
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އާއި، 137 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ދިވެހި ދައުލަތުގެ އެޓަރނީޖެނެރަލްގެ މަގާމުން އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، ރައީސް މުޙަންމަދު ނަޝީދު މިއަދު ވަކިކުރައްވައިފިއެވެ.
އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، އެޓަރނީޖެނެރަލްގެ މަގާމުން ވަކިކުރައްވައި، އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދިވެހި ދައުލަތުގެ އެޓަރނީޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.
ޚަބަރު:
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް