Muraasil

ހޯދާ

ހަބީބް ބޭންކްގެ މެނޭޖަރ ގެއަށް ބަޔަކު މީހުން ވަދެ ހަމަލާދީ ފައިސާތައް ފޭރިގެންފި

ހަބީބް ބޭންކްގެ ކަންޓްރީ މެނޭޖަރ ދިރިއުޅެމުންދާ ގެއަށް ބަޔަކު މީހުން ވަދެ ތޫނުއެއްޗަކުން ހަމަލާދީ ބައެއް ތަކެތި ފޭރިގެންފިއެވެ. މިއަދު ހަވީރު 05:30 ހާއިރު ހިނގި މި ހާދިސާގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ އުމުރުން 56 އަހަރުގެ ޕާކިސްތާނު މީހަކަށެވެ. އަދި ހަމަލާދިން މީހުންވަނީ އޭނާގެ ބައެއް ތަކެއްޗާއި ފައިސާ ފޭރިގަނެގެން ފިލާފައެވެ.

މީނާއަށް އޭޑީކޭ ހޮސްޕިޓަލުން މިހާރު ދަނީ ފަރުވާ ދެމުންނެވެ.


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-04 08:34:52 | Report this Comment
ފާތުން:

އަދި އިތުރު މައުލޫމާތު ބޭނުން

Posted on 2010-03-04 09:06:18 | Report this Comment
ޝުޖާޢު:

ބިރުވެރިކަމުގެ އިންޒާޜުގެ ބެރުއަޑު ގަދަވަމުން އައިސް މުޅި ގައުމުގައި ގުގުމާލީއެވެ. މީގެ އެތައް އަހަރެއް ކުރިން މި ޖަރީމާތައް ފެށިގެން އައި އިރު އެކަން ހުއްޓަން ފިޔަވަޅުއަޅައިދޭށޭ ރައްޔިތުން ގޮވަމުން ދިޔައިރު އެކަމާ އަޅާނުލުމުގެ ސަބަބުން މިއަދު މިވަނީ ރާއްޖޭގެ އިގުތިސާދާއި ތަރައްގީއަށް މަސައްކަތް ކުރާ ބިދޭސީންނަށް މިގައުމަކީ ނުރައްކާތަނަކަށް ވެފައެވެ. ދިވެހިންނަށް ނުރައްކާ ކުރަމުން އައި މީހުން އެންމެ ފަހުން މެހެމާނުންނަށްވެސް ހަމަލާދިނީއެވެ. ފުރަތަމަ ބިދޭސީ މަސައްކަތު މީހުންނަށް ތަފާތު ގޯނާކޮށް އަނިޔާއާއި މާރާނާރީގެ ހަމަލާތަކެވެ. އެއަށްފަހު ޕްރޮފެޝަނަލް ވަޒީފާތަކުގައި ތިބި މީހުންނަށެވެ. ފަތުރުވެރިންގެ ލެޕްޓޮޕާއި އެނޫންވެސް އަގުބޮޑުތަކެތި މިހާރުދަނީ ވަގަށް ނަގަމުންނެވެ. ދެން އެންމެ ފުރަތަމަ މިފަދަ ހަމަލާއެއް އަންނާނީ ފަތުރުވެރިއަކަށް ކަންނޭނގެއެވެ. މިހާރު މިއޮތީ ރައްޔިތުންދެކެ ލޯބިވާ ސަރުކާރެއް ކަމަށް ވިދާޅުވެ ފަށުވި ބަސްތަކެއް އެމުނުގެ ބަދަލުގައި، މިފަދަ ޖަރީމާތައް އަވަހައް ހުއްޓުވޭނެ ނިޒާމެއް، އުސޫލެއް ނުވަތަ ގޮތްތަކެއް ހައްދަވައިދެއްވާށެވެ. މިގައުމުގެ ހާލުގެ ދުލުން ގޮވަމުން މިދާ އަޑުތަކަށް ކަނުލައި އަހައި، ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާށެވެ!

Posted on 2010-03-04 13:55:02 |
ޑިމޮކްރަސީ:

މިފަދަ ކަންކަން ނުވާނެ ޓެރަރިޒަމްގެ ޢަމަލުތަކަކަށް. އަދި މިކަން ކުރާ މީހުންނަކީވެސް ޓެރަރިސްޓުންނެއް ނޫން. މިފަދަ ކަންކަމަކީ އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އެއްވެސް ކަހަލަ ގެއްލުމެއް ހުރިކަމެއް ނޫން. އަދި ރާޢްޖޭގައި އިންވެސްޓް ކުރާ އިންވެސްޓަރުންނަށްވެސް މިފަދަ ކަންކަމުގެ ސަބަބުން އެއްވެސް ކަހަލަ ބިރުވެރިކަމެއް ނެތް. އިޒްންޓް އިޓް؟

Posted on 2010-03-04 13:56:02 | Report this Comment
އަބޫ އަންމާރު:

އިސްލާމީ ޝަރީ އަތައް ޖޯކުޖަހާ ގޮނޑިތަކައް އަރާ ތިބި މީހުންނައް ކޮންކަމެއްތަ ހުއްޓުވުނީ އަދިވެސް ފާޑު ފާޑުގެ ގާނޫނުތައް ހެދޭތޯ ބަލާ ތާހިރެއްނު އިސްލާމީ ޝަރީއަތް ގެނެސްގެން ނޫނީ ހައްލެއްނެއް .....

