Muraasil

ހޯދާ

ކުއްލި ހަބަރު: ހަސަން ސައީދު ހަކުރުގެ މަސްތުގައި

މިއީ ޖިބުމެން ލިޔާ ކަހަލަ ސުރުހީއެކެވެ. ހަމަ ސުރުހީއެއް ޖަހައިގެން ލިޔެނަގަނީއެވެ. ތެދެއް ދޮގެއް ބެލުމެއްނެތިއެވެ. ދައުލަތުގެ އިސްވެރިންނާ ބެހޭގޮތުން އަދި މިނޫންވެސް އާއްމު ފަރުދަކާ ބެހޭގޮތުން ވާހަކަ ފަތުރާނީ ކަމެއް ސާބިތުވީމައެވެ. ނުވަތަ އެކަމެއް ހިނގުމުންނެވެ. އަމީން ފައިސަލް ރަލުގެ މަސްތުގައިވާ ކަމެއް ޖިބޫއަށް އެނގުނީ ތީ ކަލާންގެ ހެއްޔެވެ. ދަރުސްލައިވްއާއި އެކީ މިސުރުކުޅި ކުޅުނަސް އަދި ކަލާންގެ ކަމަށް ދައުވާ ކުރާކަށް ގާތްވެސް ނުވެއެވެ.

ދަރުސްލައިވް އާއި ގްރޫޕް ހަދައިގެން އަމިއްލައަށް މަމޮޅު ލިއުން ލިޔާ މީހަކު މިނޫނީ ނޫޅޭނެއެވެ. ތީ މިސުރުގަ އުޅޭ މީހުންގެ ވައްތަރެވެ. ދަރުސްލައިވް ވެސް ދީނީ މައުލޫމާތު ގެނެސްދިނީ މަޝްހޫރުވާން ވެގެންނެވެ. ދިވެހިންގެ ބޮލަށް އެރެވޭނީ ދީނޭ ކިޔައިގެންކަން އެނގޭތީއެވެ. މިމީހުންގެ ފެންވަރު އެނގުނީ ޖިބޫއޭ ކިޔާ ޝައިތޯނުގެ ރަނގަޅު ވާހަކައާއި ތެދު ވާހަކައޭ ކިޔައިގެން އާޓިކަލް ލިޔުނު ހިސާބުންނެވެ. ދަރުސް ލައިވް ވެސް ޖިބޫ ކުށެއްނެތް އެތަށް ބައެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފައިވާތީ، އެކަމުގައިވެސް ތި ބައިވެރިވެވުނީއެވެ. ދޮގު ހަބަރު ލިޔެގެން މުޖުތަމައު ފަސާދަކުރާއިރު އެކަމުގައިވެސް ބައިވެރިވެވުނީއެވެ.

ދަރުސްލައިވް އާއި ޖިބު ކުރަން އެންމެ ރަނގަޅު ކަމަކީ ހަސަން ސައީދު އުރާލައިގެން މާލޭގަ ހިނގަންވީއެވެ. އޭރުން ހަސަނު ތިދޭ ލާރި ހަލާލުވެދާނެއެވެ. މުރާސިލު ހިތަކަށް ލިބުނީމާ ލިޔެވޭ ނުލިޔެވޭ އެއްޗެއްނޭންގިގެން އުޅޭ ތިކަހަލަ ޔަހޫދީން އަދި އަހަރުމެން ބޭޒާރު ކުރާނަމެވެ. ދަރުސްލައިވްއަށް ވެސް ބުނެލަން އޮތީ އަލިމަނިކޭ ކިޔައިގެން ޖިބޫ ލިޔުނު ލިޔުމަކީ ތެދެއްކަން އެނގުނީ ތީވެސް ކަލާންގެ ހެއްޔެވެ. މީހާ ތިހިރީ ފެންވަރު އޮޅިފައެވެ. އަމިއްލަ ސައިޓުގަނޑުގަ ޖަހާ ލިއުންތައް ކިޔައިގެން ފުރަތަމަވެސް އިސްލާހުވާންވީ ތިކަހަލަ ދެފުއްކެހެރި މުނާފިގުންނެވެ.


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-12-04 19:48:26 | Report this Comment
ގމބ:

މިސުރުކުޅި އަކީ ކޮބާތަ؟ ޖިބުއެ އެއީ މިސްރުގައި އުޅޭ މީހެއް ކަމެއް އަލިމަނިކުއަށް އެނގުނީ ތީ ވަހީ އަންނަ މީހަކީތަ.... މިސްރު ދެކެ ތިހާ ތި ނައަޓަނީ މައުމޫނު މިސްރުން ކިޔެވީމަ ދޯ.....
ހަސަން: ވަރަށް ތާކުން ތާކުނުޖެހޭ އެއްޗިހި ލިޔާ ބައެއް ތީ ! ތިޔައީތޯ މިނިވަން ނޫސްވެރިކަމަކީ ؟

Posted on 2009-12-04 20:03:57 | Report this Comment
ހިއްލަތު:

ޖިބުއެގެ ކޮންޓެކްޓްސް ބޭނުން. އަލިމަނިކް އަށް އެނގޭތަ؟

Posted on 2009-12-04 20:44:54 | Report this Comment
މުހައްމަދު:

އަލިމަނިކު ޖިބޫ ދެކެ ހާދަ ރުޅިއެއްތިޔައައީ.

