އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 13 09 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 150
  • މޯބައިލް ލިންކު: m.muraasil.com/2144

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޑީއާރުޕީގެ ޖަލްސާއެއް ހެދިގޮނޑު ދޮށުގައި ބާއްވައިފި

ދިވެހިރައްޔިތުންގެ ޕާޓީގެ ޖަލްސާއެއް މިރޭ ހެދޮގޮނޑު ދޮށުގައި ބާއްވަފިއެވެ. މިޖަލްސާ މިރޭ ބޭއްވޭ ދެރެއްގެ މަތިން ޖަލްސާ ބާންވަން އުޅެ މޫސުމް ތަންނުދިނުމުގެ ސަބަބުން ކެންސަލް ވުމަށް ފަހުއެވެ. މިޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި، ތުލުސްދޫ ދާއިރާގެ މެންބަރ ރޮޒެއިނާ އާދަމް އާއި ޑީއާރުޕީގެ ނައިބު ޒައީމު ތަސްމީނު އަލީ، އަދި ޑީއާރުޕީގެ ޒައީމް މަޢުމޫން ޢަބްދުލް ޤައްޔޫމް ހިމެނިވަޑައިގަންނަވައެވެ.

މައުމޫންގެ ވާހަކަ ފުޅުގައި ކުރީގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލުފާޅު ކުރުމުގެ މިނިވަން ކަން ލިބިފައިވާ ވާހަކަ ފުޅަށް އަލިއަޅުވާލެއްވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ 27 ވަނަ މާއްދާގެ ދަށުން އެމީހެއްގެ ފިކުރުފާޅު ކުރުމުގެ މިނިވަންކަން އެމަނިކުފާނަށް ވެސް ލިބިގެންވާކަމަށެވެ. އަދި މީގެ އިތުރުން، އެމަނިކުފާނާއި ޑީއާރުޕީގެ މެންބަރުންވަނީ ވަރަށް ހަރުކަށި އިބާރާތުން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުށްވެރިކުރައްވާ ފައެވެ. އަދި އެބޭފުޅުން ވިދާޅުވި ގޮތުގައި، މިހާތަނަށް ޑީއާރުޕީގެ މެންބަރުން، އަބަދު ވެސް މަސައްކަތް ކުރައްވާފައިވާނީ ރައްޔިތުންގެ ފައިދާއަށް ކަމަށް ވިދާޅުވިއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-09-14 00:39:36 | Report this Comment
ކަންމަތި:

މައުމޫން އަށް ސަނާ ކިއުން ނޫން ކަމެއް ތިކަހަލަ ޖަލްސާތަކުގައި އޮވޭތަ....؟

Posted on 2009-09-14 05:27:07 | Report this Comment
ދޮންބެ:

ޑީ.އާރު.ޕީ.ގެ ޖަލްސާތަކަށް ދާ ޢާންމުގެ ބޮލުގެ ފަހަތް ބަލައިފިނަމަ (ލޮލަށް ނުފެނުނަސް) ބޮލުގެ ނާށިގަނޑާއެކު ސިނކުޑި ކާލާފައިވާކަން އެނގޭނެ.

Posted on 2009-09-14 13:42:38 | Report this Comment
ފަޓާނީ:

އެމްޑީޕީގެޖަލްސާތަކަށް ދާ މީހުންގެ ބޯބާލައިފައި ހުރިނަމަ (ލޮލަށް ނުފެނުނަސް) ބޮލުގެ ނާށިގަނޑާއެކު ސިނކުޑި ކާލާފައިވާކަން އެނގޭނެ. ހައްދަވައިގެން ތެދެއް ނުހަދާއިރު މިއިި ފަހެ ކަނުބަޔަކީތަ!

Posted on 2009-09-14 22:35:15 | Report this Comment
ބުނެބަލަ:

ޑީއާރުޕީ ގެ މަގުސަދަކީ މައުމޫނު ހިމާޔަތްކުރުން ނޫން ދެން ކޮންކަމެއް؟

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.