Muraasil

ހޯދާ

އަވަސް ހަބަރު : ރީކޯ މޫސާ މަނިކުގެ ކާރުން 168 ފުޅި ބަނގުރާ ފުލުހުން އަތުލައިގަންފި / އިކޮނޮމިކް މިނިސްޓަރު ގެ ގެކޮޅު ކައިރީ ބަޔަކު މުޒާހަރާ ކުރަމުން އެބަގެންދޭ

އިކޮނޮމިކް މިނިސްޓަރު ގެ ގެކޮޅު ކައިރީ ބަޔަކު މުޒާހަރާ ކުރަމުން އެބަގެންދޭ

އެމް.ޑީ.ޕީގެ ޕާލިމަންޓްރީ ގްރޫޕް ގެ ރައީސް އަދި ހުޅުހެންވޭރު ދައިރާގެ މެމްބަރ ރީކޯ މޫސާ މަނިކުގެ ކާރު ބަލާފާސްކުރި އިރު 168 ފުޅި ބަންގުރާ ފުލުހުންނަށް ފެނިއްޖެއެވެ. ރީކޯ މޫސާ މަނިކުގެ ނަން މަތީގައި ރަޖިސްޓަރ ކުރެވިފައި ވާ ކާރު ނަމްބަރ ޕީ 4674 ކާރުން މާފަނުގެ ގެއަކަށް ރާފުޅިތަކެއް ބާލާކަން ފުލުހުންގެ އިންޓެލިޖަންސް އަށް ލިބުމާއި ގުޅިގެން މިރޭ 11:30 އެހާއިރު ހިންގި އޮޕަރޭޝަނެއްގައެއްގައި އަތުލައިގަނެވުނު ރާފުޅިތައް ދާދި ދެންމެ އަކު ފުލުހުން ވަނީ މީޑިއާއަށް ހާމަ ކޮށްފައެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ހަތަރު ބިދޭސީ އަކު ވަނީ ގެންގޮސްފައެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި މިއަންނަ މަހުން ފެށިގެން ބަގުރާ ވިއްކުމުގެ ހުއްދަދޭން އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ނިންމެވުމާއި ގުޅިގެން މިނިސްޓަރ ހުންނަވާ ގެކޮޅު ކައިރީ ބަޔަކޫ މީހުން މިކަމާ ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުން އެބަގެންދެއެވެ. ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނޭ މި މުޒާހަރާ ރޫޅާ ލުމަށް ފުލުހުން ކަރުނަގޭސް ބޭނުން ކުރި ކަމުގައި ވިޔަސް އަދިވެސް މުޒާހަރާ ކުރިއަށް އެބަ ދެއެވެ. މުޒާހަރާ ކުރާމީހުން ގޮވަމުން ގެންދަނީ އިކޮނޮމިކް މިނިސްޓަރުގެ އިސްތިއުފާއަށެވެ.

ރީކޯ މޫސާ މަނިކް ހައްޔަރު ކުރުމަށް ގޮވާލަ ބަޔަކު މުޒާހަރާ ކުރަމުން އެބަގެންދެއެވެ. މުސާމަނިކް މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-02-24 00:40:39 | Report this Comment
ކިޔާމީހާ:

ކަލޯ ވާސަރީ ވާ. މިހާރުވެސް ވާނީ ރަނގަޅަށް ވިއްޔާ ތިޔަކަމުގައި. ރާއްޖޭން ބޭރުގައި.

Posted on 2010-02-24 01:01:56 | Report this Comment
ތުސީ:

އަމައްޔާއި!! އެއީ އަލަށް ގެނައި ޒަމްޒަމް ށިޕްމެންޓެއް.. ދޮގި ވާހަކަ ނުދައްކާ.. ދެން ލަލަލަލަލާ

Posted on 2010-02-24 01:04:25 | Report this Comment
އަލިފުޅު:

ތިޔަ އޮތީ ނިކަން ރަނގަޅަށް މަސްތުވާ ތަކެއްޗައް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމުގެ ވައުދު ފުއްދަވާދެއްވާފައެވެ. ދެން ލަލަލާ

Posted on 2010-02-24 01:33:14 | Report this Comment
ހުސްބޯ:

