ޖުމްހޫރީމައިދާނުން މިޔަދުފެނިގެން ގޮސްފައިވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ފޯރަމް އަކަށް ތަންޒީނަތްތެރި ކުރަން އުޅޭތަނެވެ. މިތަނުން މިޔަދު ގާތް ގަނޑަކަށް 250ހާ ފަން ވަނީ ބޭނުން ކޮށްފައެވެ. އަދި އެތަކެއް ގޯނީގެ ދޮންވެލިވެސް ވަނީ ބޭނުން ކޮށްފައެވެ. ނަމަވެސް ވިސްނާލަން ޖެހޭކަމަކީ ފަންލިބޭނީ ކޮންމެވެސް ތާކު ހުރި އަރަފޯދިފައި ހުރި ރުތްތަކެއް ކަނޑައިގެން ކަމެވެ. ދޮންވެލި ލިބޭނީ ކޮންމެވެސް ގޮނޑުދޮށަކުން ނުވަތަ މޫދަކުންކަމެވެ.
250 ހާރުކަކީ އާންމުކޮށް ބަލާނަމަ ގާތް ގަނޑަކަށް 10 ރުކެވެ. އާންމުގޮތެއްގައި ރުކެއް ހެދެން 12 އަހަރުދުވަސް ނަގާކަމަށް ވެއެވެ. މިހެން ކަމަށް ވަންޏާމު ތިމާވެށި ހިމާޔަތް ކުރަން އުޅޭބަޔަކު ތިމާވެއްޓަށް މިހާބޮޑު ގެއްލުމެން ދިނުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. މިހާބޮޑު ގެއްލުމެއް ނުދީ ގިރައިގެން ގޮސްފަނާވާން ކައިރިވެފައިވާ ރަށެއްގައި މިކަންބޭއްވުން މާބުއްދިވެރިވާނެ ކަމަށް ދެކެމެވެ. އޭރުން އެތަނަށް ދާމީޑީޔާގެ މީހުންނަށް އަސްލާއިއެކު ތިމާވެއްޓަށް މިވާގެއްލުން ފެންނަށް ހުންނާނެއެވެ. މާލޭގެ ޖުމްހޫރީމައިދާން ގޮނޑުދޮށަކާއި ވައްތަރުކުރަން ވެގެން ތިމާވެއްޓަށް ގެއްލުންދިނުމަށް ވުރެން މިގޮތް ރަގަޅުވާނެ ކަމަށް ދެކެމެވެ.
Posted on 2009-11-10 08:54:21 |
Report this Comment