ހޯމަ, 21 ސެޕްޓެމްބަރ, 2009
އިނގުރައިދޫގައި މިޔަދު ހަމަ ނުޖެހުން ތަކެއް ހިނގައިފިއެވެ. މިހަމަ ނުޖެހުން ތަކުގައި އިނގުރައިދޫ ރަށު އޮފީހުގެ ފާރާއި ، އިނގުރައިދޫ ހުޅަނގު އަވަށު އަންހެނުންގެ މިސްކިތުގެ ފާރު ވަނީ ތަޅާލާފައެވެ.
11.30
މިކަމާއި ބެހޭ ގޮތުން އިނގުރައިދޫ ކައުންސިލަރ އަލްފާޟިލް މުހައްމަދު ނިޒާމް ވިދާޅުވީ ހުޅަނގު ކޮޅު މިސްކިތް ތަޅާ ލުމަށް އަންގާފައިވަނީ އިސްލާމީ ކަންތައް ތަކާ ބެހޭ މަތީ މަޖްލީހުން ކަމަށާއި އެއީ ގާނޫނީ ގޮތުން ހުއްދަ ލިބިގެން ކުރާ ކަމެއް ކަމުގައެވެ.
މިކަމާއި ހިންހަމަ ނުޖެހިގެން އިނގުރައިދޫ އިރުމަތި އަވަށު ރައްޔިތުންވަނީ މިޔަދު ހެނދުނު ފާޅުގައި ނުކުމެ އިނގުރައިދޫ އޮފީހުގެ ފާރުން ބައެއް ތަޅާލާފައެވެ. އަދި އިނގުރައިދޫ އިރުމަތި އަވަށަށް ނިސްބަތްވާ އަންހެނުން ތަކެއް ދަނީ އިނގުރައިދޫ އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ. މިމީހުން ދަނީ އިނގުރައިދޫ ކަތީބާ ސަމީހާ އިސްމާލު، ކައުންސިލަރ ގެ އިސްތިއުފާ އަށް ގޮވާފައެވެ. އަދި މިމީހުން ގޮވަމުން ދަނީ ހެޔޮވެރިކަމެއްގެ ސަރުކާރެއްގައި ތިބެނީ ހެޔޮ ވެރިން ނޫން ކަމަށެވެ. އަދި ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ފާޑު ކިޔާފައެވެ.
މިތަނުގައި މިހާރުވެސް މުޒާހަރާ ކުރަމުން އެބަ ގެންދެއެވެ.
އިތުރު ތަފްސީލް އަންނަނި……………………….
Posted on 2009-09-21 20:14:43 |
Report this Comment
Posted on 2009-09-21 21:51:00 |
Report this Comment
Posted on 2009-09-22 02:03:14 |
Report this Comment