ރ.އިނގުރައިދޫގެ ދެކުޑަކުއްޖަކާއި އަންހެނަކު h1n1 އަށް ޕޮސިޓިވްވެއްޖެއެވެ. މީހެ ތެރޭގައި ހިމެނެނީ އުމުރުން 2 މަހުގެ ކުއްޖަކާއި އަދި ދޮޅު އަހަރުގެ ކުއްޖަކާއި، އުމުރުން 28 އަހަރުގެ އަންހެނެކެވެ. މިތިން މީހުންވެސް މިހާރު ތިބީ ރ.އިނގުރައިދޫ އެކުވެރިންގެ ޖަމްޢިއްޔާގެ ގޭގައި ކަރަންޓީނު ކުރެވިފައެވެ. އިނގުރައިދޫލައިވް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިތިންމީހުންނަށް ވެސް މިހާރު ދަނީ ފަރުވާދެމުންނެވެ. އަދި 3 މީހުންގެ ހާލުވެސް ރަގަޅެވެ.
އިނގުރައިދޫއިންh1n1 އަށް ޕްސިޓިވް ވި މީހުންގެ އަދަދު 5 ކަށް އެރީއެވެ. އެއީ މިބަލީގެ ސަބަބުން ނިޔާވެފައިވާ މީހާއާއި 3 ކުޑަކުދިންނާއި އަންހެނެކެވެ. މިވަގުތު އިނގުރައިދޫގައި ހެލްތް މިނިސްޓްރީގެ ޓީމެއްދަނީ ހަރަކާތް ތެރިވަމުންނެވެ.