Muraasil

ހޯދާ

ކުއްލި ހަބަރު: ދުނިޔޭގެ ވެރިންގެ ތެރެއިން އެންމެ ރީތި 14 ވަނަ ވެރިއަކަށް ރައީސް މުހައްމަދު ނަޝީދު ހޮވިވަޑައިގެންފި

ގައުމުތަކުގެ ވެރިންގެތެރެއިން 14 ވަނަ އަށް އެންމެ ރީތި ބޭފުޅަކަށް ރައީސް ނަޝީދު ހޮވިވަޑައިގެންފިއެވެ.

ހޮޓެސްޓު ހެޑްއޮފް ސްޓޭޓްސް ގެ ވެބްސައިޓުން ސައިންޓިފިކް ހަމަތަކުގެ މަތިން އަދި މިނިވަންކަމާއެކު ހޮވާފައިވާ މިލިސްޓުގައި ރައީސް ނަޝީދަށް 14 ވަނަ ލިބިވަޑައިގެންފައިވާއިރު އެ ލިސްޓުގެ އެއްވަނަ އަށް އަންނަނީ ޔުކްރެއިނުގެ އަންހެން ބޮޑުވަޒީރު ޔޫލިއާ ޓިމޮޝެންޚޯ އެވެ. ދެވަނައަށް އަންނަނީ ފިލްމީތަރިއެއްކަމަށްވާ ކްލައިވް އޯވެންއާ ވައްތަރުގޮތެއް ހުންނަ ނޯވޭގެ ބޮޑުވަޒީރު ޔެންސް ސްޓޮލެޓެންބާގް އެވެ. އަދި ތިންވަނަ އަށް އަންނަނީ ބޫޓާންގެ ޒުވާން ރަސްގެފާނު ޖިމްޔޭ ހޭސަރު ނަމްގިޔާލް ވަންޗުކް އެވެ.

އެމެރިކާގެ ރައީސް ބަރަކު އޮބާމާއަށް ލިބިވަޑައިގެންފައިވަނީ ރާއްޖޭގެ ރައިސް ނަޝީދަށްވުރެ އެއް ދަރަޖަ ފަހަތުން ލިސްޓުގެ 15 ވަނައެވެ. ޖުމްލަ 172 ލީޑަރުން ހިމެނިވަޑައިގަންނަވާ މި ލިސްޓުގެ އެންމެ ފުލުގައިވަނީ އުތުރުކޮރެއާގެ ލީޑަރު ކިމް ޖިންއިލް އެވެ. އަދި ފަހަތުން ދެވަނާގައިވަނީ ވެޓިކަންސިޓީ ގެ ވެރިޔާ ޕޯޕް ބެނެޑިކްއެވެ.

* މައުލޫމަތު: ހަވީރުނޫސް / ހޮޓެސްޓު ހެޑްއޮފްސްޓޭޓްސް ވެބްސައިޓް


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-12-12 15:41:07 | Report this Comment
ރައީސް ނަޝީދު:

މަށަށް ޖަހާ ޖޯކެއްތަތީ. 14 ވަނައެއީ މާ ރީތި ވަނައެއްވިޔަ.
އަޒޫ: ހެހެހެހެހެހެހެހެހެ

Posted on 2009-12-12 18:47:15 | Report this Comment
އަދީލު:

މައުމޫނު މިއަދު ވެރިކަމުގަ ހުރިނަމަ ތި ލިސްޓުން އެއްވަނަ ލިބުނީސް
އިބުރާހިމް: ނަސީބެއް ނޫން މައުމޫނު މިޤައުމުގެ ވެރިޔަކަޔަށް ނެތް ކަން، ހުރި ނަމަ ދުނިޔޭގަ ހުރި އެންމެ ހުތުރު މީހަކަށް ވެގެން، ކިމްގެ ފަހަތުން ލިބޭ ނަމްބަރު ލިބޭނެ.
ހެހެހެ1111111111111: ކަލޭ މައުމޫނުދެކެ ހާދަ ލޯބިވެޔޭ ދޯ؟ އަނެއްކާ "ސުޒޭ"ދެކެއަށްވުރެންވެސް ބޮޑަށްތައް؟
ފާތުން: މައުމޫނުއާ ހަމަ ރަނގަޅަށްވެސް ހިތާވެފަ ތިހިރީ

Posted on 2009-12-12 19:28:38 | Report this Comment
ޒަބީން:

