ޖާވީޝް ހަމީދު

  • ޝާއިޢުކުރި ތާރީޚް: 12 11 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 541

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ނޮވެމްބަރ 17ގައި ލީއަނިޑް ގިނިހިލަވާރޭ ބޯކޮށްވެހޭނެ

ރޯވެފައިވާ ގިނިހިލައެއް އުޑުހުރަސްކޮށް ދިޔުމަކީ ރާއްޖޭގެ ރައްތަކުގެ ރައްޔިތުންނަށް ކޮންމެވެސް އެއްއިރެއްގައި ފެނިފައިވުން ގާތްކަމެކެވެ. ފެންނަ ފެނުމަށް އެގިނިހިލަ ހީވާނީ ތަންކޮޅެއް އަލިގަދަ ތަރިއެއް ވެއްޓެންދާހެންކަމަށްވަތީ މިކަމަށް އާންމުކޮށް ދިވެހިން ކިޔާ އުޅެނީ ތަރިއޮށްސުމެވެ. އުމުރުގައިވެސް އަދި މިފަދަ ގިނިހިލައެއް ނުފެންނަނަމަ މިމަހުގެ 16،17 އަދި 18 ވަނަ ދުވަހުގެ ރޭގަނޑު އުޑުމައްޗަށް ލޯ ހުށިޔާރުކޮށްލާފައި ބަހައްޓާށެވެ. މީގެ ތެރެއިން 17ވަނަ ދުވަހުގެ ރެޔަކީ ނުޖޫމީ އިލްމުވެރިން އޭޝިޔާގެ ހިސާބުތަކަށް ގަޑިޔަކު ގާތްގަނޑަކަށް 500 ގިނިހިލަ ފެންނާނެ ކަމަށް ލަފާކުރާ ރެއެކެވެ. މިއަހަރު މިވާރޭގެ އަސްލު ދިމާވަނީ ސީދާ ޕްލެނެޓް މާސްއާއި ދިމާލުންކަމުން މިވާރޭ ބަލަން އެންމެ ފަސޭހަވާނީ މާސް އުޑުމަތިން ހޯދާލުމުންނެވެ. މާސްއަކީ އުޑުމަތިން އެންމެ ރަތްކަންބޮޑުކޮށް ފެންނާނެ ތަރިއެވެ.

ލީއަނިޑް ގިނިހިލަތަކަކީ 19ވަނަ ގަރުނުގައި ހޯދިފައިވާ "ޓެމްޕެލް-ޓަޓްލް"ގެ ނަންދެވިފައިވާ ދުންތަރިއަކުން ދޫކުރަމުންދާ ކުނިބުނިން އަންނަ އެތިކޮޅުތަކެކެވެ. މިފަދަ ކުނިބުނިގަނޑު ހެދެނީ ދުންތަރިއެއް އިރުވަށައިގެން ބުރުޖަހަމުންދާއިރު އިރުގެ ހޫނާއިގާތްވެ ދުންތަރީގައިވާ ގަނޑުވެފައިވާ ގޭސްތަކަށް ހޫނުވެ އާތްވަށްބަދަލުވުމުން ގޭސްތަކާއި އެއާއިއެއްކޮށް ގަނޑުވެ ހަރުވެފައިވާ އެތިކޮޅުތައް ނެއްޓުމުންނެވެ. ދުންތަރިއެއް ފެންނައިރު ދުންތަރީގެ ވަށާ އަދި ޚާއްސަކޮށް ފަހަތުގައި ހެދިފައި އޮންނަ ދުންގަޑަކީ މިފަދަ ކުނިބުނިގަނޑެވެ. ވީމާ، ލީކުވަމުންދާ ކުލަފާޓާއެއް ހިފައިގެންދާ މީހާ ދާމަގުގައި ކުލަފައިބާފައި ހުންނަފަދައިން، އިރުވަށައި ދުންތަރިބުރުޖަހާއިރު މިކުނިބުނިގަނޑު ހުރެއެވެ.