Posted on 2010-03-04 15:16:05 | Report this Comment
މރ.ޑިމޮކްރަސީ:

ތިއީ ދެން އެހާ ބޮޑު ކަމެއް ހެއްޒެވެ. ސަރުކާރުން ރައްޒިތުންނާއި ދޭތެރޭވެސް ކުރަނީ ތިޒަކަމެވެ. މިއީ ޑިމޮކްރަސީއެވެ. މާ ހާސްނުވާށެވެ. ދެފުށް ފެންނަނީއެވެ. މިއީ ތަރައްޤީވަމުން އަންނަ ޤައުމު ތަކުގައި ފެށޭ ކަމެކެވެ. ޑިމޮކްރަސީގެ ނަމޫނާގައި ހުރިހާ މީހުންވެސް އުޅެންވާނެއެވެ. ބަޒަކު ނިކުމެ ވަ

Posted on 2010-03-04 19:54:28 | Report this Comment
ކިއުއެސް:

މިފަދަ ކަންކަމަކީ ރާއްޖޭގެ އިޤްތިޞާދާއި މިނިވަން ކަމާއި ހަމަޖެހުމާއި ތަރައްޤީއަށް ހުރަސް އެޅިގެން ދާނެ ކަންތައްތެކެވެ. މާމޮޅަށް ތަމްރީނު ކުރެވިފައިވާއި ސިފައިންނާއި ފުލުން ކޮބާބާއެވެ. ފުލުހުންނަށް ޤަވައިދުން ކުރެވެނީ ދެކަމެކެވެ. އެއްކަމަކީ މަގުމަތީގައިވާ މީހުންގެ ސައިކަލްތައް ނަގައިގެން ގެންގޮސް އެއިން ސަރުކާރަށް އާމްދަނީ ހޯދުމެވެ. ދެވަނަ ކަމަކީ އެއިރެއްގައި ވެރިކަމުގައި ތިބޭ ބަޔަކު އެނބުރިހާ ގޮތަކަށް އެނބުރި ޖަހާހާ ބެރަކަށް ނެށުމެވެ. އެކަމަކު ފުލުހުން ނަކީ މާ ޕްރޮފެޝަނަލް ބަޔަކޯލައެވެ. މުޅިމާލެ ތެރޭގައި ސެކިއުރީ ކެމެރާތައް ހަރުކޮށްގެން ވެސް ވާކަމެއް ހަރާމެވެ. ހިފުނު މީހެއް ބެލުނު މައްސަލައެއް ނެތެވެ.

Posted on 2010-03-05 10:00:48 | Report this Comment
ސައިންޓިސްޓް:

2010 ވަނަ އަހަރު ރާއްޖޭގައި ވަގުން ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދާނެ، ސަބަބަކީ މި ޤައުމުގައި މެކްސިކޯ ގައި އުޅޭ ފެންވަރުގެ ވަގުންނާ ފޭރޭ މީހުން އެބައުޅޭ. އެކަމަކު ފުލުހުން ގެ އެއްވެސް ފެންވަރެއް ނެތް. ކަނޑަނީ ހުސް ފޮނި. މަގުމަތީ ގައި ހުންނަ ސީ.ސީ.ޓީ.ވީ ކެމެރާތައް އެއީ ކަނު އެއްޗެއް! ތަހުޤީގު ކޮށް ނިންމާފަ ކޯޓަށް ދާ ހިސާބުން ދެން ލަލަލަލަ! އެއަށް ޓެރަރިޒަމް ކިޔައިފިއްޔާ ބޭރު މީހުން މައްސަލަ ޖައްސާނެ. އެއީ އެކަން އޮތް ގޮތް! ދެން ތިބޭ ބަލަން!

