އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 19 11 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 139

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އިނގުރައިދޫގައި ޙެލްތް މިނިސްޓްރީގެ އެއްވެސް ބަޔަކު ނެތް

އިނގުރައިދޫގެ މީހަކު މަރުވުމާއި ވިދިގެން ހެލްތް މިނިސްޓްރީގެ ޓީމެއް އިއްޔެ ވަނީ އިނގުރައިދޫއަށް ގޮސްފައެވެ. އަދި މިމީހުން އިނގުރައިދޫއަށް ދިޔައިރު އިނގުރައިދޫ ރައްޔިތުންގެ ސަލާމަތަށްޓަކައި ބޭނުންވާނެ އެއްވެސް އެއްޗެއް ގެންދަވާފައި ނުވާ ކަމަކީ ވަރަށް ވެސް ދެރަކަމެކެވެ. މިޔަދުގެ މެންދުރު ހާއިރު މިމީހުން ވަނީ އިނގުރައިދޫ އިން ފުރާފައެވެ. އިނގުރައިދޫގެ އުމުރުން އެންމެ 4 އަހަރުގެ ތުއްތު ކުއްޖަކު މިޔަދުވަނީ އިންފްލޫއެންޒާ-އޭ އަށް ޕްސިޓިވްވެފައެވެ. އަދި އޫރު ރާގާއަށް ޓެސްޓް ކުރުމަށް ގެނައި ސާމްޕަލް ގެ ނަތީޖާ އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

އިނގުރައިދޫގެ ބޭފުޅުން މަޢުލޫމާތު ދެއްވި ގޮތުގައި އިނގުރައިދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުން މިވަގުތު ތިބީ އިނގުރައިދޫގައި ބަލިމަޑު ކަމެއް ފެތުރި ދާނެ ކަމުގެ ބިރުވެރިކަން މަތީގައެވެ. ހެލްތް މިނިސްޓްރީއަކީ ދިވެހިރާއްޖޭގެ ސިއްޙީ ކަންތައް ތަކާއި ބެހޭ މައި ވުޒާރާއެވެ. އަދި މިކަމާއި ގުޅިގެން މިބޭފުޅުން މިހާ ފަރުވާ ކުޑަގޮތަކަށް އަމަލު ކުރަމުން ގެންދާ ކަމަކީ އިނގުރައިދޫ ރައްޔިތެއްގެ ހަޢިސިއްޔަތުން އަޅުގަނޑު ވަރަށް ކުށްވެރިކުރާ ކަމެކެވެ. އެކަކު އެވަނީ އެބަލީގައި ދުނިޔެ ދޫކޮށްފައެވެ. 4 އަހަރުގެ ތުއްތު ކުއްޖާ އަށް ވާނެ ގޮތެއް އަދި ނޭންގެއެވެ. އިނގުރައިދޫގެ ރައްޔިތުން އެތިބީ ހާސްކަންމަތީގައެވެ.

ޖާރިޔާ އަކާ، ރާވިއްކާ ވާހަކާ މިކަންތައް ތަކަށް ރައްޔިތުންގެ މަޖްލީހާ ސަރުކާރުން ދޭސަމާލު ކަމާއި އެއްވަރަށް މިކަމަށް ސަމާލު ކަން ނުދެވިގެން މިއުޅެނީ ކީއްވެގެން ބާއެވެ. އިނގުރައިދޫގައި އުޅެމުން އެދަނީ ދިވެހިރައްޔިތުންނެއް ނޫންހެއްޔެވެ. މިއީ އަނެއްކާ ރައީސުލް ޖުމްހޫރިއްޔާ ޢަލްފާޟިލް މުޙައްމަދު ނަޝީދު ރ.އަލިފުށީގައި ވިދާޅުވި ގޮތައް ނުލަފާކަން ދައްކާލުން ބާވައެވެ. އަލިފުށީގައި އެމަނިކުފާނު ބުނެފައިވަނީ އެނާގެ ޕާޓީއަށް ވޯޓް ނުދެއްވާފިނަމަ ހުރި ނުލަފާކަން ދައްކާލާނެކަމަށެވެ. އިނގުރައިދޫއިން ރިޔާސީ އިންތިހާބު އަދި ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގައި ވެސް ކުރި ހޯއްދަވާފައިވަނީ ޑިއާރުޕީއެވެ. މިއީދެން ނުލަފާކަން ދައްކާލުން ނޫންދެން ކޮންކަމެއް ބާވައޭ ހިތައް އެބައަރައެވެ.

އޫރު ރޯގާ މުޅިއިނގުރައިދޫއަށް ފެތުރިގެންދާނެ ކަމުގެ ބިރު ހީވާއިރު އަނެއްކާ 24 ގަޑިއިރު ހަމަ ހޭގައި ނުހުންނަވާ ސަރުކާރުން ފެތުރިގެންދާނެ ކަމަށް ހީއްކޮށްގެން އެއުޅުއްވަނީ ލޮލުރޯގާ ބާވައޭ ވެސް މިހާރު އެބަހިތައް އަރައެވެ. މިހާރުން މިހާރަށް ދިވެހި ސަރުކާރަށް މިގޮވާލަނީ މިކަމާއި ބެހޭގޮތުން އަމަލީ ފިޔަވަޅުތައް އަޅާ ހެލްތް މިނިސްޓްރީގެ ބަޔަކު އިނގުރައިދޫއަށް ފޮނުވުމަށެވެ. އަދި މިކަން ކޮންޓްރޯލުން ނަށްޓަންވާ އިރަށް ކޮންޓްރޯލް ކުރުމަށެވެ. އެހެން ނޫނީ މުޅިދިވެހިރާއްޖެއަށް އޫރު ރޯގާ ފެތުރިދާނެތީއެވެ. މުޅިރާއްޖެއަށް އޫރު ރޯގާ ފެތުރިއްޖެ ނަމަ ތިމާވެށި އަދި ޑިމޮކްރަސީގެ "ކުޑަބައްޕަ" އަށް ވެސް މިބަލިޖެހިގެން އެކަމުގެ ވޭނުގައި މިދުނިޔެ ދޫކުރަން ޖެހިދާނެއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-11-19 23:18:23 | Report this Comment
ވިސްނާލާ:

