Muraasil

ހޯދާ

ކުއްލި ޚަބަރު: ނައިފަރުގައި މިއުޒިކު ކުޅުމަށް އެޅިސްޓޭޖަށް ނަގޫރޯޅި އަރާ ހަލާކު ވެއްޖެ

ރާޢްޖެ އިސްލާމް.ކޮމް

މި އަހަރުގެ ޢީދުގައި ޅ.ނައިފަރުގައި މިއުޒިކު ކުޅުމަށް އަޅާފައިހުރި ސްޓޭޖަށް ނަގޫރޯޅި އަރާފައިވަނީ އަސުރު ވަޤުތުކަމާއި އޭގެކުރިން މޫސުން އޮތީ ވަރަށް ރީތިކޮށްކަމަށް ޅ.ނައިފަރުން ރާއްޖެއިސްލާމްއަށް ޚަބަރު ދީފިއެވެ.

އިތުރަށް ޚަބަރު ލިބުނުގޮތުގައި މިރޭވެސް އެތައް ފިލްމުކުޅޭ ބަޔަކު އެ ސްޓޭޖުގައި އޮތީ އެކި އެކި ވައްތަރުތައްޖައްސާ ޝޯވ ކުރިއަށް ގެންދާގޮތަށެވެ. އޭގެތެރޭގައި އަންހެނުންގެ ނެށުމާއި ފާޑުފާޑުގެ ލަވަކިޔުން ހިމެނެއެވެ.

ބަރަކާތްތެރި ޢީދު ފާހަގަކުރުމަށް ﷲ ޙަރާމްކުރައްވާފައިވާ މިއުސިކާއި އަންހެނުން ނެޝުމާއި އަދި މިނޫންވެސް އެތައް ފާޙިޝް ކަންތައްތަކެއް އަހަރެމެން ރޭވިޔަސް ކުރިޔަށް ދާނީ އެކަން އެގޮތަށް ހަމަޖެހިފައިވާނަމައެވެ.

އިންސާނުންގެ ރޭވުންތަކުގެ މައްޗަށް ﷲ ތަޢާލާގެ ރޭވުން މާ މަތިވެރިވެވޮޑިގެންވެއެވެ. ﷲތަޢާލާ އެކަލާނގެ ރޭވުންތެރިކަމުގެ މައްޗަށް ގަދަވެވޮޑިގަންނަވައެވެ.


ފޮޓޯ: ނައިފަރު މިއުޒިކު ކުޅެން ހަދާފައިވާ ސްޓޭޖް ނަގޫ ރޯޅި އަރާ ހަލާކުވަނީ


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-11-29 19:09:17 | Report this Comment
www.dharuslive.com:

އިތުރު ފޮޓޯތައް ރާއްޖެއިސްލާމް.ކޮމް ވެބްސައިޓުގައި....

Posted on 2009-11-29 19:30:07 | Report this Comment
ކަޅުކުކުޅު:

ހަމަ ރަނގަޅަށް ކަންތައްވެގެން އެ ދިޔައީ... ނަމާދު ވަގުތަކަށް ނުބަލާ ކަންފަތްތައް ފަޅައިގެންދާވަރަށް ލަވަޖަހަންޏާ ނަގޫރޯޅިއެއް ނޫން ... އެޔަށްވުރެ ބިރުވެރިކަންތަކާއި ވެސް ދިމާވާނެ...

Posted on 2009-11-29 19:40:25 | Report this Comment
ހަބީ:

ރަގަޅު ފިލާވަޅެއް ލިބިދާނެ ކަންނޭގެ !ޒައީމު ވެރިކަމުން ބޭލީމަ ކަނޑުގަ ހުރި މަހާ ވާރޭ ފެންފްދު ގެންދިޔަ ވާހަކަ ބުނީމަ ރަށުރައްޔިތުން އަތްތިލަ ބަޑިވެސްޖެހިއެއްނު

Posted on 2009-11-29 19:51:01 | Report this Comment
ޒަކަރިއްޔާ:

މީގެކުރީގަވެސް ތިކަހަލަ ސުޓޭޖެއް ކުފުރުގެ ބަސްތަކަކުން ފަޅުފިލުވާލަދިން ނައިފަރުގަ އެއީވެސް ބިރުވެރި ރެޔެއް

Posted on 2009-11-29 19:56:21 | Report this Comment
ކްލިކް:

