އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 19 11 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 53

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ކުޑަކުއްޖަކު އިންފްލޫއެންޒާ-އޭއަށް ޕޮސިޓިއްވެއްޖެ

އިއްޔެ ހަވީރުގެ ވަގުތުގައި ނިޔާވި އިނގުރައިދޫގެ އަބްދުލްރަޙްމާން އިބްރާހީމް އަށް ގޮވާލަން ދިޔަ ކުޑަކުއްޖަކު އިންފްލޫ އެންޒާ-އޭއަށް ޕޮސިޓިވް ވެއްޖެއެވެ. ޙަބަރު ލިބިފައިވާ ގޮތުގައި އިނގުރައިދޫގެ އެކުޑަކުއްޖާއަށް އިންފްލޫއެންޒާ ޖެހިފައިވޭތޯ ބެލުމަށް މާލެއަށް މިހާރު ސާމްޕަލް ގެންނަމުންދާ ކަމަށެވެ. ޑރ. ޖަމްޝީދު މިކަމާއި ބެހޭގޮތުން ވިދާޅުވެފައިވަނީ އެކުއްޖާގެ ސާމްޕަލް މިއަދު 5.00 ހާއިރު ލިބޭނެ ކަމަށެވެ.

ހެލްމިނިސްޓްރީ އަބަދުވެސް އިލްތިމާސް ކުރަމުންދަނީ ކުޑަކުން ބަލިމީހުންނަށް ގޮވާލުމަށް ނުގެންދިޔުމަށެވެ. މިގޮތުން ހަބަރު ލިބިފައިވާ ގޮތުގައި މިކުޑަކުއްޖާ އަކީ ނިހާވި މީހާއާއި އެއްވެސް ގުޅުމެއް ހުރި ކުއްޖެއް ނޫންކަމަށެވެ.

އިނގުރައިދޫއަށް އިއްޔެ ހެލްތް މިނިސްޓްރީއިން އައި ޓީމު މިހާރު ވަނީ ފުރައިގެން ގޮސްފައެވެ. އަދި ހަބަރު ލިބިފައިވާ ގޮތުގައި ހެލްތްމިނިސްޓްރީ އިން އިނގުރައިދޫގެ އާންމު ރައްޔިތުންނާއި މުހާތަބް ކޮށް އެއްވެސް ވާހަކަ އެއް ނުވަތަ އިލްތިމާސް އެއް ކޮށްފައި އެތް ނުވެއެވެ. މިގޮތުން އިނގުރައިދޫ މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި އިނގުރައިދޫގައި ޕްރޮޓެކްޝަން މާސްކެއް ހާ ހިސާބުވެސް ނެތް ކަމަށެވެ. އަދި އެބޭފުޅާ ވިދާޅުވީ ޓީވީއިން އާއި ރޭޑިޔޯ އިން މުޅިންވެސް ގެނެސް ދެމުންދަނީ ދޮގު ހަބަރު ތައް ކަމަށެވެ. “ކަން ހުރި ގޮތަކީ މިއީ އެއްވެސް ސަލާމަތީ ފިޔަވަޅެއް އަޅާފައިއެއް ނެތް، މީޑިޔާގެ އެއްވެސް މީހަކު އިނގުރައިދޫ އަކު ނެތް، މުޅިން ދޮގު ހަބަރު ގެނެސްދެނީ" އެބޭފުޅާ ބުންޏެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.