ރ. އިނގުރައިދޫގެ އުމުރުން 4 އަހަރުގެ ކުޑަކުއްޖަކު H1N1 ވައިރަސް އަށް ޕޮސިޓިވް ވެއްޖެއެވެ. މިކުއްޖާ އިންފްލޫއެންޒާ-އޭ އަށް ޕްސިޓިވް ވެފައިވަނީ އިއްޔެއެވެ. އަދި އެކުއްޖާގެ ސާމްޕަލް މާލެ ގެނެސްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މިވަގުތު މިކުއްޖާ ވަނީ ރ.އުނގޫފަހަރު ރީޖަނަލް ހޮސްޕިޓަލް ގައި ކަރަންޓީނު ކުރެވިފައެވެ. މިކުއްޖާ އަކީ ރާއިފް، ރ.އިނގުރައިދޫ މުނިޔާގެއެވެ.
މިބަލީގައި ދުނިޔެދޫކުރި އަބްދުލް ރަޙްމާންއަލީ މާލެއިން އިނގުރައިދޫއަށް ދިޔަ މަގުމަތީގައި އޭނާ ދަތުރު ކުރި ދޯނި ބ.ކުޑަރިކިލަށް ޖައްސާފައިވާތީ އެރަށުން ވެސް މިބަލީގެ އަލާމާތްތައް ފެންނަ މީހުން ދަނީ ޓެސްޓް ކުރަމުންނެވެ. އަދި ހަމަ މިދޯނި ރ.ރަސްމާދޫ އަދި ރ.އިންނަމާދޫ އަށް ޖައްސާފައިވާތީ މިދެރަށުންވެސް ދަނީ ސައްކު ކުރެވޭ މީހުން ޓެސްޓް ކުރަމުންނެވެ.
އިނގުރައިދޫލައިވް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާގެ ހާލު ދަށަކަށް ނުދެއެވެ. އަދި އެކުއްޖާއަށް އަންނަނީ ފަރުވާދެމުންނެވެ.
Posted on 2009-11-20 14:42:44 |
Report this Comment