ކޮބާ ﷲ ގެ ޢަޛާބަކީ ބުނެފަ އަންނަ އެއްޗެއް ނޫންކަން މީގެން އެނގެނީ. ވީމާ، ކުރީބައިގައި މިފަދަ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ފާހިޝް ނުބައިވެގެންވާ މިޔުޒިކުން ރައްކާތެރިވޭ އަދި މިޔުޒިކު ކުޅޭ އެހެން މީހުން އެކަމުން ދުރުކުރެވޭތޯ ކުޅަދާނަވި ގޮތަކުން ކުޅަދާނަވި ވަރަކުން އެކަން ކުރަން ގޮވާލަން އަމްރު ބިލް މަޢުރޫފު އަދި ނަހްޔު ޢަނިލް މުންކަރު ނެތް ކަމުގައި ވަނީ ވިއްޔާ އެފަދަ ޢަޛާބުގައި އަޅުގަނޑެމެންވެސް ޝާމިލު ވާނެކަމީ އެއްވެސް ޝައްކެއް ހުރި ކަމެއް ނޫން... ﷲ ހިދާޔަތް ދައްކަވާށި!!

Posted on 2009-11-29 20:40:24 | Report this Comment
ޗަކޮއެ:

ކޮބާ. މިރޭވެސް މިއުޒިކު ކުޅޭ ގޮތަށްބާ؟ މަށަކަށް ހިޔެއްނުވޭ ތިކަން ރޭވި ބަޔަކަށް މިކަމުން ކަހިރުވަކެކޭ ވެސް ހީވާނެކަމެއް. އީދުގެ ކުރިން ތެދުމަގު ޕްރޮގްރާމްގައި ތިޔަ ކަހަލަ ގޮތްގޮތަށް އީދު ފާހަގަ ކުރުމަކީ އެދެވޭ ކަމެއްނޫނޭ ގޮވަގޮވާ އޮއްވަ ހަމަ އަޑުއިވޭ ކަމަށްވެސް ނުހަދާ ތިޔަހަރަގެން ފާހިސްއަމަލުތައް ކޮށް ނަގަނީ . ދެން އެކަހަލަ ކަމެއް ދިމާވީމަ ބުނާނީ ލޯޕްރެ×ސަރެއް އުފެދުނިއްޔޭ. ނައިފަރުގެ ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާށި. އަދި މިކަން ރާވާ މީހުންނަށް މިލިބުނީ ފިލާވަޅެއްކަމުގައި އުއްމީދު ކުރަން..

Posted on 2009-11-29 20:56:01 | Report this Comment
މ.ރ:

މިފަދަ ހާދިސާތަކުން އިބްރަތް ހާސިލްކުރަމާހެވެ.

Posted on 2009-11-29 21:55:23 | Report this Comment
ފާތުން:

ނައިފަރުގެ ރައްޔިތުންނަށް މިކަމުން ފިލާވަޅެއް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މިކަމުން ފިލާވަޅެއް ލިބޭނެކަމަށް އުއްމީދު ކުރަމެވެ. މައުމޫނުގެ ވެރިކަމުގައި ރައްޔިތުން ދީނީގޮތުން ރޯފިލާފައި ނެތީތީ އޭރު ރައްޔިތުން ތިބީ އެކަހަލަ ކަމެއް ދިމާވިޔަސް (މިސާލަކަށް ސުނާމީ) ވާނުވާ ނޭގިފައެވެ. ނަމަވެސް މިހާރު ދީނީ ޢިލްމުވެރިން އެއްވެސް ބިރެއްނެތި ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައިދެމުން ގެންދާއިރު އަދި މިކަންކަން މަދުން ނަމަވެސް ދިމާވަމުންދާތަން ފެންނާތީ މިކަންކަން ވިސްނޭނެ ނަމައޭ ހިތަށް އަރައެވެ. ﷲ މި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮމަގު ދައްކަވާށި!

Posted on 2009-11-29 22:04:05 | Report this Comment
ބެއްޔާ:

ނުވިސްނޭނެ ނުވިސްނޭނެ ރާއްޖޭގަ އެބަ އުޅޭ މާ ޖާހިލު މީހުން. ސުނާމީ އެހީ ހިފައިގެން އަތޮޅެއްގެ ރަށަކައް ދިޔައިމަ އެމީހުން ބުނީ މާ ރަނގަޅޭ. ގިނަގިނައިން ސުނާމީ އެރިއްޔާއޭ ރަނގަޅީ މާ ގިނަ އެއްޗިހި ލިބެއޭ. މީ ހަމަ އެމީހުން ބުނެފަ ހުރި ވާހަކައެއް. ދިވެހިންނަށް މާތް ރަސްކަލާނގެ ހެޔޮ ވިސްނުން ދެއްވާށި.