މުސްކުޅިބެ 30 އަހަރު ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ޑުރަގްބޯންދިންއިރު ކާލޭމެންނަށް އޯކޭ ދޯ. އޭރު ތިބީ އެބޭ ލައްވާ އެކަންކުރުވަން. މޫސަނަމުގަ ކާރުއޮތީމަ ގޯސްވީ.މިނިސްޓަރުންގެ ދިދައިގެ ދަށުގަ ޒިޔާ އައްބާސް. ކާމިނީގޭ ބަނީ، ގަލޮޅު އާގޭ ނާއިލް، ލަވަ ފައްތޭ، ފަތް ބޮއި ހެދިއިރު ކަލޭމެން ކޮބާ؟
އަޅުގަނޑު: އެކަން ކަން ކަމުނުގިސްގެން ސަރުކާރު ބަދަލުކުރީ އަދި އެބޭ ވަނީ ސިޔާސީ ކަންކަމުން ދުރުގައި ކަމެއް ގޯސްވާއިރަށް 30 އަހަރުގެ ވާހަކަ ދެއްކީމަ މިސަރުކާރު ރަގަޅުވީތަ
ކިއުއެސް: މުސްކުޅިބޭ ބޭލީ ތިޔަ ހުރިހާކަމެއް ވަގަށް ސިއްރުން ކުރަމުންދާތީއެވެ. ދެން އެކަން އިސްލާހުރަން ބަޔަކާއި ހަވާލު ކުރީމާ އެމީހުންވެސް ކުރީ މިހެންނޭ ބުނެ ލެއްވީހާ ލެއްވި ފާފައަކައި މުންކަރާތްތަކެއް އާއްމު ކުރުމަކީ އެއްވެސް އިޚްލާސް ތެރިކަމެއް ނެތްކަމެވެ.
ނނ: ދެން މައްސަލައެއް ނެތެވެ. މޫސާމަނިކުފާނުގެ ކާރު ކޮޅުން ރޭގައި އެފެނުނު ވިލާތު ސަރުބަތުގެ ބަލަދު ވެރިއަކަށް ވާނޭ މީހަކު ނެއްތާއެވެ... ދެން އެކަމަކީވެސް ނުވާ، ނުހިނގާ ކަމަކަށް ހަދާފަ، ކޮފީ އަކަށް ދަމާ ހިނގާށެވެ.

Posted on 2010-02-24 02:45:27 | Report this Comment
ކިއުއެސް:

ރީކޯ މޫސާ މަނިކު ފައިސާ ގިނަވެ މުއްސަދިވެ ތިޔަ މަޖިލީހަކަށް ފުރަތަމަ ވަނީވެސް ރަލާއި ޑްރަގްގެ ވިޔަފާރި ވަގަށްކޮށް އެއިން ލިބުނު ފައިދާއިންނެވެ. މިއީ ގިނަބަޔަކު ދަންނަ ކަމެކެވެ. ތިމަން މީ ރައްޔިތުނަށް ހެޔޮގޮތް ހޯދައިދޭން އުޅޭ މީހެކޭ ކިޔާ ޕޯޑިއަމް ތައްކައިރީގަޔާއި ސްޓޭޖްތަކުގައި ވާހަކަ ދައްކާކަށް ލަދެއް ޙަޔާތެއްވެސް ނެތެވެ. އެމް.ޑީ.ޕީގެ ބޮޑުންނަށް ހައްތަހާ ތިބީ މިކަހަލަ މީހުނެވެ. އިސްލާމްދީނެއް ކިޔައިގެން ވާހަކަދައްކަން ލަދު ގަންނަން ޖެހޭނެއެވެ.
ޙުސޭނު: މަނިކާ ރޯއްޖާ ކިއުއެސް ނަމުގައި ތިބާވަރުގެ ވާހަކަ ދެއްކަން ނިކުތީ މަނިކާގެ އަމިއްލަ ނަމުގައި ނިކުން ލަދުގަތީބާ! މިރާއްޖޭގައި އެންމެނަކީ އެކަހަލަ މީހުންނެއް ނޫނެވެ. ކަލޯގެ ބަފާއިން ފެށިގެން ބަލާލިއަށް ރަރަގަށް މީހުން ފެނިގެން ދާނެއެވެ. ދީނޭ ކިޔައިގެން ވާހަކަ ދައްކަން ލަދުގަންނަން ނުޖެހޭ އެކަކުވެސް މިރާއްޖޭގައި މަދުވާނެއެވެ. ރީކޯމޫސަ އެއްޗެއްކަން ކަށަވަރުނުވެ މޫސަގެ ކާރެއް ކީއްކުރަން މޫސަ ބާލާ އެއްލާލާފައި ޖަނގިޔާއެއްގެ ދަށުންރާފުޅިތަކެއް ފެނުނަސް އެއީ އަކީ އަދި މޫސަ ނަގާ ވެލީގައި ލާންޖެހޭވަރުގެ ކަމެއްނޫނެވެ. އެކަން ކުރަން އޮންނަނީ ކަލޭމެން އަމިއްލައަށް ހަދައިގެން އުޅޭ ދީނެއްގައެވެ.
ކިއުއެސް: ހުސޭނާއެވެ. އަހަރެން މިފައުޅު ކުރަނީ އަހަރެންގެ ޚިޔާލެވެ. އެކަމާ ކަލޭ ދޮންބޮޑުވެ ގަޔަށް ހިނި އަރައިގެން އުޅުމުގެ މާބޮޑު ބޭނުމެއް ނެތެވެ. އެއީ މޫސަ ޒިންމާ ނަގަން ނުޖެހޭ އެއްޗެއް ކަމުގައި ކަލޭ ނޫސް ކޮންފަރެންސެއް ބާއްވާ ހާމަ ކުރަން ވީ ނުންހެއްޔެވެ. ނޫނީ އޭގެ ޒިންމާ ކަލޭ ނަގަން ވީ ނުންހެއްޔެވެ!

