
މީހުން ދިރުއުލޭ ރަށްރަށޫގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމާއި ދެކޮޅަށް މާލޭގާޢި ކުރާ މުޒާހަރާގެ ހަބަރާއި މައުލޫމާތު މުރާސިލް އިން އަޕްޑޭޓް ކުރަމުން ގެންދާނަމުއެވެ.
17:55 ތާވަލް ކުރެވިފައިވާ ގޮތަށް މުޒާހަރާ ނިންމާލާފައިވަނީ ދުޢާ އަކުންނެވެ. މި މުޒަހާރާ އަކީ މިހާތަނަށް ބޭއްވުނު ބޮޑެތި އެއްވުން ތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް އަޅުގަނޑުމެންގެ މުރާސިލް ހާމަ ކުރެއްވި އެވެ.
17:40 މިތަނަށް އެއްވެފައި މިވާ އެންމެންގެ ޝުއޫރަކީ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖޭގައި ރާ ގެންގުޅުން މާނާކުރުން ކަމަށާއި މިއީ ރައްޔިތުންގެ ޝުއުރޫ ކަމުން މިހާރު ވަގުތުން ވަގުތަށް ސަރުކާރުން އެ ގަވައިދު ތައް ބާތިލް ކުރުމަށް ގޮވާލާފައިވެއެވެ. މިގޮތަށް ނަހަދައިފިނަ މިއަށްވުރެއް ވަރުގަދަ މުޒާހަރާތައް ބާއްވާނެ ކަމުގައި ގޮވާލަމުން އެބަގެންދެއެވެ.
17:30 މި މުޒާހަރާ ކުރިއަށް ދަނީ ހަމަ އެކަނި މާލޭގައި ނޫން ކަމުގައި ވާހަކަ ދައްކަވާ ގިނަ ފަރާތް ތަކުން ހާމަ ކުރައްވައެވެ. މި ސަރަހައްދުގައި އެކަނި ވެސް އެތައް ހާސް ބަޔަކު ވާ ކަމަމަށް މައުލޫމާތު ލިބެއެވެ. 18:00 ގައި ނިންމާލުމަށް ތާވަލް ކުރެވިފައިވާ މުޒާހަރާ އަށް ފުލުހުންގެ ފަރާތުން ސެކިއުރިޓީ ދެއްވަމުން އެބަ ގެންދަވާ
17:20 ސަރުކާރުން ބަނގުރާ ވިއްކުމުގެ ހުއްދަ ތަސްދީގް ކޮށްފިކަމުގައި ވަނީ ނަމަ އަދާލަތު ޕާޓީ ގެ އިސްތަރުޖަމާނު އަދި އިސްލާމިކް އެފެއަރސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝަހީމް ސަރުކާރުން އިސްތިއުފާ ދެއްވާނެ ކަމުގައި ދަންނަވައިފި. އަދި ބަނގުރާ ހުއްދަ ކޮށްފިނަމަ މިއަށް ވުރެއް ނުބައި ކަންތައް ތަކަށް ސަރުކާރުން ހުއްދަ ދޭނެ ކަމުގައި ޔަގީން ވާކަމުގައި ވެސް ދެންނެވި
17:10 އެމް.ޑީ.ޕީ ދީނީ އިލްމު ވެރިންގެ މަޖްލީހުގެ ރައީ ބީއޭ ނަސީމް ވެސް މުޒާހަރާގައި އަޑުއުފުލާ ވާހަކަ ފުޅުދައްކަވައިފި.
16:52 މައުލޫމާތު ލިބޭ ގޮތުގައި މަދަނީ ޖަމިއްޔާތަކުގެ އިއްތިހާދުގައި ގާތްގަނޑަކަށް 80 ވަރަކަށް ޖަމިއްޔާ ބައިވެރިވޭ
16:40 ގާތް ގަނޑަކަށް 1300 އަށް ވުރެއް ގިނަ މީހުން މި މުޒާހަރާގައި އެމީހުންގެ ޝުއޫރު ފާޅު ކުރަމުން އެބަ ގެންދޭ
16:35 އަދާލަތު ޕާޓީ އަށް ނިސްބަތްވާ އިސްލާމިކް މިނިސްޓްރީގެ އިސް ބައެއް ބޭކަލުންނާއި މަދަނީ ޖަމިއްޔާތަކުގެ އިއްތިހާދާއި ގިނަ ދީނީ އިލްމުވެރިން އިސްވެ މި މުޒާހަރާގައި އަޑު އުފަލަމުން އެބަ ގެންދޭ
16:30 ގިނަ އަދަދެއްގެ ބަޔަކު ލޮނުޒިޔާރަތް ކޮޅު ސަރަހައްދުގައި ބަގުރާ ވިއްކުމަށް ދީފައިވާ ހުއްދަ ބާތިލް ކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުން އެބަގެންދޭ.
15:35 މުޒާހަރާ ކުރަން ކުރިން ހަމަ ޖެހިފައިވާ ހެދިގޮނޑުދޮށް ސަރަހައްދުގައި އެހެން ހަރަކާތެއް ކުރިއަށް ދާތީވެ މުޒާހަރާ މިހާރު ކުރިއަށް ގެންދާ ގޮތަށް ހަމަ ޖެހިފައިވަނީ ލޮނުޒިޔާރަތް ކޮޅު ޕާކުގައެވެ. މިކަމަށްޓަކައި މިހާރު ބެނާ ތަކާއި ޓީސާރޓް އަދި ޕޯސްޓަރުތަށް އަދި އެހެނި ހެން ސާމާނު މިސަރަހައްދައް ވަނީ ގެނެވިފައެވެ. މުޒާހަރާ ފެށުމަށް ހަމަ ޖެހިފައިވަނީ 16:00 ގައެވެ، މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރިއަށް ދާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Posted on 2010-02-26 17:48:33 |
Report this Comment
Posted on 2010-02-26 19:45:17 |
Report this Comment
Posted on 2010-02-26 21:38:47 |
Report this Comment
Posted on 2010-02-27 11:06:11 |
Report this Comment