މިވާހަކަ ލިޔެފައިވަނީވެސް ސަރުކާރާ އިދިކޮޅު މީހެއްކަން ލިޔުމުން ފާހަގަ ކޮއްލެވޭ.ބުނަން ދަރިޔާ ވާހަކައެއް މިހާރު މިނާނީ މިނާނާޅިން،ކާއްޓަކައް ކާއްޓެއް ހެޔޮކަމަކައް ތެޔޮހަމެއް ކިޔާ އަޑުނާހަންތަ. ޑިމޮކުރަސީގަ އުޅެވޭނީ ވަރައް ބޯބަހައްޓައިގެން.ރަންކޮޅާ އަތްތިލަބަޑި ނުޖަހަންޏާ ޖެހޭނީ ކަރު އެލުވާލަން
ތްރީޒީރޯވަން: " ވިސްނާލާ " އަތްތިލަބަޑި ޖެހިއަސް ނުޖެހިއަސް އިންސާނީ ޚިދުމަތް ލިބެންޖެހޭނީ ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ނަމަވެސް އަނެއްދިވެހިރާއްޖޭގެ ހާލަތަކީ އަތްތިލަބަޑި ނުޖަހާ ހަމައިން ނައްޓާއިގެންތިބޭ މީހުންނަށް ޚިދުމަތް ދިނުން ކަން މިހާރު އެގިއްޖެ އެހެން ނަމަވެސް އަތްތިލަބަޑި ޖަހައިގެން ގޮއްރީދޫ އުގުޅައިގެން ހަމައިން ނެއްޓިގެން ގަންޖާބޯ ފަސްބައި ފަހަތުގައި ދޫލަމުން ދުވާކަށެއް މިޤައުމުގެ ރައްޔިތުން ބޭނުމެއް ނުވޭ! ސުކުރިއްޔާ

Posted on 2009-11-20 11:48:10 | Report this Comment
އަފްރާސްޓަސް:

މިލާރު މިޔަލިޔުމުގައި ސިޔާސީވެގެންގޮސް ޒާތީވެފައި ތިޔޮތީ. ބުނަންތަ ތިބުނާ އަންނި (ގަންޖާބޯ) ދޯ އިންގުރައިދޫއަށް ރޯގާ ގެންދިޔައީ. ހެލްތުމިނިސްޓްރީގައި އެންދަ އައިމިނަތުޖަމީލު އެއީ ކީއްކުރާމީހެއްތަ. ސަރުކާރުން ކުޅެންގެންގުޅޭ ޖާރިޔާއެއްދޯއެއީ، އާނ އެންޏާ އެބޭފުޅުން އޮންނަނީ ކަމެއްވާއިރަށް ފުރައިގެންގޮސް ގޮތްދައްކާލާފައި އައުން ރަށްތަކުގައި ބަލިފެތުރޭތީވެ ސަރުކާރުގެ ވުޒާރާތަކުން ކުރާކަމަކީ ކޮބާތޯ ސުވާލުއުފެދޭ ، ނޫނސްވެރިންނާއި ބައްދަލުކޮށްފައި ބުނާނެ 30 އަހަރޭ 30 އަހަރޭ!

Posted on 2009-11-20 20:56:10 | Report this Comment
:

ސަރުކާރުން މިފަދަ ބަލިތަށް ހަލުވި ސްޕީޑެއްގައި އިނގުރައިދޫގައި ފެތުރެމުންދާތީ ކަންބޮޑުވުމެއް ގެންގުޅޭހެނެއް ހިއެއްނުވޭ! ޖާރިޔާވެގެން ބަނގުރާނުވިއްކިގެން ނުވަތަ ޢައިރުދީޏްތަކުގެމީހުން އަޅުކަންކުރާނެ ތަނެއްނެތިގެން މިވެރިކަމުގެ ބާރުތަކުން ކަންބޮޑުވާއިރު، ރައްޔިތުންގެ ސިއްހި ހާލަތާއިމެދު ސަމާލުނުވެގެން މިތެޅެނީ ކީއްވެގެންބާއޭ ހިތައްއަރާ! އައްނީ އެވެ ކަލޭ ހޭއަރާ މިކަމާއި ސަމާލުވާންވެއްޖެ! ސިއްހީ ރެސްކިއު އަނެއްދިވެހިރާއްޖެއަށް އަރުއްވައިގެން ދިޔައީތޯއެވެ.‫​

Posted on 2009-11-21 01:27:29 | Report this Comment
ގަންޖާބޯ އިސްތިއުފާ:

ހަމަ މިހާރު ގަންޖާބޯ އިސްތިއުފާ ދިނުމަށް ގޮވަލަން..މަކަރުވެރި ހިޔަޅު ގަންޖާބޯ..އަންނިމާރި

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.