އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 16 02 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 164
  • މޯބައިލް ލިންކު: m.muraasil.com/5624

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އިނގުރައިދޫ ސްކޫލްގެ ޕްރިންސިޕަލް އިނގުރައިދޫއިން ފުރައިފި

އިނގުރައިދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އަހްމަދު މުހައްމަދު އިނގުރައިދޫ އިން ފުރައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އިނގުރައިދޫއިން ފުރާފައިވަނީ އިނގުރައިދޫ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އޭނާއާއި މެދު ނުރުހުންފާޅު ކުރަމުންދާތީއެވެ. ރޭގައި އިނގުރައިދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އަހްމަދު މުހައްމަދު ދިރިއުޅެމުންދާ ގޭދޮދަށް އެއްވެ ނުރުހުންފާޅުކޮށްފައެވެ. އިނގުރައިދޫލައިވްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދު މުހައްމަދު ފުރާފައިވަނީ ރޭގެ ދަންވަރު 2.30 ކަށްހާއިރުއެވެ. މިކަމާއި ގުޅޭގޮތުން އިނގުރައިދޫ ސްކޫލްގެ ސުޕަވައިޒަރެއް ކަމުގައިވާ އަލްފާޟިލާ މަޢުސޫމާ ހުސެއިން ވިދާޅުވީ އޭނާއަށް ވެސް ޕްރިންސިޕަލް ފުރިކަން އެނގިފައިވަނީ ހެނދުނު ސްކޫލަށް އައުމުން ކަމަށެވެ.

މީގެ ދުވަސްތަކެއް ކުރިން އިނގުރައިދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އަހްމަދު މުހައްމަދު ސްކޫލަށް ގަޑިޔަށް ހާޟިރު ނުވާތީވެ ޕުރޮވިންސް އޮފީހުގައި މައްސަލަ ޖައްސާފައެވެ. އަދި މިކަމާއި ގުޅޭގޮތުން ޕުރޮވިންސް އޮފީހުގައި ތަޢުލީމީ ދާއިރާއާއި ހަވާލުވެގެން ހުންނެވި އަލްފާޟިލް އަލީ ރަޝީދުވަނީ އިނގުރައިދޫ އޮފީހުގެ މުޢައްޒަފަކަށް ގުޅާ މިކަން ހިނގާގޮތް ސާފުކޮށްދިނުމަށް އެދިފައެވެ.

އިނގުރައިދޫލައިވްއަށް މަޢުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅެއްކަމުގައިވާ އަލްފާޟިލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އަހްމަދު މުހައްމަދު އިނގުރައިދޫއިން އެއްވެސް އެއްޗެއް ނާންގަވާ ފުރިކަމުގެ އެއްވެސް މަޢުލޫމާތެއް އެޑިޔުކޭޝަން މިނިސްޓްރީއަށް ޕުރޮވިންސް އޮފީހުންއަންގާފައި ނުވާކަމަށެވެ. ޕުރޮވިންސް އޮފީހުގެ އެޑިޔުކޭޝަންދާއިރާގެ އެންމެ އިސްވެރިޔާ އަލްފާޟިލް އަލީ ރަޝީދު މިވަގުތު ހުންނެވި ޗުއްޓީގައެވެ. އަދި ވަގުތީގޮތުން ހިންގުމާއި ހަވާލުވެގެން ހުންނެވި އަލްފާޟިލް މުހައްމަދު ހުސެއިން ހުންނެވީމާލޭގައެވެ. ޕްރިވިންސް އޮފީހުގައި އުޅުއްވާ މުހުސިން ވިދާޅުވީ މިކަން ހިނގާދިޔަ ގޮތުގެ މަޢުލޫމާތު ހޯދުމަށް އެބޭފުޅުން ޕްރިންސިޕަލް އާއި ގުޅައިގެން މަސައްކަތް ކުރަމުންގެންދާކަމަށެވެ. އަދި އިތުރަށް ވިދާޅުވީ ކަންތައް ހިނގާދިޔަ ގޮތް ލިޔުމަކުން އޮޅުން ފިލުވާދިނުމަށް އެދި އިނގުރައިދޫ ސްކޫލްއަދި އިނގުރައިދޫ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.