މައުމޫނުގެ ޒަމާނުގަ މިބާވަތުގެ ލިސްޓެއްގެ އެންމެ ފުލުން ޖާގައެއްލިބުންނަމަވެސް ފިސާރި ކުޅިވަރު ހުރީސް މަގުމަތީގައި ލޮރީބުރުޖަހާ މައުމޫނާ އިދިކޮޅޮމީހުން ހައްޔަރުކޮށް ދީނީ ޢިލްމުވެރިންގެ ތުނބުޅި ޗިލީސޯސް ހާކައިގެން ބާލުވައި ޖަލުތަކުގައި މީހުންމަރާ ދައުލަތުގެ މާލިއްޔާ ބަނޑު އަޅާލައި އޭނާގެ އާއިލާމީހުންނަށާއި އެމީހުންގެ ދަރިންނަށްދާންދެން މަޤާމްތަށް ބަހައި އަދި އޭގެތެރޭގައި ދަރިންނުލިބޭ މީހަކުހުރިނަމަ އެމީހަކަށް ދެގުނަދީ މުޅިރަށަށް ކަޅުތެޔޮޖަހި ދެންނޭނގެ. ބޯފައިގެން ދާވަރުކުރީސް ނަސީބު ތޯޗެ އެބޭވެއްޓުންކަން...ހަމަތެދެކޭ މައުމޫނު ނަމަ ކުޅިވަރު ހުރީސް މީރު މީނާއަކީ ދުވާލު ދެދަޅާއަށް ސިންގައްޕޫރަށްގޮސް އޭތިމީތި ހާވާ މީހެކޭ ރީތިވާން މިހާރު ހުންނާނީ ގރ ބޮވިފަ ރަނގަޅަށް.
އަދީލު: ޒަބީން، ކަލޭތީ އެއްކަލަ ކުޅީގެ މީހެއްދޯ.

Posted on 2009-12-12 19:50:47 | Report this Comment
ކެނީ:

ބޯރިންގގގގގގގ!!!! ގެޓް އަ ލައިފް ޔޫ ފްރީކް
އިޒް: އޯ ޔޭ ޑޫޑް

Posted on 2009-12-12 22:19:58 | Report this Comment
ނަސްރު:

އަލިމަނިކުބޭ މީދެން އެހާބޮޑު ޚަބަރެއްތަ؟ މިކަމެއް ކޮށްގެން މިއުޅެނީ ވޯރޑްޕްރެސްގައި ލިޔާ އަމިއްލަ ފަރާތަކުންހެން ހީވަނީ. އޭގައި މާބޮޑު އުރައްޕެއް ހުރިހެނެއް ހިއެއްނުވޭ. މިލިންކް ބަލާލާ. http://hottestheadsofstate.wordpress.com/list/

Posted on 2009-12-13 01:15:04 | Report this Comment
އައިޝާ:

ވާއު....މަގޭ ރައީސް، މަގޭ ނަޝީދު...ޔޫ އާ ސޯ ހޮޓް.، މިވަރުގެ ރައީސެއް ނުލިބޭނެ
އައިންތު: އެކަމު މަށަށް ހަމައެއްގޮތަކަށްވެސް ރީތި މީހެއްނޫން. ރައީސް ނަޝީދުއަކީ.

Posted on 2009-12-16 09:00:04 | Report this Comment
ނާޒިމް:

މިވާހަކަ މިއީ މީގެ ދޮޅުމަސް ކުރިންވޯލްޑް ޕްރެސްގައި ލިޔެފައިވާ ވާހަކަ އެއް . އިބްރާހިމް ނާސިރު މަރުވި ވާހަކައަކީވެސް ކުއްލި ޚަބަރަކަށް އެ މައުލޫމާތު ނޭގޭ މީހަކަށް ވާނެ . މީގެން ދޭހަވަނީ ޓީ.ވީ.މޯލްޑިވްސް ފަދަ ތަންތަނުގެ ޚަބަރު އަޕްޑޭޓް ވެފައި ނުހުންނަ ވަރު.

Posted on 2009-12-22 05:34:42 | Report this Comment
ނައީމާ:

އަންނިނުވޭ މައުމޫނާއު ގާތްކުރާ ވަރުވެސް އަންނިއެކޭ ގުއި ރޮނޑެކޭ އެއްގޮތް ދެކެނަވައިން ސޮނިބާލައިގެން މިމަގުން އެމަގަށް އެމަގުން މިމަގަށް އެނޫން އެއްޗެކޭ ކިޔައިގެން ވީދޭކަށް މިރުނޑިއަކަށް ނޭނގޭ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009