އަލިމަނިކު

  • ޝާއިޢުކުރި ތާރީޚް: 10 11 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 213

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދިއެފްއެމްގެ މިއަދުގެ ޕްރޮގްރާމް: ދިއެފްއިން މިހާރުވެސް ކުރަމުންދާ ހަޑިހުތުރު އަމަލު،.ވޯޓަށް ނުފޫޒު ފޯރުވުން، ރައްޔިތުން ލޭކައްކުވާލުމުގެ ބޭނުމުގައި

މިއަދު ނެގެން އުޅޭ އިތުބާރު ނެތްކަމުގެ ވޯޓުގެ ހަބަރެއް ބަލާލުމަށް އެކިއެކި ނޫސްތަކުގެ ސައިޓުތަކާ ރެޑިއޯތައް އަޑުއަހާލުމަށް ކުރި މަސައްކަތުން ފުރަތަމަވެސް ކަންފަތަށް އިވުނީ ޗަންޕާއުއްޗުގެ ޕްރޮޕެގެންޑާ ދޮގު މެޝިނުން ޑރ. ޝަހީދާ ބެހޭ ގޮތުން ސަރުކާރާ ދެކޮޅު މީހުންގެ އަޑުތަކެވެ. އެތައް ދުވަހެއްކޮށްފައި، ރާއްޖެއާ އެތައް މޭލެއް ދުރުން، ދިވެހި ރޭޑިއޯއެއް، ދިވެހި ހަބަރެއް ބަލާލުމުންވެސް މިމީހުންގެ ނާތަހުޒީބީ ، ފިނޑިއަމަލުތައް ހައްދުފަހަނައަޅާފައިވާ ވަރު ފެނިއްޖެއެވެ. ދިވެހިން ހަރުމުދާކަމަށްވާ ކަނޑުފަޅުން އަމިއްލައަށް ރަށް ހަދައިގެން މުދާ ފޭރިގަނެގެން އުޅޭ ރަންނަމާރިންގެ ވައްތަރަކީތީއީދޯއެވެ. އެމްޓީޑީސީ ބަނޑު އަޅާލަން އުޅެ އެކަން ނުވެގެން ރާޑިވެގެން އުއްޗު ވައްވައް ޖަހާނެއެވެ. ސަރުކާރަށް ހަމަ އެއްޗެކޭވެސް ހިތައްނާރާނެއެވެ. އުއްޗުމެންގެ ހަގީގީ ސިފަ އަދި ދިވެހިރައްޔިތުންނަށް ފެންނާނެއެވެ. ކުރަމުންދާ ވަހުޝީ އަމަލުތަކުގެ ހިސާވުބެއްލެވޭ ދުވަހެއްވެސް ވާނެއެވެ. އެދުވަހަކުން ތިޔަ ޒައީމެއްގެ މަދަދެއް ނުލިބޭނެއެވެ.

ދިއެފްއެމްގެ ތި ނާތަހުޒީބީ އަމަލު، ފިނޑިއަމަލުތައް އެންމެ ވައްތަރީ ތަމަޅައިން ރާއްޖެ ހިފުމަށް ދިން ނާކާމިޔާބު ހަމަލައާއެވެ. ސަރުކާރާ ދެކޮޅަށް ކަތިވަޅިހިފައިގެން ރީތިގޮތުގައި ނުކުންނާށޭ ތިޔަ ބުނަނީ ދޯއެވެ.

އުއްޗުއާ ބެހޭގޮތުން ދައްކާނެ ވާހަކަ، ޑރ.ޝަހީދަށްވުރެ ގިނަވާނެއެވެ. މަޑުން މިތިބެނީ ވާނުވާ ނޭންގިއެއްނޫނެވެ.

ކުޑަކުދިންގެ ހައްގުތަކާއި، ކިޔަވާކުދިންގެ ހައްގުތަކާ، އަންހެންކުދިންގެ ހައްގުތަކާއި، ނިކަމެތި އަތޮޅުތެރޭގެ ކުދިންގެ ހައްގުތަކުގެ ވާހަކަ ތިޔަ ރެޑިއޯއިން ކިޔާނެ ދުވަހަކަށް އެބަ އިންތިޒާރުކުރަމެވެ. އަހަރެންގެ ހިޔާލުވެސް ރައްޔިތުންނަށް އިއްވަންވާނެއެވެ. ފޯނުކޯލަށް އިންތިޒާރުކުރާށެވެ. އަހަރެންވެސް ތި ޕްރޮގްރަމަށް ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-11-10 11:23:13 | Report this Comment
އަލިމަނިކު:

ކޮބާ ކެތެއް ނުވޭދޯ ، މަޖްލީހިގަ ދައްކާ ވާހަކަ،..އެހެންވެ މެދުކަނޑާލަނީ
ސޯޓުސަންފާ: ސަންފަގެ ސޯޓުބޭލެނީއްޔޯ! "ސޯޓުސަންފާ"
ސޯޓު: ޗަންޕާ ސޯޓުބޭލެނީ "ސޯޓު"
ސޯޓުސަންފަ: ފިލާއޮވެ ސޯޓުބުރި ފުއްޕަނީ މިކަލޭގެއަކީ ކިހާވަރެއްގެ މީހެއްކަން އަހަރުމެންނަށް ނޭގޭ ކަމަށްތަ؟ "ސޯޓު ސަންފަ"

Posted on 2009-11-10 12:04:22 | Report this Comment
އަހްމަދު އަދީލް:

ރީއްޗެއްނުވާނެ ރައްޔިތުންނިކުމެ ތަން ސައިޒަށް ތިރި އަރުވާލީމާ... ޗަންޕާމެން މައުމޫނާއެކު ގަޑުގަތަސް މިއަދު ޖެހޭނީ ވެލިކާން...