Posted on 2009-12-04 21:52:30 | Report this Comment
ނޫނު ޖަވިޔަނި:

އަލިމަނިކާއެވެ. މިއަދު އެމްޑީޕީއަށް ތިޔަ ތާއީދުކުރާ މީހުންނަކީ "ކަންތައް ސާބިތު" ވީމާ ނޫނީ ނުދައްކާށޭ ބުނަން ހެޔޮވާ ބައެއް ހެއްޔެވެ. އަފީފު އެ ހުރީ ދޮގު ހަދައިގެން މީހެއްގެ އަބުރު ނަގާލިކަމަށް ސާބިތުވެފައެވެ. އެމްޑީޕީގައި ތިބީ އެފަދަ ކިތައް އަފީފު ހެއްޔެވެ. ކުރީގެ ސަރުކާރުގެ އިސްވެރިންނާ މެދު ސާބިތު ނުހިފޭ ވާހަކަ ދައްކަމުން އައިސްފައި މިއަދު "ދައުލަތުގެ އިސްވެރިންނާ ބެހޭގޮތުން އަދި މިނޫންވެސް އާއްމު ފަރުދަކާ ބެހޭގޮތުން ވާހަކަ ފަތުރާނީ ކަމެއް ސާބިތުވީމައެވެ." ބުނީ ވަނީ ޖޯކަކަށެވެ. ސަރުކާރަށް ބައިއަތު ހިފާފައި އެވާ އަދާލަތުން އޭރު ބުނެފައިވަނީ އިސްވެރިންނާ މެދު ވާހަކަތައް ދެއްކުމަކީ މައްސަލައެއް ނޫންކަމުގައެވެ. އެހެންކަމުން، މިއަދު ތިޔަ ލިޔާ އެއްޗިހިން އަންނަނީ ހިންޏެވެ.
ވެލާކަލޯ: ހެހެހ! ޕަޗަޕަޗާސް! ނޫނު ޖަވިއަނި! އެއްގަނޑުން ލިޔުން ނުކިޔުމަށް އެދެމެވެ! ޑީއާރުޕީގެ މާމުލި ގުންޑާއިން ތިނޫނަސް މިތަނަށްވަދެ ދެކޮޅުނުޖެހޭ ވައްވައްޖަހާފަ ގަޔައްހެނޑެންދެން ހީހަދައެވެ! ތިއަކީ އާކަމެއްނޫނެވެ!

Posted on 2009-12-04 23:52:56 | Report this Comment
ޖިބީބޭ:

ޚަބަރެއް ފަތުރައިގެނ ފިރިހެންކުޅ އަކަށްވާކަމެއް އަދި ކިރިޔާ މިއެނގުނީ

Posted on 2009-12-05 00:08:33 | Report this Comment
ޢަލީ:

ދަންނަވަންތޯއެވެ.މީހަކުދެކެ ކިތަންމެ ރުޅިއަޔަށް ކަލާނގެ އާއި އަޅުވާ ނުކިޔާށެވެ.ތީ ހުއްދަ ކަމެއްނޫނެވެ.

Posted on 2009-12-05 01:09:47 | Report this Comment
ހިޔަޅު:

އަލިމަނިކު ކިހިނެތް ހާލު؟ މިހާރު މުރާސިލްގައި ހިނގާނީ އަހަރެމެންގެ ފިކުރު..... ވޯޓުން މިބުނި ވާހަކައިގެ ހެކި ފެންނަމުން ތިދަނީ... އެންމެ 3 މަސްދުވަހުގެ މަސައްކަތް މިއީ...............
އެމް އައި އަލީ: ހިޔަޅުގެ 3 މަހުގެ މަސައްކަތް ފެނަށްދިޔައީ ދޯ. ތީ މައުމޫނަށްވެސް ހަމަވާގޮތް

Posted on 2009-12-05 11:33:12 | Report this Comment
ހަސަންދީ:

އަލިމަނިކާ އެމްޑީޕީއޭ ބުނީމާ ކަލެއަށް ތިޔޮށް ވާގޮތެއް. ދީނެއް މިއްލަތެއް ނެތިގެން އުޅޭ ތިޔަކަހަލަ މީހުންނަށް ތީ ހަމަ ވާގޮތް. މިކޮމެންޓްވެސް ނުކެރޭނެ ޖަހާކަށް.