Posted on 2010-03-05 11:40:25 | Report this Comment
ޢަބުދުﷲ އަރަފާތޫން:

މިފަދަ ނުބައި ޖަރީމާތައް ހިންގާ މީހުން ހިފާހައްޔަރުކޮށް، މިބައިމީހުންގެ އަތްފައި ތަފާތުކޮށް ކަނޑާ އެހެންމީހުންނަށް، ޢިބުރަތެއްކަމުގައި ހެދުމަށް ގޮވާލަމެވެ. އަދި ވައްކަމާއި ފޭރުމާއި، ޒިނޭކުރުމާއި ، މީހުންމަރާ ހަދާމީހުންގެ މައްލަ ވީހާވެސް އަވަހަކަށް ކޯޓަށް ގެންގޮސް ޙުކުމް ކުރާ ގޮތަށް ހަމަޖެއްސުމަށް ގޮވާލަން، އިސްލާމީ ޝަރީޢަތުގައި މިފަދަ ޖަރީމާތަށް ހިންގާ މީހުންނަށްދިނުމަށް އޮންނަ އަދަބު މިހާރު ކަނޑައަޅައި ތަންފީޛު ނުކުރެވިއްޖެނަމަ، މިފަދަ ޖަރީމާތައް ދާނީ އިތުރުވަމުންނެވެ. އެހެންކަމުން އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލަމެވެ.

Posted on 2010-03-05 13:54:28 | Report this Comment
ކިއުއެސް:

މިފަދަ ކަންކަމަކީ ފާރުބުޑަށް ޖެހިފައި ތިބޭ މަގުމަތީ ޒުވާނުންނުންގެ ރޭވުމުން ކުރާކަމެއް ނޫނެވެ. މިކަންކަމަކީ އެއަށްވުރެ ބޮޑަށް ރޭވިގެން އޮގަނައިޒް ކުރެވިގެން ހިންގާ ކަންކަމެވެ. މިހާދިސާއަށް ބަލާލުމުންވެސް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. މީނާ ބުނެފައިވާ ގޮތުގައި މިކަންތައް ކުރިމީހުނަށް އޭނާގެ ޓާމް ނިންމާފައި އޭނާ ފުރަން ތައްޔާރުވެފައި ވާކަން އެނގެއެވެ. އެހެންވީރު މިކަން ކަމަކީ ބޭންކުގައި ތިބޭ ފަރާތްތަކާއި ފިހާރަތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސޭޓުންނާއި އެއްމެން ގުޅިގެން ބައި އެޅިގެން ކުރާކަންކަން ކަމަށް ފާހަގަ ކުރެވެއެވެ. ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުން މިދަނީ އޯގަނައިޒް މާފިޔާ ގޭންގު ތަކެވެ. މިފަދަ ކަންކަން ކުރާ މީހުންގެ ހަތިޔާރަކީ ކަމެއްނުކޮށް މަސްތުގައި ތިބޭ ޒުވާނުންނެވެ. ސަރުކާރުން މިކަންކަން ކޮންޓްރޯލްކޮށް މިފަދަ ފަރާތްތައް ނައްތާ ނުލައިފިނަމަ މިބައިމީހުން ރާއްޖޭގެ އެކި ދިމަމާއަށް ފެތުރި ރާއްޖޭގެ ހަމަޖެހުން ނަގާލާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އަދި މިބައިމީހުންގެ ބާރުގެ ދަށަށް ރާއްޖެ ގެންނާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އާބާދީ އަށް ކުޑަ ބަދަލެއް ދުވަސްކޮޅަކަށް އައިނަމަވެސް އެއްމެ ބުއްދި ވެރި ގޮތަކީ މިބައިމީހުން ނައްތާލުމެވެ. ނައްތާލާނެ މޮޅު އުކުޅެއް ނާވާނީ ސަރުކާރުންނެވެ.

Posted on 2010-03-07 17:37:35 | Report this Comment
ރަންދީ:

މީހަމަ އަނެއްދިވެހިރާއްޖޭގެ ކޮޅުމަތި ފެންނަން ފެށިކަމުގެ އަލާމާތްތައް ދެފުށެއްނޫން ހަފުއްވެސް ފެންނާނެ ކުރާނެ ކަމެއްނެތް

Posted on 2010-03-07 19:09:03 | Report this Comment
ހަސަން:

ހައްހައްހާ....
ވަންޓުވަން: ހަސަނާ ކަލެއަށް ބުނެލަން އޮތީ ކަލޭ މާމަޖާ ވެގެން ތިއުޅެނީ ކޮންކަމަކާހޭ؟ މިކަމަކީ އެންމެންވެސް ވިސްނަން ޖެހިފައިވާ ބޮޑުކަމެއް. ކަލޭގެ ގާތްމީހަކަށް ނޫނީ ކަލެއަށް މިކަހަލަ ކަމެއް ދިމާވީމަ އެނގޭނީ މީ ސީރިއަސް ކަމެއްކަން ބޯގަޅި

Posted on 2010-03-08 02:48:52 | Report this Comment
ޅަސޮރު:

ގާނޫނަކު ނޯންނާނެ ބެންކު މެނޭޖަރުގެ ވާހަކައެއް ސާބިތެއް ނުވާނެ!!!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009