Muraasil

ހޯދާ

އޫރު ރޯގާ ޖެހިގެން ދިވެސަކު މިއަދު މަރުވެއްޖެ

މެނދުރުފަހުގެ ވަގުތެއްގައި އޫރު ރޯގާ ޖެހިގެން 65 އަހަރުގެ ދިވެހި ފިރިހެނަކު އުގޫފާރު ރީޖަނަލް ހޮސްޕިޓަލް ގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ އެވެ. މި ބަލިމީހާ ހާލުދެރަވެގެން އުގޫފާރު ހޮސްޕިޓަލް އަށް ގެނެސް ޓެސްޓް ކުރުމުން އިންފުލުއެންޒާ އޭ އަށް ޕޮސިޓިވް ވުމުގެ ސަބަބުން ސާމްޕަލް މާލެ ގެނެސް ޓެސްޓް ކުރުމުން އެޗް.ވަން.އެން.ވަން އަށް ޕޮސިޓިވް ވެފައިވާކަން ވެސް ހެލްތް މިނިސްޓްރީ އިން ވަނީ ކަށަވަރު ކޮށްދީފައެވެ.

މިމީހާ އަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ނުވާ އަދި ރާއްޖޭގައި އޫރުރޯގާ ޖެހުމުގެ ސަބަބުން ފަރުވާ ހޯދާފައިވާ މީހުންނާ ކޮންޓެކްޓް ވެފައިވާ މީހެއް ނޫންކަމަށާއި އެކަމުން ދޭހަވަނީ ރާއްޖޭގައި އެވައިރަސް އުޅޭ ކަމަށް ކަމަށް ހެލްތް މިނިސްޓްރީ އިން މައުލޫމާތު ދެއްވަ އެވެ.

މިހަބަރާއި ގުޅޭ އިތުރު ތަފްސީލް ލިބުނުހާ އަވަހަކަށް ގެނެސްދޭނަމެވެ.


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-11-18 18:51:21 | Report this Comment
ރައްކާވެ ތިބިއްޔާ ދަތުރެވެ.:

ﷲދިވެހި ޤައު މު މި ކަހަލަ ބަލިތަކުން ސަލާމަތް ކުރައްވާށި.އާމީން އަދި އެބޭބެ އަށް ސުވަރުގެ ދެއްވާ ޢާއިލާ އަށް ކެތްތެރިކަން މިންވަރު ކުރައްވަވާށި!

Posted on 2009-11-18 19:29:23 | Report this Comment
ރާޒީ:

ސަމާލުވުން މުހިންމު. ޔަހޫދީން ފަތުރާ ޢިޤްތިސާދު ފުންޑުމުގެ ޕެކެޓްކުރި ބަލި

Posted on 2009-11-19 00:21:47 | Report this Comment
ނުމުރާސިލު:

ކޮބާތޯ ތަފްސީލު

Posted on 2009-11-19 08:29:29 | Report this Comment
ރައްޕޯ:

އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. އެމަރުޙޫމަށް ސުވަރުގެ ނަޞީބު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!

Posted on 2009-11-26 07:32:09 | Report this Comment
ޝާމިލް:

އިންނާލިއްލާހި ވައިންނާއިލައިހި ރާޖިއޫން.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009