Posted on 2010-02-24 03:46:40 | Report this Comment
އަހަންމަދު:

ރާ ވީމަ މައްސަލެއްތާދީ. އެކަމު އެ ބޯ ފަތާއި ހަކުރު އެއީ ހުއްދަގެ ދަށުން ދޫކޮށްގެން ބޯ އެއްޗިހި ހެއްޔެވެ. ރާ ވިއްކާ ރާބޮއި ހެދުމަށް އަހަރެން ތާއީދު ކުރަމެވެ. އެ ނުބޯމީހާކު ގަދަކަމުން އެޅިޔަސް އެ ނުބޯނެއެވެ. ބޯން ބޭނުންމީހަކު ހުރިތާކުން ހޯދައިގެން ބޯނެއެވެ. އެއީ ކަންތައް ވާނެގޮތެވެ. މިހާރުވެސް ރާއްޖޭގައި ތިބި މުސްލިމުންގެ ލިސްޓެއް ހަދާށެވެ. އޭގަ ކަނޑައެޅިގެން ނުޖެހޭނެ އެތަށްބައެއް އުޅޭނެއެވެ. އެމީހުންގެ ގައުމުވީމަ އެމީހުން ރާބޯންބޭނުންވީމަ ބޮވެންޖެހޭނެއެވެ. އެއްވެސްމައްސަލައެއް އޮތް ކަމެއް ނޫނެވެ.

Posted on 2010-02-24 06:54:32 | Report this Comment
ބީރުބޯ:

ކަލޯ ހުސްބޯ، އޭރުގެ ވެރިކަން ކަމު ނުގޮސްގެންނޭ މިހާރު މިހިރަ ބުރާންތި ވެރިކަމަށް އެރުވީ. ދެން ހަމަ މައުމޫން މިހެންނޭ އެހެންނޭ ކިޔާފަ މި ބުރާންތި އެހެން އުޅެކަށް ނުޖެހޭނެ. އަހަރެމެން ބޭނުންވަނީ ހެޔޮ ވެރިކަމެކޭ. ވެދިޔަކަންތައް ބަހައްޓާ. އެކަންތަކެއް އިޔާދައެއް ނުކުރެވޭނެ. އަހަރެން ނުބުނަން މައުމޫން ރަނގަޅެކޭ. މައުމޫން ކަމުނުގޮސްގެން ވެރިކަމަށް އެރުވީ އަންނި. ދެން އެހެންވީމަ އަންނި ޖެހޭނީ ރަނގަޅަށް ވެރިކަންކަުރަން. ކޮންމެހެން މައުމޫން ހުދުމުހުތާރޭ ކިޔާފަ ދެން އަންނިވެސް ހުދުމުޚުތާރުވާން ޖެހޭތަ؟ މިހާރުން މިހާރަށް މިކަހަލަ ކަންތައް (ރާވިއްކުން ކަހަލަ) ހުއްދަކޮށް ހަށިވިއްކުން ހުއްދަކޮށް، މަސްތުވާތަކެއްޗާށް ހުޅުވުނު ދޮރުތައް ބަންދުކުރުމުގެ ބަދަލުގައި އެދޮރުތައް ތަޅާލައި ހަދަންޏާ މިހާރުން މިހާރަށް އަންނި އިސްތިއުފާ!!!!!!!!!!

Posted on 2010-02-24 07:11:33 | Report this Comment
ލާޗާރު:

މޫސައަކީ ރަލާ ވަރަށް ދޯޅު މީހެއް، މުށިމަސް މިގިލީގަ އަހަރުމެން ކުރިމަތީގަ އޭނަގެ އުޅުން ވަނީ ވަރަށް ރީތިކޮށް ފެނިފައި،

Posted on 2010-02-24 07:58:00 | Report this Comment
ހުސޭނު:

އެއި އެރަށުގައި އެދުވަސްވަރު މަވެސް އުޅުނީމެވެ. ލާޗާރު އުޅުނީ ކިހިނެއް ހެއްޔެވެ.

