ރާއްޖެއިސްލާމް ޑޮޓް ކޮމް
http://www.raajjeislam.com
  • ޝާއިޢުކުރި ތާރީޚް: 23 02 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 136
  • މޯބައިލް ލިންކު: m.muraasil.com/5722

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ބަނގުރާ ވިއްކުމުގެ ހުއްދަ ދޭގޮތަށް ސަރުކާރުން ނިންމައިފި.

އަންނަ މާޗުމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭގޮތަށް ސަރުކާރުން ނިންމައިފިއެވެ. މިނިސްޓަރ އޮފް ސްޓޭޓްފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ޢާދިލް ބުނިގޮތުގައި މިނިސްޓްރީއިން އެކުލަވާލި ޤަވާޢިދަށް މާޗު 1 ކުން ފެށިގެން ޢަމަލުކުރަން ފެށޭނެއެވެ. އެޤަވާޢިދު މިހާރު އެމިނިސްޓްރީގެ ވެބްސައިޓުގައި ހިމަނާފައިވެއެވެ.
ރާއްޖޭގެ 50 އަކަށް މަދަނީ ޖަމްޢިއްޔާތަކާއި އިސްލާމިކްމިނިސްޓްރީއާއި ، ރާއްޖޭގެ ހުރިހައި ދީނީ ޢިލްމުވެރިން އެކަމާ އިދިކޮޅަށް އަޑު އުފުލަމުންގެންދަނިކޮށް ސަރުކާރުން ބަނގުރާ ހުއްދަކުރިކުރުމަކީ ދިވެހިރައްޔިތުންގެ އިޙްސާސްތަކަށް މިސަރުކާރުގެ އެއްވެސް ފަރުވާލެއް ނެތްކަން ހާމަކޮށްދޭކަމެކެވެ. އަދި ޑިމޮކްރަސީގެ ނަމުގައި ސަރުކާރުންދައްކާ ބަހަނާތަކަކީ އެއްވެސް ތަކުންތާކުޖެހޭ އެއްޗެއްނޫންކަން މިއަދު މިވަނީ ވަރަށް ބޮޑަށް ސާބިތުވެފައެވެ.
Raajjeislam.com

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-02-23 21:56:28 | Report this Comment
މުސލިމު:

މީހުން ދިރި އުޅޭ ރަށްތަކުގައި ރާވިއްކަން ހުއްދަ ދިނުމާ ގުޅިގގެން ބޭއްވޭ މުޒާހަރާ އެއް 26 ފެބުރުއަރީ2010 ވާ ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު އާޓިފިޝަލް ބީޗްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި. ވީމާ ވީހާ ގިނަބަޔަކު މިމުޒާހަރާ ގައިބައިވެރިވެވަޑައި ގަތުމަށް ދަންނަވަން.

Posted on 2010-02-23 22:03:42 | Report this Comment
މީމު:

ބަނގުރަލުގެ މިނިސްޓުރީގެ އިސްވެރިން ދެން ބަލަންތިބޭ. އަހުރަމެން މި ނިކުންނަނީ ..

Posted on 2010-02-24 04:52:53 | Report this Comment
އެމް އައި އަލީ:

ފެނުނީމަ ބޮވަނީތަ؟ ކޮބާ އީމާންތެރިކަން.....އޮރިޔާން ނިވާނުވާ އަންހެން ހެދުން ރާއްޖެ އެތެރެކުރުން މަނާކުރަން ނޫޅެނީ ކީއްވެ؟

Posted on 2010-02-24 06:49:27 | Report this Comment
ލާޗާރު:

