އިނގުރައިދޫގެ ކުޑަކަތީބާ އަލްފާޟިލާ ސަމީޙާ އިސްމާޢީލްގެ އިސްތިއުފާއަށް ގޮވާލާފައިވާ ލިޔުންތަކެއް އިނގުރައިދޫގެ މަގުމައްޗައް އަޅައިފިއެވެ. ހަބަރު ލިބިފައިވާ ގޮތުގައި މިލިޔުންތަކުގެ ވަރަށް ގިނަ އަދަދެއްގެ ކޮޕީވަނީ އިނގުރައިދޫގެ އެކި ހިސާބުތަކަށް އަޅާފައެވެ. އިނގުރައިދޫލައިވްއަށް މަޢުލޫމާތުދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި މިލިޔުން ތަކުގައިވަނީ ސަމީހާ އިސްތިއުފާ ދޭންވީ ގިނަ އަދަދެއްގެ ސަބަބުތަކެއް ބަޔާން ކޮށްފައި ކަމަށެވެ. އެބޭފުޅާ ވިދާޅުވީ ” ލިޔުމުގައި ލިޔެފައިވާ ގޮތުގައި އަންހެނަކު، ފިރިހެނުން ތަކެއްގެ މައްޗައް ވެރިކަން ކުރުން ޙަރާމް ވާހަކަ، ދެން އިނގުރައިދޫ ބޭސްފިހާރައިގެ ދަރަނީގެ ގޮތުގައި 37000ރ އޮތް ވާހަކަ އާއި އަދި އެކަމުގައި ސަމީހާގެ އިޙްމާލެއް އޮތްކަން، އަދި މީގެ އިތުރުން، ވަކި އަތަކަށް ޖެހިގެން ވެރިކަން ކުރާ ވާހަކަ އާއި ރައްޔިތުންގެ އިޙްސާސް ތަކަށް ނުބަލާ ވެރިކަން ކުރާވާހަކަ ވެސް އޮތް ލިޔެފައި” އެބޭފުޅާ ބުންޏެވެ. އަދި އެހެން ބޭފުޅާކު ހަބަރު ދެއްވި ގޮތުގައި ލިޔުން ތަކުގައި ސަމީހާ ވެރިކަން ހޯދީ ޤަވާޢިދާއި ޚިލާފަށް ކަމަށާއި އެއީ ކަތީބާ ކަމުގެ މަޤާމް ހުސްވެފައިވަނިކޮށް ވެރިކަން ހައިޖެކް ކޮށްގެން ހޯދިމަޤާމެއް ކަންވެސް އޮތް ލިޔެފައި، އޭނާ ބުންޏެވެ.
މިލިޔުން އިނގުރައިދޫގެ މަޤުތަކަށް އަޅާފައިވަނީ ކޮން ބައެއް ކަމެއް އަދި މިއީ ކޮންބަޔެއް ހިންގި އަމަލެއް ކަމެއް ނޭންގެއެވެ. އެއްވެސް ފަރާތަކުން މިކަމުގެ ޒިންމާ އަދި އުފުލާފައެއް ނުވެއެވެ.
Posted on 2009-10-31 13:26:43 |
Report this Comment