Posted on 2010-02-24 08:43:44 | Report this Comment
ކަދީ:

ތިޔައީކީ އަލަކަށް މި ރާއްޖޭގަ ވެގެން އުޅޭކަންތަކެއް ނޫނޭ.އެހެން ވީމަ ކޮންހާ ވަރެއްތަ މި ވަނީ މި މީހުނަށް

Posted on 2010-02-24 10:08:09 | Report this Comment
އެންޓަރ:

ފަތިސްހަދުވަރު 3 ކޭ އެއީ....މޮޔަތަ ކަލޭމެން

Posted on 2010-02-24 12:45:23 | Report this Comment
އަމިންބެ:

މައްސަލަޔަކަށްވެގެން މި އުޅެނީ ރާ ވިއްކުމުގެ ޤަވައިދެއް ވެބްސައިޓެއްގަ ޝާއިޢް ކުރީމައެވެ. އެ ޤަވާޢިދު ޝާއިޢް ނުކޮށް ރިސޯޓްތަކުގައި ރާ ވިއްކާއިރު ކުޑަ ރަށެއްގެ އާބާދީއަށްވުރެ ގިނައިން މުސްލިމް ދިވެހިން މަސައްކަޔްކުރާ ރިސޯޓްތަކުގައި ރާ ވިއްކާ އެ ރަށުގައި ރާބޮއި މާލެ އަމްނަމުން ރާ ގެނަސް ވިއްކިޔަކަސް އެއީ މައްސަލައެއް ނޫންތޯއެވެ

Posted on 2010-02-24 15:08:34 | Report this Comment
ނާނު:

ޑިރާރުޕީ މީހުން މޫސަ ކާރައް ފުޅިއެރުވީ..ވެރީ ބޭޑް ޕީޕަލް..

Posted on 2010-02-24 15:55:23 | Report this Comment
ކެޔޮޅު:

ކަމެއްވާ އިރަށް އެކަމުގެ ދޮގުތެދު ނުބަލާ ވާހަކަ ފެތުރުމަކީ ކުރެވޭ ވަރަށް ބޮޑުފާފައެއް. ހަމަ ނުވިސްނެނީބާ!!

Posted on 2010-02-24 15:56:36 | Report this Comment
ޙަކީމްބެ:

މުސްކުޅިބެ ބޭލީ ހެޔޮ ބަދަލަކަށް، ވެވަޑައިގެންފައިވާ ވަޢުދުތަކުގެތެރޭގައި މަސްތުވާ އެއްޗިއްސަށް ހުޅުވިފައި ހުރި ދޮރުތަށް ބަންދުކުރުންވެސް ހިމެނޭ. މަޖިލިސް މެމްބަރަކު ވިދާޅުވިހެން ދޮރުތަށް މަންދުކޮށްފަ ފާރު ތަށް ވައްޓަނީ މިހާރު އެ. ރައީސް ވިދާޅުވި ދީނީ ކަންތަށް ނިންމާނީ ދީނީ ކަންތަކާ ބެހޭ ފަރާތުންނޭ، ތިމަންނާ ކަންތަށް ނިންމާނީ އެމީހުނާ ވާހަކަ ދައްކާފައޭ، ރައްޔިތުންގެ ވެރިކަމުގަ ރައްޔިތުންނާ އިދިކޮޅަށް ކަންތަށް ނިމެމުން މި ދަނީ

Posted on 2010-02-24 22:59:28 | Report this Comment
އަނީ:

މޫސަމެން މޮޅު ވާހަކަ ދައްކާނެ ހުރެބަލަ ތިޔަކަމާވެސް ހަވާލެއްނުވާނެ ތީކޮންބައެއް. . . .

Posted on 2010-02-25 00:15:18 | Report this Comment
ރީކޯ މޫސަ:

ތިޔައީ މަދެނަހުރި ކަމެއްވެސްނޫން އެހެންނޫނަސް ދިވެހި ހުރިހާ ރައްޔިތުންނަށް އެނގޭނެ މައެކަހަ ކަމެއްގެ ނުބެދޭނެކަން ތިވާނީ ތި 04 ބަންގާޅީންނަށް އޮޅިގެން މައުމޫނު ކާރަށް އަރުވަން ބުނީމަ މަގޭ ކާރަށް އެރުވުނީކަމަށް މަދުވަހަކުވެސް ރަލެއްނުވެސްދެކެން ޓީވީން އަދިކިރިޔާ ފުޅިއެއްވެސް މިފެނުނީ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009