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހަރާމް ކުރެއްވި ބަނގުރާ ނުވިއްކިއްޔާ ޓުވަރިޒަމް ކުރިއަށް ނުގެންދެވޭނީތޯ؟ސަރުކާރުގެ ބޮޑުންނަށް ތިއްބެވި ބޭބޭފުޅުންނަކީ ބަގުރަލަށް ދެވިހިފާފަ ތިބި މީހުން، ހޮލިޑޭ އިން މާލެ ގެސްޓްހައުސް އަށް އަންނަ ޔޫރަޕުގެ ގެސްޓުން އަންނަނީ އެތަނުން ރާލިބޭނެ ކަމަށް ބަލާފައެއްނޫން، އެމީހުންނަށް އެގޭ ރާއްޖެ އަންނަ އިރު މީ މުސްލިމްގައުމެއްކަން، މިގައުމުގައި އާންމުންގެ ތެރޭ ރާބުއިމަކީ މަނާކަމެއްކަން، އެމީހުނަށް އެގޭ ހޮލިޑޭއިން މާލެއިން ރާބޯން ނުލިބުނަސް ދާން އޮތް ރިސޯޓުން ބޭނުންވަރަކަށް ރާބޯންލިބޭނެކަން، މިކަން ނުވިސްނިގެން،ދީނުގައި ކަނޑައެޅިގެން ހަރާމް ކަމެއް ހުއްދަކުރަން މިއުޅެނީ މިއަދުގެ ސަރުކާރުގެ އިސްވެރިން،އަހަރުމެން މިސަރުކާރަށް ވޯޓް ދީ އަދި މިސަރުކާރުގެ މެމްބަރުންނަށް ވޯޓް ދިނީ ވަރަށް ފޮނި އުންމީދު ތަކަކާއެކު، އެހެންނަމަވެސް ކާފިރުންގެ ހައްގުގައި ސަރުކާރުން ރައްޔިތުންގެ ހައްގުގައި މިވަނީ ކޮޅުފައިން ޖަހާފަ،ހިތާމަ ހުރި،،

Posted on 2010-02-24 07:37:35 | Report this Comment
ދީދީ:

mirWacjEgwai mIhunc diriauLE rwSctwkugwai rwscmI gotunc rWvikiackunc huacdw kurI aemcDIpI swrukWrunc neve.awdi rWacjEge ginw dInI ailcmu verinc himenE siyWsI pWTI aeac kwmwScvW awdWlwtupWTI himeni fwai vwnI miswrukWrugwaeve. aemcDIpI swrukWrunc mikwnc bwdwlu nukoScfinwmw awdWlwtupWTI swrukWrugwai bwaiverivegenc tibumwkI Ailcmuverincge nwmugwai tibegenc aisclWmcdInwSc furwacsWrw kurumeve. awdi mimujutwmwAu fwsWdw kurumugwai rW viackwnc huacdw dinc mIhuncnwkE twfWteac neteve. aehenckwmunc mifuruswtugwai awdWlwtupWTI swrukWrunc vwkivumwSc govWlwnc.

Posted on 2010-02-24 12:16:47 | Report this Comment
ފާއިޒު:

ގެޒެޓޭ ޤަވާއިދޭ...ތިއީ ސަރުކާރުން ކުއްލިއަކަށް ހެދި ބޮޑު މަކަރެއް އަދިވެސް ހުއްދަ ދޭނެ. ތިއީ ކޮންބަޔެއް. އިސްލާޙް ކުރަނީއޭ ކުރިން ބުނި. އެކަމަކު ހަމަ އެހުރިގޮތަށް ނެރުނީ. ތިކަން ހައްލުވާނީ ހޮލިޑޭއިންނަށް ބަޔަކުވަދެ ލޫޓުވާ ތިތަނުން ގެސްޓުންނެރެ ހައްޔަރު ކުރީރުން. އަދި ހަކަތައާއި ޔަމަހާ ޝޯރޫމްގައި ރޯކޮށްލީމަ. ސާފުބަހުން ނޭގެންޏާ ދެން ޖެހޭނީ މިހެން ހަދަން. ސަރުކާރަކީ މިކަމަށް ބޮޑުވައްދެއް ވީބަޔެއް. މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތަކޯ. ކިހާ ބޮޑު މުސީބާތެއް..މިހާރު ތިއޮތީ ވައުދާއި ޚިލާފުވެފަ. ދެން ތެދެއް ނުހެދޭނެ. އަހަރެމެން އެއްވެސް ބަހަނާއެއް ޤަބޫލެއް ނުކުރާނަން. އެމީހެއްގެ ސަލާމަތް އެމީހަކު ހޯދާ. ﷲއަކްބަރު! ﷲއަކްބަރު! ﷲއަކްބަރު!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.