އިނގުރައިދޫ ކައުންސިލަރ އަލްފާޟިލް މުހައްމަދު ނިޒާމް ވަޒީފާއިން ވަކިކުރަން އުޅޭކަމުގެ މަޢުލޫމާތު އިނގުރައިދޫލައިވްއަށް ލިބިއްޖެއެވެ. އެމް.ޑީ.ޕީ އޮފީހުގައި ވަޒީފާ އަދާކުރައްވާ ބޭފުޅަކު ވަނީ މިކަން ޔަގީން ކޮށްދެއްވާފައެވެ. އެބޭފުޅާ ހާމަ ކުރެއްވިގޮތުގައި މުހައްމަދު ނިޒާމް ވަކިކުރަނީ އިނގުރައިދޫގައި އެމް.ޑީ.ޕީ އަށް ތާއީދުކުރާ މީހުންގެ އެދުމުގެ މަތިންކަމަށެވެ. އަދި ވެސް ވިދާޅުވީ މިހާރުވާނީ މުހައްމަދު ނިޒާމްއަށްވެސް ވަޒީފާއިން ވަކިކުރަންއުޅޭކަން އަންގާފައި ކަމަށާއި އަދި ވަޒީފާއިން ވަކިކުރުމުގެ ހުރިިހާ ކަމެއް ހިނގަމުންދާކަމަށްވަނީ ވިދާޅުވެފައެވެ. މަޤާމަކީ ރައީސުލް ޖުމްހޫރިއްޔާ ދެއްވާފައިވާ ސިޔާސީ ވަޒީފާއެއް ކަމުން ވަޒީފާއިން ވަކިކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ ހުއްދަބޭނުންވާ ކަމަށްވަނީ ވިދާޅުވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިނގުރައިދޫގައި އެމް.ޑީ.ޕީއަށް ތާއީދުކުރާ މީހުން މުހައްމަދު ނިޒާމް ކައުންސިލަރ ކަމުން ވަކިކުރަން މަސައްކަތް ކުރަނީ މުހައްމަދު ނިޒާމްގެ ފަރާތުން ވަޒީފާއާއި ހަވާލުވިފަހުން އިނގުރައިދޫގެ އެއްވެސް ކަމެއް އިސްލާޙް ނުވާތީއާއި އަދި އެބޭފުޅާ ކައުންސިލަރ އަކަށް ހޮވުނު ފަހުން އިނގުރައިދޫގެ އަވަށުވާދަވެރިކަން ކުރިޔަށްވުރެ ބޮޑަށް އުފެދިފައިވުމާއި އަދި އިނގުރައިދޫގައި ހިނގަމުންދާ އެންމެހާ ކަންތައްތަކުގައި އެކަށީގެންވާ ރަގަޅު ނިންމުންތައް ނިންމިފައި ނުވާތީއެވެ.
Posted on 2010-02-17 12:45:04 |
Report this Comment
Posted on 2010-02-18 03:12:18 |
Report this Comment