ލީއަނިޑް ގިނިހިލަވާރޭއާއި ދުނިޔެއަށް ކުރިމަތިވަނީ ޓެމްޕެލް-ޓަޓްލްއިން ދޫކޮއްފައިވާ ކުނިބުނިގަނޑުގެ ތެރޭން ދުނިޔެ ދަތުރުކޮއްފައި ދާއިރުއެވެ. މިކަން އާންމުކޮށް ދިމާވަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު 17އާއެވެ. މިވަރޭއަށް "ލީއަނިޑް"އޭ ކިޔަނީ މިގިނިހިލަތަށް ފެށިގެން އަންނަ ދިމާލަކަށް އުޑުމަތިން ފެންނަނީ ލިޔޯ ތަރި ކޮންސްޓަލޭޝަންކައިރިންވީމައެވެ. ގިނިހިލަތައް އައުމުން ތަރި އޮއްސޭހެން އުޑުމަތިން އެފެންނަނީ ގިނިހިލައިގެ އެތިކޮޅުތައް ދުނިޔޭގެ ވައިގެފަށަލައިގެ ތެރެއަށްވަދެ ވައިގެ މޮލަކިއޫލްސްތައް ގިނިހިލައިގައި ޖެހި ހިނގާ ކަންތައްގަނޑުގައި ރޯވެ ފޯޓޯންސް ދޫކުރުމުންނެވެ.

މިހާތަނަށް އެންމެ ބޯ ލީއަނިޑް ގިނިހިލަވާރޭ ވެހުނީ 1833ގައެވެ. އެއަހަރު ގަޑިއަކު 100،000 (އެއްލައްކަ) އެއްހާ ގިނިހިލަވެހުނެވެ!

އިތުރު މައުލޫމާތު:
http://www.space.com/spacewatch/091101-leonid-meteor-shower-2009.html
http://en.wikipedia.org/wiki/Leonids

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-11-12 21:54:31 | Report this Comment
ސައުދު:

ވަރަށް ވެސް މޮޅު ލިޔުމެއް

Posted on 2009-11-13 02:08:18 | Report this Comment
ތްރީޒީރޯވަން:

ގިނިހިލަވާރޭ ވެހޭވާހަކަދައްކައިގެން ދެބޯގެރި ނުދުއްވާށެވެ. ޤައުމު މިއަދު މިވަނީ ރާހުއްދާކޮއްފައެވެ. ތިޔަ އޮތީ ހެޔޮބަދަލެއް ގެނެވިފައެވެ

Posted on 2009-11-13 12:44:01 | Report this Comment
ލޫތުގެފާނު:

ލޫތުގެފާނު އެކަލޭގެފާނުގެ އަހުލުވެރިންނަށް ވިދާޅުވި: މާތް ﷲ ތިމަންކަލޭގެފާނަށް އަމުރުކުރައްވަނީ ކަލޭމެންނާއިގެން އަވަހަށް ދިއުމަށް. މާތް ﷲ އެކަލާނގެ މަލާއިކަތުންނަށް އަމުރުކުރެއްވުމުން އެބޭކަލުން އެމީހުންގެ ލޯމަތީގައްޔާއި ކަންފަތްމަތީގައި ޖެއްސެވި. އަދި އެމީހުން އެތިބީ ވެއްޓިފާ. ކަލޭމެންގެ އެއްވެސް ކަމެއް އެމީހުންނަކަށް ނޭނގޭނެ. މާތް ﷲ ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަހުލުން ސަލާމަތްކޮށްދެއްވުމަށް ވައުދުވެވޮޑިގެންފައިވޭ. އެމީހުންގެ ހިތްތަކުގައި ކާފަރުކަން ވަންހަނާކޮށްފައިވާ މީހުން ފިޔަވާ. މާތް ﷲ މިރަށަށް މަތިން ވަރުގަދަ އަޒާބެއް ބާވާލައްވާނެ!! ރަށުގެ މީހުން ހަލާކު ކުރައްވަނިވި ހިލަކޮޅުތަކެއް ބާވާލައްވާނެ. އެއިންކޮންމެ ހިލަކޮޅެއްގައި އެމީހެއްގެ ނަން ލިޔެވިފައިވާނެ. އަދި އެމީހުންގެ މައްޗަށް ބިންގަނޑު އަނެއްފުށަށް ޖައްސަވާނެ. އަދި ފަރުބަދަތަށް ކުދިކުދިކޮށްލައްވާ ވާދީތައް އުފުއްލަވާނެ. ރަށުގެ މަތިފުށް ދަށްފުށަށް ޖައްސަވާނެ. ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ފަސްއެނބުރި ބަލައިގެން ނުވާނެ! އެފަދަ މީހާ އެމީހުންނާއެކު ހަލާކުވެގެންދާނެ. ތިޔަބައިމީހުންގެ ކަންފަތްތައް ބީރުވާފަދަ ގަދަ އަޑެއް އިވޭނެ. ބިރުންގޮސް ހިތްފަޅައިގެންދާފަދަ ވަރުގަދަ ގުގުމެއް އިހްސާސްކުރެވޭން. ލޯތައްކަނުވާފަދަ ގަދަ އައްޔެއް ފެންނާނެ. މިކަންކަމަށް ކެތްތެރިކަމާ ނަމާދުން ވާގި ހޯދާ. ﷲގެ މަތިން ގިނަގިނައިން ހަނދުމަކުރޭ. ޚަބަރުދާރު! ފަހަތަށް އެނބުރި ނުބަލާތި! އެމީހުން ހަލާކުކުރައްވަނިވި ވަގުތަކީ ފަތިސް ވަގުތު. އެމީހުންނަށް އެކަމުގެ ބިރުވެރިކަމުގެ ޚަބަރު ދެއްވުނު ކަންތައް އައިސް ޖެހިއްޖެ!

