަންވީ އަދާލަތު ޕާޓީން. އައްނި، ވި ވޯންޓް ޔޫ ޓު ސްޓޭ އައުޓް އޮފް ދިސް ކަންޓްރީ... ގެޓް ދަ ހެލް އައުޓް އޮފް ހިއަރ!!!!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.