Posted on 2009-12-05 13:07:19 | Report this Comment
އެމް އައި އަލީ:

މިއުޅޭ އާލާތުން މުޅި ދީނަށް ހަޑިހުތުރު އަރުވައިފި، ފިރިހެންކުޅި ޖިބުއެއަކާ ދަރުސް ލައިވް އަކާ....މިދެން މާ ދީން އެނގޭ ބައެކޯ، ޕިކަޕް ދުއްވުނީމަ ހީވާގޮތްދޮތަ....

Posted on 2009-12-06 16:04:05 | Report this Comment
ލަހި:

ހަސަން ސައީދު ހަކުރުގެ މަސްތުގައި ޙަސަނާޣި ހަކުރު ގުޅުމަކީ ކޮބާ'؛

Posted on 2009-12-06 20:16:17 | Report this Comment
ޙައްޤު ބަސް ބުނާ މީހާ:

ސަލާމް. ޖިބުއެ އެއީ ފިރިހެން ކުޅިއެއް ނަމަ އޭނަ ހިއްލަތު އަށް އެހާ ރުޅި އަންނަން ވީ ކީއްވެ؟؟؟؟ ޖިބުއެ އެއީ ފިރިހެން ކުޅި އެއްކަން ކަލޭމެންނަށް އެނގުނީ އަނެއްކާ ދުނިޔެއަށް ވަހީ ބާވާލައްވަން ފެއްޓުނީތަ؟؟؟ ދަރުސް ލައިވް އެއީ އަދާލަތުގެ ސައިޓެއްކަމުގެ ހެކި މަ ބޭނުން! އަސްލް ބުނަންތަ ޕާޓީ އަކަށް އެއްޗެހި ގޮވުމުން ތިއަންނަ ރުޅި ދީނަށް މީހަކު އެއްޗެހި ކިޔުމުން ނާންނަނީ ކަލޭމެންގެ ހުރި ޖާހިލު ކަމުން. ދީނަށް ވުރެ ޕާޓީ އިސްކުރެވެނީ. ތިމާމެންނަށް ހެޔޮގޮތް ލިބޭނީ ދީނަށް ވުރެ ޕާޓީ އަށް ލޯބިކުރުމުންކަމަށް އީމާން ވާތީ. އަދިވެސް ހޭލާކަށް ނުވޭތަ؟؟؟؟؟

Posted on 2009-12-06 21:06:04 | Report this Comment
ޒާން:

އަހުރެން ގެރި ޒުވާބު ކުރަން ބޭނުމެއްނޫނެވެ. ބުނަން ހެއްޔެވެ؟ މިޞްރާއި މިޞްރުގައި ކިޔަވަމުންދާ އަޚުންނާ ބެހުން އާދައަކަށް ހަދައިފިނަމަ އަހަރެން ސިޔާސީ ވެދާނެއެވެ.

Posted on 2009-12-07 02:46:15 | Report this Comment
އޭޝް:

ހަސަންޕާޓޭދޯ

Posted on 2009-12-08 20:03:32 | Report this Comment
އަހުމަދު:

ޖިބު އެއީ ފިތުނަ ފަސާދަ ފަތުރަން އައިސް ހުރި މީހެއް...

Posted on 2009-12-10 10:57:51 | Report this Comment
މޮހޮނު:

ހަސަނަކީ ޕާޓޭއިންނާ ގުޅުން ހުރިމީހެއްވީމަ ކަންނޭގެދޯ ހަސަނުގެ އެޓާނީ ޖެނެރަލްކަމުގަ ޕާޓޭންގެ ޑީލަރުން ދޫކޮށްލާފަތިބީ އަދި އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއްނުކުރީ؟

Posted on 2009-12-11 00:30:30 | Report this Comment
އަޅުގަނޑު:

ލިޔުނ ކޮޔާލުމުން އަޅުގަނޑަށް މި ހީވީ އަލިމަނިކު ވެސް މިސްރު ކުޅިއަށް ވަރަށް ބޮޑަށް ޝައުޤު ވެރި ވާހެން....ރަނގަޅަށް ބާ މިހީވީ.....

Posted on 2009-12-11 18:11:47 | Report this Comment
ގަންޖާ:

ހަސަންސައީދު މިދެން މާމޮޅު މީހަކަށް ހަދައިގެން ސަރުކާރަށް ބަވާއިރު އަމިއްލަ ޕާޓީވެސް އެއުޅެނީ ރަނގަޅަށް ނުހިންގިގެން. މިހާރުވެސް މިޕާޓީން އެއްމެ ފަހުން ކުރި ކެންޕެއިނުގައި ބޭނުންކުރި ލޯންޗްދަތުރުތަކަށް ވާ 60ހާސް ރުފިޔާ ނުދައްކާ ފިލައިގެން އުޅެނީ. ލަދުހަޔާތްކުޑަ ވީމަ އަމީނުވެސް މިވާހަކަ ނުދައްކާ ސަރުކާރަށް ބަވާނަގަނީ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009