Posted on 2009-11-29 22:30:43 | Report this Comment
ކަޅު:

ނައިފަރުގެ ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާށި
އހ: ޢާމީން

Posted on 2009-11-30 09:07:09 | Report this Comment
ހަސަން:

އަޅުގަނޑު މެންގެ ޒުވާންޖީލުގެ ބޮޑުބައެއް ވަނީ ޔޫރަޕްގެ ތަހުޒީބީ އަވާގައިޖެހި މަސްތުވެފައި. ކުޅިވަރާ، މަޖާކުރުމާ މާއްދީ ދަހިވެތިކަން ވަނީ މިވެރިންގެ މެދުގައި އާމުވެފައި. ދީނުގެ ހުކުންތަކާއި އަސްލު ވަނީ މިވެރީންނަށް އޮޅިފައި. މިކަމުގައި ޒިންމާ އެޅެނީ މައިންބަފައިންއިންގެ ބޮލުގައި އަދި މިކަމުގެ ފުރިހަމަ ފައިދާ ނަސޯރާއީން މިދަނީ ނަގަމުން. ޤައުމުގެ މުސްތަޤްބަލް ބަންޓަންކުރަން ތިބީ މިޒުވާނުން. ދީނީ ނަޒަރަކުން މިޤައުމުގެ ކުރިމަގު މިއޮތީ ވަރަށް ސާފުކޮށް ފެންނަން. މައިންބަފައިން މިކަމަށް ވިސްނާ، ފުރުސަތު ގެއްލުވާ ނުލައްވާ. އާޙިރަތް ދުވަސް އަންނާނެކަން ކަށަވަރު. އެދުވަހަކީ ކުރާ އަމަލު ތަކުގެ ޒައްރެއްގެ މިންވަރުވެސް ދޫކޮށްލެވޭނެ ދުވަހެއް ނޫން.

Posted on 2009-11-30 10:55:02 | Report this Comment
......:

ކަމެއްވާއިރަށް މައުމޫނު. އެހެންނޫނީ އަންނި. ކޮންމެކަމަކަށް ސިޔާސީ ކުލަވަރުގެންނަނީ ކީއްކުރަން؟ އެދިމާވިހާދިސާއިންވެސް އިބުރަތްހާސިލްކޮށް ދެން އެފަދަކަމެއް ދިވެހިންއަދި އެނޫންވެސް އިސްލާމުންދިއުޅޭ ގައުމަކަށް އެފަދަކަމެއް މެދުވެރި ނުކުރަށްވާތޯ ﷲގެ ހަޒުރަތުގައި ދުޢާކުރަންވީނު. އިސްލާމްދީންހަރާމްކުރައްވާ ކަންތައް މިދިވެހިބިނމަތީގައި ހިނގަމުންދާ މީހުނަނަށް މާތް ރަސްކަލާނގެ ހެޔޮވިސްނުން ދެއްވާށި.
ހެޔޮއެދޭ: އާމީން

Posted on 2009-11-30 23:21:40 | Report this Comment
ރޯޅި:

ހަމަ ތަނަކަށް ރޯޅިއެއް އަރާއިރަށް ވިއްސާރައެއް ކޮށްލާ އިރަށް އަވަހަށް ކަށްވަޅުގެ އަޒާބުގެ ވާހަކަ ދައްކާ ބިރުގަންނަވައިގެންވެސް ބަޔަކަށް އީދެއްގައި ކުޅިވަރެއްވެސް ކުޅުނަކަ ނުދޭނެ. މިހާރަކު މި މީހުން މި ދައްކާ ބިރެއް ބަލައިގެންނާމެ މާގިނަ ޒުވާނުންނެއް ނޫޅޭ. މީހުން ނޫޅޭ ފަޅު ރަށްރަށަށާއި ކަނޑު މެދަށް ރޯޅިއާއި ތޫފާނާއި އަނެކެއްޗަކާ އެ އަންނަނީ ކޮން ކުޅިވަރެއް ކުޅެގެން؟ އިންސާނުން ދުނިޔެއަށް ނާންނަ އިރުވެސް ދުނިޔެއަށް ބޮޑެތި ބިންހެލުން ތަކާއި ސުނާމީ އައި. އެއް ދުވަސްވަރެއްގައި ދުނިޔޭގައި އުޅުނު ޑައިނޮސޯރތަކެއް. އެއެއްޗެހި ސްޓޭޖަކަށް އަރާ ބަރަހަނާކޮށް ނަށާތީތަ އެދުވަސްވަރު ދުނިޔެއަށް ބޮޑު އައިސް ތޫފާނެއް އައީ؟ ވަކިވަރަކަށް މީހުން ޖާހިލުވީމާ އަމިއްލަޔަށް ބޭޒާރުވާން މިކަހަލަ އަނގަތަށް ގަޅާނެ. މި ވާނީ މި އުޅޭ އުސާމާގެ ލާހި ދަރީން ލިޔާ އެއްޗެހި ކަމަށް. މީން މީހަކު ޖާނުން ފިދާވާން ގޮސް އުޅޭ ތަނަކަށް ވައިރޯޅިއެއް އަރައިފިއްޔ އެވެސް ބުނާނެތަ ބަޔަކު އެއްޖިންސުން ގުޅުން ހިންގަން ތިބި ތަނެކެ. ޖަހިލު ޒަމާން އަދިވެސް ރާއްޖެއަކުން ފިލައިގެންނެއް ނުދިޔަ. ދުނިޔެ ގިޔާމަތް ވަންދެންވެސް މި ބަލާވެރިކަން ދެމިގެންދަނެ.
ދިއުޅި: ކޮއްކޯ ފޯރި އެބަހުއްޓެއްނު!!! އީދުގަ ކުޅިވަރުވެސް ކުޅެންވީ ހަމަ... އެކަމަކު ﷲ ތަޢާލާ ހުއްދަ ކުރައްވާފައިވާ މިންގަނޑުގެ ތެރެއިން... ދޯ؟ ތިޔަބައިމީހުންނަށް މާތްﷲ ހެޔޮ ވިސްނުން ދެއްވާ ހެޔޮމަގުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތަޢުފީޤް ދެއްވާށި!! އާމީން..
ހަބޭސް: މިދެން ބޮދު ވަރެއް. ރޯޅި މެންނަށް ކުފުރު ވެވޭ އިރުވެސް ނޭނގި ހުރެދާނެ މިވަރުން ދަންޏާ..
ހެޔޮއެދޭ ނުޖާހިލު: ޖާހިލު ކަމުގައި ނިމިގެންދާ އިންސާނުންނާ.. މިފަދަ ހާދިސާތަކުން ޢިބްރަތް ޙާސިލްކޮށް ހެޔޮ މަގަށް ރުޖޫޢަވާ އިންސާނުން ހިސާބު ބެއްލެވޭ ދުވަހުން އެނގޭނެ!! ރޯޅި ކަހަލަ ހެޔޮ ވިސްނޭ ކުދިން އެކަމާ ވިސްނާ ފިކުރުކޮށްފި ނަމަ މިޙާދިސާއިންވެސް އެތަށް ޢިބްރަތެއް ލިބޭނެ!! ތިބާއަށް ﷲ ތަޢާލާ ދެއްވާފައިވާ ބުއްދީގެ ބޭނުން ފާޙިޝް އަމަލުތައް ހިންގުމަށް ބޭނުން ނުކޮށް ދީނުގެ މަގުގައި ކޮށްފިނަމަ ހާދަހާވެސް ރަގަޅޭ!!

Posted on 2009-12-01 11:02:45 | Report this Comment
މަލިކާ:

ރޯޅިގެކޮމެންޓަށް ތާއީދު. ހަމަ ކަމެއް ވާއިރަށް ދީން އެތަނަކަށް އެބަ ވައްދާ. ތީ ދީނަކާ އެއްވެސް ގުޅުން ހުރި ކަމެއް ނޫން. އަދިވެސް އަންޒަމާން ކަރައިގެ ވިސްނުން.
މަލިކާއަށް ހެޔޮ އެދޭ: ތިބާ ތިހިރީ ހޭ ބުއްދީގަ ބާއޭ ހިތަށް އަރާ! އިސްލާމް ދީން އެކަމަކަށް އަލި ނާޅުވާ ކަމެއް ނިކަން ދައްކަ ބަލަ ތިހާ ކުޅަ ދާނަ އިއްޔާ.. އަންޒަމާނޭ ކިޔާ އިރު، މިޒަމާނުގެ ސައިންސާ ފުށު އަރާ އެންމެ ޕޮއިންޓެއް ވެސް އިސްލާމް ދީނުން ދައްކަ ބަލަ. ކިޔޭ ނުކިޔޭ ވެސް ނޭނގޭ ދޯ...!!!

