ރ.އުނގޫފާރުގައި ހުންނަ ރ.އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލަށް މަދިރީގެ އުނދަގޫފަހަކަށް އައިސްވަނީ ކުރިމަތިވެފައެވެ. މިސަބަބާއި ހުރެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބޭ ބަލިމީހުންނަށް ވަނީ ވަރަށް އުނދަގޫވެފައެވެ. އުނގޫފާހަރު ހޮސްޕިޓަލުން ވާހަކަދެއްކި ނަރުހެއް މިކަމާއި ގުޅޭގޮތުން ވިދާޅުވީ މިކަމުގެ ސަކުވާ ވަރަށް ގިނަ ބަލިމީހުންނާއި އެމީހުންގެ އެހީތެރިން ކުރަމުން އަންނަ ކަމަށެވެ. އަދި އެބޭފުޅާ ވިދާޅުވީ ވާޑްތަކުގައި ހަރުކޮށްފައިވާ މަދިރި ކޮންޓްރޯލް ކުރާ ނިޒާމަށް މައްސަލަ ޖެހިފައިވާތާ ދުވަސްތަކެއް ވެއްޖެކަމަށެވެ.
އިނގުރައިދޫލައިވްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފާއިތުވެގެން ގޮސްފައިވާ ދުވަސްތަކުގައި ހޮސްޕިޓަލް ސާފުކޮށް ބަލަހައްޓަމުން އައިސްފައިވަނީ ހޮސްޕިޓަލުގެ މަސައްކަތު މީހުންނެވެ. ނަމަވެސް ވަރަށް ފަހުން ސަރުކާރުންވަނީ ހޮސްޕިޓަލް ސާފުކުރުމުގެ މަސައްކަތް ކޮންޓްރެޓް އުސޫލުން އުނގޫފާރުގައި ހަރަކާތްތެރިވަމުން އަންނަ ކްލަބް ޖަމިއްޔާ ތަކާއި ހަވާލުކުރައްވާފައެވެ.
ހޮސްޕިޓަލްގައި ބަލިމީހަކު ބާއްވައިގެން އޭނާގެ އެހީތެރިޔަކަށް އުޅެމުންނަ ނ.އަތޮޅުގެ ބޭފުޅެއްވިދާޅުވީ ކުރީގައި މަދިރީގެ އުނދަގޫ ހޮސްޕިޓަލްގެ ވޯޑްއަށް ކުރިމަތި ނުވާކަމަށެވެ. އެބޭފުޅާވިދާޅުވީ މިމައްސަލަ ދިމާވެގެން އުޅޭސަބަބަކީ ސާފުނުކުރެވުން ކަމަށެވެ. "އެހެންބަޔަކަށް ކޮންޓްރެޓްއަށް ދިނުމުން އެމީހުންނަށް މުހިންމުވާނީ ބަޔަކަށް ހިދުމަތެއް ދިނުމަށް ވުރެން ލިބޭފައިސާ، އަޅުގަނޑަކީ އާންމު ގޮތެއްގައި ވަރަށް ގިނައިން މިހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ މީހެއް، މީގެކުރިންވެސް ރޭގަނޑު ހޮސްޕިޓަލުގެ ގޯތި ތެރޭގައި މަދިރި ހަފާނެ، އެކަމަކު ދުވަހަކުވެސް ހޮސްޕިޓަލާއި، ބަލިމީހުން ބާއްވާފައި ތިބޭ ވޯޑްގައި މަދިރިއެއް ނުހަފާ، ތަންސާފު ތާހިރުކޮށް ނުބެލެހެއްޓޭތީ އެއީ" އެބޭފުޅާ ބުންޏެއެވެ.
މަދިރިއަކީ ވަރަށް ނުރައްކާތެރި ބަލިތަކެއް ފަތުރާ އެއްޗެކެވެ. އަދި ހޮސްޕިޓަލެއްގައި މަދިރި ހަފާކަމުގެ ސަކުވާތައް ކުރެވެމުންދާއިރު މިމައްސަލަ ހައްލުކުރެވިފައި ނުވާކަމަކީ ދެރަކަމެކެވެ.
Posted on 2009-12-02 02:26:20 |
Report this Comment
Posted on 2009-12-02 02:49:48 |
Report this Comment