ޑިސެމްބަރު 31، 2009 ގައި ހިފާ ހަނދުކޭތަ ދިވެހި ރާއްޖެއަށް ފެންނާނެ
މި ޑިސެމްބަރު މަހުގެ 31ގައި ހިފާ ބައި ހަނދުކޭތައަކީ ރާއްޖޭގެ ރަށްތަކަށް ފެންނާނެ ކޭތައެކެވެ. ނަމަވެސް ދުނިޔޭގެ މައި، ނުވަތަ"އަންބްރަލް"، ހިޔަނީގެ ތެރެއަށް ހަނދު ވަންނަނީ ވަރަށް ކުޑަކޮށްކަމުން މިކޭތަ ފެންނާނީ ވަރަށް ކުޑަކޮށެވެ. ހަނދަށް ބަލަހަށްޓައިގެން ސަމާލުވެގެން ހުރިމީހަކަށް ނޫނީ މިކޭތަ ފެނުން ދުރެވެ.
ކޭތައިގެ ފުރަތަމަ މަރުހަލާ ފަށާނީ ރާއްޖެ ގަޑިން 31 ޑިސެމްބަރު 2009ގެ ރޭގަނޑު 10:15 ގައެވެ. މައި ހިޔަނީގެ ތެރެއަށް ހަނދު ވަންނާނީ 31 ޑިސެމްބަރު 2009ގެ ރޭގަނޑު 11:51 ގައެވެ އަދި ހިޔަނިން ނިކުންނާނީ 1 ޖެނުއަރީ 2010ގެ ދަންވަރު 12:55 ގައެވެ. ކޭތައިގެ ފަހު މަރުހަލާ ނިމޭނީ 1 ޖެނުއަރީ 2010ގެ ދަންވަރު 2:30 ގައެވެ.
ހަނދުކޭތައަކީ ހަނދު ދުނިޔެވަށައި ބުރުޖަހަމުންދާއިރު، އިރާ ދުރަށް ވާނޭހެން ދުނިޔޭގެ ބިތްދޮށައް ހަނދު ވަނުމުން ހިފާ ކޭތައެކެވެ. އެއީ ހަނދަކީ އޭގެ ޒާތުގައި އަލި އުފައްދާ އެއްޗަކަށް ނުވެފައި، ހަނދުގެ އަލިކަމަކީ އިރުގެ އަލި ހަނދުގައި ޖެހިފައި އަންނަ އައްޔެއްކަމުން، ދުނިޔޭގެ ހިޔަނީގެ ތެރެއަށް ވަނުމުން އިރުގެ އަލި ހަނދަކަށް ވާސިލެއް ނުވާނެއެވެ. ފުރިހަމަ ކޭތައެއްގައި ހަނދު ދުނިޔޭގެ ހިޔަނީގެ ތެރެއަށް އެއްކޮށްވަދެ ހަނދު އެއްކޮށް އަނދިރިވެއެވެ. ބައި ކޭތައެއްގައި ހަނދު ދުނިޔޭގެ ހިޔަނީގެ ތެރެއަށް އެއްކޮށް ނުވަދެ ހަނދުން އަނދިރިވަނީ ދުނިޔޭގެ ހިޔަނި އެޅިފައިވާ ބައި އެކަންޔެވެ.
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
Posted on 2009-12-30 22:32:06 |
Report this Comment
Posted on 2010-01-01 12:04:36 |
Report this Comment
ނަން:
ވެބްސައިޓް:
ހިޔާލު:
ކެޓަގަރީތައް
ޖާވީޝް ހަމީދުގެ ލިޔުންތައް
"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.
ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009
