އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 30 10 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 248

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އެމްޑީޕީގެ ސަޕޯޓަރެކޭ ބުނެ ކިޔަވަން ހަމަޖެހިފައިވާ ފަރާތް ޖަލްސާއިން ބޭރުކޮށްފި

DRP



ރޭގައި (29 އޮކްޓޯބަރު 2009) އޮތް ޑީއާރްޕީގެ ޖަލްސާގައި ޤުރުއާން ކިޔަވަން ހަމަޖެހިފައިވާ ފަރާތަކީ އެމްޑީޕީގެ ސަޕޯޓަރެކޭ ބުނެ އެޖަލްސާއިން ބޭރުކޮށްލައިފިއެވެ. ޑީއާރްޕީގެ މިޖަލްސާގައި ކިޔަވަން ހަމަޖެހިފައި އޮތީ ވޭތުވެދިޔަ ރިޔާސީ އިންތިޚާބާއި އަދި މިހާރުވެސް ޑީއާރްޕީގެ ޖަލްސާގެތަކުގައި ވަރަށް ފޯރިގަދަކޮށް ބައިވެރިވެ އުޅުނު ޢުމުރުން 19 އަހަރުގެ ޒުވާނެކެވެ. ވަރަށް ރީތިކޮން ޤުރުއާން ކިޔަވާ އުޅުއްވާ އަދި މިހާރުވެސް އެރޮނގުން ތަޢުލީމު ޙާޞިލް ކުރަމުންދާ ޒުވާނެކެވެ.

ޑީއާރްޕީގެ ޖަލްސާގައި ކިޔެވުމަށްޓަކައި އެބޭފުޅާއަށް ދައުވަތު އެރުވީ މިމަހުގެ 27ވަނަ ދުވަހުގެރެއެވެ. އަދި އެކަން މުޅިން ފައިނަލް ކުރުމަށްޓަކައި އެރޭގެ 10:30 ހާއިރު އެބޭފުޅާ ޑީއާރްޕީގެ އައު އޮފީހަށްވެސް އެރޭ ޙާޟިރުވިއެވެ.

ހުރިހާ ކަމެއް ރާވާފައިވާ ޕްލޭނާ އެއްގޮތަށްގޮސް ޖަލްސާ ފެށުމުގެ ހަމަ ކުޑައިރުކޮޅެއް ކުރިން ރާއްޖޭގެ މަޝްހޫރު ޤާރީއެއްކަމުގައި ފ. ނިލަންދޫއަށް އުފަން އަލްޤާރީ އިބްރާހީމް ޙުސައިން އެތަނަށް ގޮސް ތިޔައީ މިތަނަށް އައިސްއުޅޭ އެމްޑީޕީގެ ސަޕޯޓަރެކޭ ބުނެ ހައިޖާނުގަނޑު އުފައްދާލިއެވެ. އަދި މިތަނަށް އަންނަނީ ޖާސޫސް ކުރުމަށް ކަމަށްބުނެ ދޮގުހަދައި އެތަނުގައި އިސްކޮން އުޅުނު ޑީއާރްޕީގެ މެމްބަރުންގެ ބޮލަށް އެރިގަތެވެ. އެހިސާބުން އެތަނުގައި ޒުވާބު އުފެދި އެންމެ ފަހުން ކިޔަވަން ދިޔަ ބޭފުޅާ އެސަރަޙައްދު ދޫކޮށް ދިޔައީއެވެ. އެންމެ ފަހުން މިޖަލްސާގައި ކިޔެވީ މިދެންނެވުނު ނިލަންދުއަށް އުފަން އަލްޤާރީ އިބްރާހީމް ޙުސައިނެވެ.

އެޖަލްސާގައި ކިޔަވަން ދިޔަ ބޭފުޅާ ނަން ހާމަނުކުރުމަށްއެދި މަޢުލޫމާތު ދެއްވި ގޮތުގައި އެވަގުތު އެތަނުގައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކުވެސް އެއްވެ ތިއްބެވެ. އަދި މިކަމާއި ވަރަށް ބޮޑަށް ލަދުގަނެ ދެރަވެސް ވީކަމުގައި ބުންޏެވެ. އެހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ. ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައި އެބޭފުޅާގެ ގޭގެ ކުރިމަތީގައި ހުރި ގޭގައި ޑީއާރްޕީގެ ޖަގަހަ ހަދައި އެންމެ ފޯރި އަރުވާފައިވެސް އުޅުނީ އެބޭފުޅާގެ ގެއަށް ނިޞްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ. އަދި ހަމަ އެޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ޤުރުއާން ކިޔެވީ އެބޭފުޅާއެވެ. އަދި އެއީ މާލޭގެ ޤަދަރުވެރި ޢާއިލާއަކަށް ނިޞްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ލަފާ ކުރެވޭގޮތުގައި ނިލަންދޫ ޤާރީ މިގޮތަށް ކަންތައް ކުރީ އެބޭފުޅާއަށްވުރެ ޢުމުރުން މާބޮޑުތަންވެސް ހަގު ބޭފުޅަކު ކިޔަވަން އަރާތީވެ ޙަސަދަވެރި ވެގެންނެވެ. އަދި ކަމުގެ ޙަޤީޤަތް ރަނގަޅަށް ނުބަލައި އެބޭފުޅާއަށް ކިޔަވަން ފުރުޞަތު ނުދިންކަމީވެސް ޑީއާރްޕީ ކަހަލަ މީހުންގެ ޙައްޤުތަކޭ ކިޔައިގެން ވާހަކަ ދައްކާ ބޮޑު ސިޔާސީ ޕާރޓީއަކުން އެކުށަށް އެބޭފުޅާގެ އަރިހުން ރަސްމީ ޞިފައެއްގައި މަޢާފަށްވެސް އެދެން ޖެހޭނެ ކަމެކެވެ.



click to visit inguraidhoolive

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-10-30 10:55:35 | Report this Comment
އާދަނު:

އަވަހަށް އެމްޑީޕީއާ ގުޅުމަށް ދައުވަތު އަރުވަން، ތިޔަ ނިލަންދޫ ގާރީއަށް ގާރީއޭ ކިޔަންވެސް ލަދުގަނޭ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.