Posted on 2009-12-01 13:10:04 | Report this Comment
ނިޒާރުބެ:

ރޯޅި ތިބުނީ ހަމަ ތެދެއް! މި ޖާހިލުންނަކަށް ނޭގުނު މީ މޫސުމީ ކަމެއްކަމެއް! ދެމޫސުން ބެދޭ ދުވަސްވަރު ރޯޅިވެސް އަރާނެ! ވިއްސާރަވެސް ކުރާނެ އެއީ ވަކި މިޔުޒިކް ކުޅޭތީވާކަމެއްނޫން! ދެން ކަމެއް ވާއިރަށް ދީން ނަގައި ކޮނޑަށްލައިގެން އެދުވަނީ ބޮޑު ކަމެއްނު! އެމީހުން ބުނާގޮތުންވިއްޔާ ނައިފަރުން އެރޯޅީގެ އަސަރު ކުރި ގެތަކަކީ އީދު ކުޅީވަރު ކުޅޫމަށް ސަޕޯރޓް ކުރި މީހުންނޯ ! އެކަމ ނައިފަރު މީހުން ބުނާތީއެހިން ދީން ނަގައި ކޮނޑަށް ލައިގެން އުޅޭ މީޙުން އެފަދަ ހާލެއް ރައްޔިތުންގެ ތެރެއިން ބަޔަކަށް ކުރިމަތިވީމަވެސް އަލާވެސްނުލާ އެތަނަށްގޮސް މަލާމާތުގެ ރާގަށް ހޭން ތިބިކަމަށް ! އެއީތަ ދީޏުގަ އޮންނަ ގޮތަކީ ދީނުގަ އޮންނަނީ އެކަކު އަނެކަކަށް
ނުޖާހިލު: ޖާހިލުކަން ހައްދު ފަހަނަ އަޅާ ގޮސް ޢާއްމު ވެގެންވާ މުޞީބާތެއް ނުޖެހެނިސް ޤްރުއާނާ ރަސޫލާގެ ސުންނަތައް ތަބާވެ ހެޔޮ މަގު ޚިޔާރުކުރުމަށް ގޮވާލަން!!! އެއީ ރޯޅި ކަމުގައި ވިޔަސް ނިޒާރުބެ ކަމުގައި ވިޔަސް...

Posted on 2009-12-01 19:48:42 | Report this Comment
ވައިރޯޅި:

@ރޯޅި: ފާހިޝް ޢަމަލް ހިންގާ ކޮންމެ ތާކަށް މުސީބާތެއް އަންނަން ވެއްޖެ ނަމަ މި ދުނިޔެ ހަލާކު ވުގެން ހިނގާދާނެ. ސިގެރެޓް ބޯ ކޮންމެ މީހަކަށް ކެންސަރ އެއް ވެސް ނުޖެހޭ.

Posted on 2009-12-02 14:08:44 | Report this Comment
އަހަރެން:

އިބުރަތް ލިބިގަންނަން ޖެހޭ ކަމެއް

Posted on 2009-12-04 16:08:24 | Report this Comment
heyo edhey:

ahannaky vs miusicah loabi kuraa kujjeh! bt aharen vs mu vedhiya aknthah thakaky allah tha aalaage azaabeh kan gabool kuran!... allah aharemen emmenah heyo rahmai lahvaa thedhu magu dhahkavaashi! aaameeeen.

Posted on 2009-12-06 21:22:33 | Report this Comment
ޒާން:

ރޯޅިއެވެ. އަޚާއެވެ. ތައުބާވާށެވެ. މޫސުމަކީ ގަދަކީރިތިވަންތަ އިލާހެއްގެ ބާރުގެ ދަށުގައިވާ ކަމެކެވެ. އެކަލާނގެ މިންވަރުކުރެއްވި ތާކަށް ތޫފާނު ފޮނުއްވައެވެ. އެކަމަކު ބައެއްފަހަރު އިމްތިޙާނުގެ ގޮތުގައެވެ. އަނެއްބައިފަހަރު އިންޛާރުގެ އިޝާރާތެއްގެ ގޮތުގައެވެ. އެހެންފަހަރުތަކުގައި ޢަޛާބުގެ ގޮތުގައެވެ. އެހެންވީމާ މިއީ ޢަޛާބެއް ކަމުގައި ނުވަތަ އިންޛާރެއް ކަމުގައި ވެދާނެއެވެ. ދެން ބުނަން ހެއްޔެވެ؟ ޑައިނަސޯރ ޒަމާނުގައި އިންސާނުން ނޫޅޭކަމުގެ ހެއްކަކީ ކޮބާހެއްޔެވެ؟ ސައިންސްވެރިންނަށް ކަމެއްނުފެނުމަކީ އެކަމެއް ނުހިގާކަމުގެ ހެއްކެއްނޫނެވެ. އަޚާއެވެ. ތަޤުވާވެރިވާށެވެ! ތައުބާގެ މަގު ޚިޔާރު ކުރާށެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009