Posted on 2009-11-16 18:00:31 | Report this Comment
ޢަބްދުﷲ:

މި ލިޔުން ކިޔާލާފަ ޖާވިޝް ގެ ދިވެހި ލިޔުންތެރިކަން ވެސް ވަރަށް ފުރިހަމަ އޭ ބުނެވޭނީ. ދިވެހިން ނަށް މާދަރީ ބަހުން ސައިންސް މުޤައްރަރެށް އެކު ލަވާލަނ ޖާވިޝް މަސައްކަތް ފަށާފަ ސަރުކާރަށް ހުށަހަޅަން ވީނު؟ ހަމަ ރަނގަޅު ގޮތުގަ ބަލައި ގަތުން ވެސް އެކަޝީގެން ވެއެއްނު ދޯ؟ ލިޔުމުގަ މި މަންޡަރު ފެންނާނެ ވަޤުތެށް ގަޑި އާއި މިނެޓާއި އެކު ބުނެދިން ނަމަ ވަރަށް ކަމުދިޔަ އީސް ކަމަށް ބެލެވޭ. ޝުކުރިއްޔާ.

Posted on 2009-11-17 00:38:56 | Report this Comment
ސެކްސީ:

ރަށް ރަށޭ......ހެހެ (: މޭން...އިމްޕްރޫވް ޔޯރް ދިވެހި... ؛)

Posted on 2009-11-21 16:40:25 | Report this Comment
ހެޔޮއެދޭ:

ހަމަ ރަނގަޅެވެ. ސައިންޓިފިކު މާގިނަ ކަންތައްތަކެއް ނޭނގުނު ކަމުގައި ވިއަސް މި ލިޔުން ކިޔައިލުމުން މިކަންވާގޮތް އޮޅުންފިލައިފި، އަދި އެންމެ ރަނގަޅު ކަމަކީ ކުރިން ދިމާވެފައިވާ މިކަމުގެ ތާރީޚި ކަމެއް ބުނެދީފައޮތީމަ. ދެން ރަނގަޅު ކޮށްލަން ހުރި ބައެއް ކަންތައްތައް. ހުޝިޔާރު، މިތަނުގައި ށ ރަނގަޅެއްނޫން. ދިމާލަކަށް، ނުލިޔާނެ، ދިމާއަކަށް ނުވަތަ ދިމާއަށް ބަލައިލުމުން. މިކަހަލަ ގޮތަކަށް. ޝުކުރިއްޔާ. ތިޔަފޮތް ލިޔުމުގައިވެސް އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވޭ. ބައެއް އައު ލަފުޒުތައްވެސް ތިޔަފޮތުގައި ތަޢާރަފު ކުރަންޖެހޭނެހެން ހީވޭ. ސާބަސްދެން. ޝުކުރިއްޔާ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.