ޖާވީޝް ހަމީދު

  • ޝާއިޢުކުރި ތާރީޚް: 07 01 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 657

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޖެނުއަރީ 15ގައި ހިފާ އިރުކޭތަ ރައްކާތެރިކަމާއި އެކު ބަލާނެގޮތް

މިމަހުގެ 15ގައި ހިފާ އެނިއުލާ އިރު ކޭތައަކީ ކުރިއަށް އޮތް ސާސްކަފުގައިވެސް ފެންނާނެ އެންމެ ދިގު މިފަދަ ކޭތައެވެ. އަދި ކަންދިމާކުރާ ގޮތުން ދިވެހި ރާއްޖޭގެ މެދުތެރޭގެ ބައެއް ރަށްތަކާއި ވެރިރަށް މާލެ ހިމެނެނީ 10 މިނެޓް 45 ސިކުންތަށް ފުރިހަމައަށް ހިފާފައި ހުންނާނެ މިކޭތައިގެ މައި މަގުގައެވެ. އިރުގެ ކުރިމަތިން ހަނދު ހުރަސް ކުރަންފަށާ ކޭތަހިފަން ފަށާނީ ހެދުނު 10:15 ގައެވެ އަދި ނިމޭނީ މެންދުރު 2:23 ގައެވެ. ސީދާ އިރުގެ ކުރިމައްޗަށް ހަނދު އަރާފައި ހުންނާނީ މެންދުރު 12:20 އާއި12:31 ދެމެދުއެވެ. މިވަގުތު ކޭތަ ފެންނާނީ އަނގޮޓިއެއް ސިފައިގައިވާ އަލި ބުރެއް ފަދައިންނެވެ.

ގުދުރަތީގޮތުން ދިމާވާ ކަންތަކުގެ ތެރެއިން ޚާއްސަ ކަންކަމުގެ ތެރޭގައި ހިމެނޭ މިކޭތަ ބެލުމުގައި ލޮލަށް ރައްކާތެރިގޮތުގައި ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ހަމަ ލޮލުން އެއްވެސް އިރެއްގައި ސީދާ އިރާ ދިމާއަށް ބެލުމަކީ ލޮލަށް ތަފާތުވަރުގެ ގެއްލުން ލިބިދާނެ ކަމެކެވެ. ލޯ އަނދިރިވުންވެސް ދިމާވެދާނެކަމެކެވެ. އެކްރޭ ކަރުދާސް، އަވިއައިނު އަދި ސާފުކުރި ފިލްމު ބޭނުންކޮއްގެން އިރާއި ދިމާލަށް ބެލުންވެސް އެއީ ރައްކާތެރިގޮތެއް ނޫނެވެ. ވީމާ، މިކޭތަ ރައްކާތެރިކަމާއި އެކު ބެލުމަށް އެދޭ ފަރާތްތަކަށް މިކަންކުރާނެ ގޮތްތައް ދެނެގަތުން މުހިންމެވެ.

ރައްކާތެރިކަމާއި އެކު އިރަށް ބެލޭނެ ގޮތްތަކަކީ:
- ތިނޯސްވަޅު ޕުރޮޖެކްޓަރެއް ބޭނުންކޮއްގެން
ތިނޯސްވަޅު ޕުރޮޖެކްޓަރު (ޕިންހޯލް ޕުރޮޖެކްޓަރު) އަކީ ވަރަށް ފަސޭހައިން ހެދޭނެއެއްޗެކެވެ. މީތި މަސައްކަތްކުރާގޮތަކީ ކުޑަ ކުޑަ ލޯވަޅެއްގެ އެހީގައި އިރުގެ މަންޒަރު އެއްޗަކައް އަޅުވައިގެން އެމަންޒަރުބެލުމެވެ.

- އިރު ފިލްޓަރު ކަރުދާސް (ސޯލާ ފިލްޓަރެއް) ބޭނުންކޮއްގެން
އިރު ފިލްޓަރަކީ ލޮލަށް ފޯރާ އިރުގެ އަލި ވަކި މިންގަޑަކަށް ހިފަހައްޓުމަށް ޚާއްސަ އެއްޗަކުން ހަދާފައި ހުންނަ އެއްޗެކެވެ. މީތި އިރުގެ އަދި އިރުކޭތައެއްގެ ފޮޓޯނެގުމަށް ކެމެރާއެއްގައިވެސް އެޅުވޭނެއެވެ.

- ވެލްޑްކުރާއިރު ބޭނުންކުރާ މޫނުމަތި ބޭނުންކޮއްގެން
ވެލްޑުކުރާއިރު ބޭނުންކުރާ މޫނުމައްޗަކީވެސް އިރު ފިލްޓަރެއް ފަދައިން ލޮލަށް ފޯރާ އަލި ވަކި މިންގަޑެއްގައި ހިފަހައްޓާ އެއްޗެކެވެ. މީގެ މޫނުމައްޗެއް ލިބެން އޮތްނަމަ ރައްކާތެރިކަމާއި އެކު އިރުކޭތަބެލޭނެއެވެ.

- ފުލޮޕީ ޑިސްކެއް ނޫނީ ބޯ އެލުމިނިއަމް ފަށަލައެއް ލާފައިވާ ސީޑީއެއް ބޭނުންކޮއްގެން
ފުލޮޕީ ޑިސްކުގެ އެތެރޭގައިވާ މައުލޫމާތު ރައްކާކުރާ ގަދަ މުށި ނޫނީ ކަޅު ކުލައެއްގައި ހުންނަ ކަރުދާސްގަނޑަކީވެސް އިރުކޭތަބެލުމަށް ރައްކާތެރިކަމަށް ބުނާއެއްޗެކެވެ. ސީޑީތަކުގެ ތެރެއިން ވަރުގަދަ ބޮތްކަކާއި ދިމާލަށް ދިއްކުރުމުން ބޮކީގެ ދިއްލިފައި ހުންނަ ނަރުކޮޅު ނުފެންނަވަރުގެ ބޯ އެލުމިނިއަމް ފަށަލައެއް ލާފައި ހުންނަ ސީޑީއަކީވެސް ރައްކާތެރިކަން ފޯރުކޮއްދޭ އެއްޗެކެވެ. ނަމަވެސް މިތަކެތިން ފެންނަ އިރުގެ މަންޒަރު ފުސްވެފައި އެހާ ރީތި ނުވެދާނެއެވެ.

މަތީގައި ބަޔާންކޮއްދީފައި ގޮތްތަކުގެ ތެރެއިން ގިނަ ދިވެހިންނަށް އެންމެ ފަސޭހަގޮތަކަށް ވާނީ ތިނޯސްވަޅު ޕުރޮޖެކްޓަރެއް ހަދައިގެން ބޭނުންކުރުމެވެ. ތިނޯސްވަޅު ޕުރޮޖެކްޓަރަކީ އާންމު ގޭތެރެއިން ނޫނީ ފިހާރައަކުން އަގުހެޔޮކޮށް ލިބޭނެ ދެތިން އެއްޗެއް ބޭނުންކޮއްގެން 5 މިނެޓެއްހާއިރު ތެރޭ ހެދޭނެ އެއްޗެކެވެ. މިލިޔުމާއިއެކު އެވާ ވީޑިއޯގައި ތިނޯސްވަޅު ޕުރޮޖެކްޓަރެއް ހަދާނެގޮތް އަޅުގަނޑު ދިވެހިން ކިޔައިދީ ދައްކައިދީފައިވާނެއެވެ.

ބޭނުންތެރި ފާލަންތައް:
ރައްކާތެރިކަމާއި އެކު އިރުކޭތަ ބެލުން (ނާސާ)
ޕިންހޯލް ޕުރޮޖެކްޓަރެއް ހަދާނެގޮތް (މޯލްޑިވްސް ސައިންސް ސޮސައިޓީ)

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-01-07 09:04:00 | Report this Comment
އެންޓި:

މިލިންކަށް ޒިޔާރަތް ކޮށްލައްވާ! http://www.muraasil.com/details/view/8/5126

Posted on 2010-01-07 11:10:03 | Report this Comment
ރާޅުމޯޑު:

އިރު ފޯކަސް ކުރަން ނުޖެހޭނެ ބާ؟ ލޯވަޅު ގެ ސައިޒަށް ބަލާފަ ފަހަރުގަ އިރު ފުސް ކޮށް ފެނިދާނެބާ އޭ ހިތަން އަރާ.

Posted on 2010-01-07 14:19:48 | Report this Comment
އިސްއަފު:

އިރުކޭތަ ހިފާފައި ހުންނަތަން ބެލުމަށް ވުރެ މުހިއްމީ ކޭތަ ނަމާދު ކުރުން އިރުކޭތަ ބެލިކަމުގައި ވިޔަސް ކޭތަ ނަމާދު ކުރުމަށް ވަސިއްޔަތް ކުރަން އެހެނީ ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މިކަމަށް އިރުސާދު ދެއްވާފަ. އަދި ކޭތަ ހިފާ ފައި ހުންނަ އިރު އިރަށް ބެލުމުން ލިބޭގެއްލުންވާނަމަ ލިބޭގެއްލުންތަކުގެ މަޢުލޫމާތު އިތުރަށް ބަޔާންކޮށްލަދިނުން ވަރަށް ރަނގަޅު

Posted on 2010-01-08 03:56:00 | Report this Comment
ލކ:

http://www.islam-qa.com/en/ref/5901 http://www.islam-qa.com/en/ref/6111 ކޭތަ ނަމާދު.

Posted on 2010-01-08 22:06:08 | Report this Comment
ނަވީން:

ކޭތަ ހިފުމަކީ ބިރުން ނަމާދު ކުރަން ފަށަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އިޓްސް ޖަސްޓް އަ ހާމްލެސް ސެލެސްޓިއަލް ޝެޑޯ ޓްރިކް. ޖަސްޓް ވޮޗް އެންޑް އެންޖޯއި އިޓްސް ބިއުޓީ އިންސްޓެޑް އޮފް އިންޑަލްޖިންގް އިން ސުޕަރސްޓިޝަލް ރިޗުއަލްސް.

Posted on 2010-01-14 08:42:22 | Report this Comment
ރަފް:

ނަވީން އަކީ ޣައިރު މުސްލިމެއްތަ؟

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.