Posted on 2009-11-10 12:42:27 | Report this Comment
މުހައްމަދު :

ހަޤީގަތުގައިވެސް ދިޓީވީ އާއި އަދި ދިއެފް އެމް ގެ ޒިންމާދާރުކަން ކުޑަ ކަމާއިމެދު ހިތާމަކުރަމެވެ. ތާއަބަދު ސަރުކާރު ކަމުނުދާވާހަކަ ދައްކާ ދައްކާ މިހާރު ދެން ވަރަށް އިތުބާރު ގެއްލޭ ހިސާބަށް ކަންތައް މިވަނީ ގޮސްފައެވެ. ސްޓްރަކްޗަރޑް ޕްރޮގްރާމިންގ ގައި ސިޔާސީ ވާހަކަ ދައްކާ ވަކި ޕްރޮގްރާމެއް ހިމެނުން ރަނގަޅުވެފައި މީހުން ބަލައިގަންނާނޭކަމަށް އަޅުގަނޑު ދެކެމެވެ. ސަރުކާރަށްވެސް އަދި އެހެން ފަރާތަކަށްވެސް ކެނޑިނޭޅި ފާޑު ކިޔަމުންދާނަމަ އާއްމު ރައްޔިތުންނަށް ހަޤީގަތަށް ދައްކާވާހަކައަކީ ކޮބައިކަން ދެނެގަންނަން އުނދަގޫވާނެއެވެ. ތިމާއަށް ލިބިފައިވާ އާރާއި ބާރު ބޭނުންކުރުމުގައި ހެޔޮ ވިސްނުން ކުރިއަށް ނެރުމަކީ އަބަދުވެސް ބުއްދިވެރި ކަމެކެވެ. ވެރިކަމުގައި ކޮންމެފަރާތެއް ހުއްޓަސް، އިދިކޮޅު ފަރާތުގައި ކޮންމެ ފަރާތެއް ހުއްޓަސް ފަރުވާލެއްނެތި ގައުމީ، ވަތަނީ ވިސްނުން އަޅުގަނޑުމެން ކުރިއަށް ނެރޭނީ ކޮންއިރަކުން ބާވައެވެ. ހައްދަވާ ބޮޑުކުރެއްވި މާތް ރަސްކަލާކޮ، އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވައި އަޅަމެންނަނީ އަޅަމެންގެ މައިން ބަފައިންނަށާއި، ގާތް ތިމާގެ މީހުންނަށާއި އަނބި ދަރިންނަށް ހެޔޮއެދޭ ސާލިހް ހެޔޮ އަޅުންކަމުގައި ލައްވާށި.. އާމީން

Posted on 2009-11-10 12:44:26 | Report this Comment
ސަހީ:

ވަރަށް ރަގަޅު ލިއުމެއް ދި އެފް އެމް ގައުމުގަ ފަސާދަ ފަތުރަނީ

Posted on 2009-11-10 14:39:49 | Report this Comment
އައްޗިއުއްޗު:

ދިއެފް ދެން ލަލަލަލާ...

Posted on 2009-11-10 15:17:48 | Report this Comment
ކޯކުލި ސޭޓް:

މިހެންވާންމިޖެހުނީ މިއޮއްހުރިހާދުވަހު މައުމޫނުމުށުތެރޭއޮތް ޓީވީއެމް މިހާރު އަންނިގެ މުށުތެރެއަށްލާބާރުކޮއްފައިވާތީ

Posted on 2009-11-10 16:47:39 | Report this Comment
އާމިނަތު:

މުޙައްމަދު ލިޔެފައިވާ ކޮމެންޓަށް ވަރަށް ތާއީދު ކުރެވޭ. މިއަދު ދި އެފް ރޭޑިޔޯ އަޑުއަހަމުން ދިޔައިރު ތަކުރާރުކޮށް ފޮނުވަމުން ދިޔަ ތަންކޮޅެއް އަޑުއިވި ވަރަށް ލަދުގަތެވެ. އެއީ މާކެޓް އިކޮނޮމީއަށް ތާއީދު ކުރާ ބައެއް ކަމަށް އެމް.ޑީ.ޕީއަކީ ޑރ. ޝަހީދު ވިދާޅުވުމުން، ރިޕޯޓަރަށް އެވިދާޅުވި އެއްޗަކީ ކޯޗެއްކަންވެސް ނޭގުނީތީއެވެ. ރިޕޯޓަރު ހީކުރީ ޑރ. ޝަހީދު އެވިދާޅުވީ އެމް.ޑީ.ޕީ އަކީ ބާޒާރު މަތީ ޕާޓީއެކޭ ކަމަށެވެ. މިވަރު ވީމަ ލަދުގަންނަން ޖެހޭނެދޯ މުޅި ދުނިޔެއަށް އަޑު ފޮނުވަމުން ދާއިރު!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.