އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 04 09 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 698
  • މޯބައިލް ލިންކު: m.muraasil.com/1887

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ކާނިވާ ސަރަޙައްދުގައި އަންހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލައާއި ގުޅިގެން މިހާތަނަށް ތިންމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

އަލިމަސް ކާނިވާ ސަރަޙައްދުގައި އަންހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގި މައްސަލައާއި ގުޅިގެން މިހާތަނަށް މިކަމާއި ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ތިންމީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ހުސްވި އޮގަސްޓްމަހު 30 ވަނަ ދުވަހު ހަވީރު ވަގުތެއްގައި އަލިމަސް ކާނިވާ ސަރަޙައްދުގައި ހުންނަ ސްޓޭޖް ފުރަގަހުގައި ހަދާފައިހުރި ކޮޓަރިއެއްގެ ތެރެއަށް ފިރިހެން ކުއްޖަކާއެކު ވަދެއިން 18 އަހަރުގެ އަންހެންކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލައާއި ގުޅިގެން މިކަމުގެ ތުހުމަތުގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހުންނަކީ ހ.ސަމަރ ގްރީން/ ޢުމުރުން 18 އަހަރުގެ އިބްރާހިމް ޒަކަރިއްޔާއާއި، ރ.އިނގުރައިދޫ/ އާގަރާގޭ/ ޢުމުރުން 18 އަހަރުގެ އިބްރާހިމް ޞުލްތާންއާއި، ގއ.ކޮނޑޭ/ ބްލޫނިޔާގޭ/ ޢުމުރުން 20 އަހަރުގެ މަފްތޫޙް އިބްރާހިމްއެވެ.

ޙަމްދޫން ރަޝީދު އިތުރަށް ވިދާޅުވި ގޮތުގައި މިޢަމަލު ހިންގުމުގައި މިތިންމީހުންނާއެކު އިތުރު 8 މީހަކު ހިމެނޭކަމަށް މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓުންމިހާރުދަނީ ތަޙްޤީޤް ކުރަމުންނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-09-04 23:37:40 | Report this Comment
ނަސްރުﷲ:

މީ އިންސާނުންތަ ޖަނަވާރުންތަ؟
ޔާމީނު: ނަސްރުﷲ ތިހެން ބުނަންޏާ ބުނެވިދާނެ... މިއީ މައުމޫނީ ޕޮރޮޑަކްޓްސް.
ނަސްރީނާ: ނަސްރުﷲ އެއީ މައުމޫނުގެ ނުއަތު ދަރިއެކޭ.... އެސޮރު ބަހައްޓާ
މީމުއަލިފު: ހަމައެއްޗެކޭ ބުނާއިރަށް މައުމޫނޭ އަނެކެއްޗެކޭ! އެނޫނިއްޔާ ދިވެހިރާއްޖެގައި މީހަކު ވެރިކަންނުކުރަނީ ބާ! މައުމޫނު ވެރިކަމުން ދުރުކުރިތާ މިހާރު އަހަރެއްވަނީ އަދިވެސް ހުރިހާގޯސްކަމެއް މައުމޫނުގެ ސަބަބުން، ހުރިހާ ރަނގަޅުކަމެއް ރައީސްނަސިދުގެ ބޮލުގައި. ބަލަ މައުމޫނު ގޯސްކަމުންތާ އެހެންމީހަކު އެރުވީ، ދެނަވެއްޖެއްނު ރަނގަޅުކުރަން. ކުރިންކިއީ އަދުލްއިންސާފުގާއިމްނުކުރަނީއޭ. މިހާރު ވެއްޖެއްނު އަދުލްއިންސާފު ގާއިމް ކުރަން، ނޫނީ މައުމުނާ އޭނާގެތިބުނާ ޕްރޮޑަކްޓް ތަކާއެކު ކަނޑުފައްތަން............
ސައީދު: މަތީގައިވާ ތިން ކޮމެންޓްކިޔާލާފަ އަޅުގަމޑުގެ ވިސްނުމަކީ މިއީއެވެ. 1 މިއީ އިންސާނުންތައް ޖަނަވާރުންތަ؟ މިކޮމެންޓުގައި އެއްވެސް މައްސަލައެއް ނެތެވެ. އެއީ މިކޮމެންޓް ކޮއްފައި މިވަނީ މުސްލިމުންގެ ތެރެއިން ހިލޭ އަންހެނަކާއި ފިރިހެނަކު ރަމަޟާން މަހެއްގައި ރޯދަ ނުހިފައި، އެހަހެރި ތަނެއްގައި ވަގަށް ސިގިރެޓް ބޯން ތިއްބައި، ބަޔަކު އައިސް ގަދަކަމުން ޒިނޭ ކުރުމުންނެވެ. އެހެން ވީމާ އެ ސުވާލު އެހެން ކުރެވި ދާނެއެވެ. އެކަމުގައި ޝާމިލްވާ އެންމެން ގެ ވެސް ކުށް އެބަހުއްޓެވެ. އަދި މާތް ﷲ ވަހީބަސްފުޅެއްގަ ވެސް އިނަސާނުންގެ ތެރޭގައި ވަލު ޖަނަވާރުންނާއި އެއްހަމަ ބަޔަކު، އަދި ޖަނަވާރުންނަށް ވުރެ ދަށު ދަރަޖައިގެ ބަޔަކު އުޅޭ ވާހަކަ އަންގަވާފައި ވާތީއެވެ. 2 ވަނަ ކޮމެންޓް ކޮށްފައި ވަނީ ޔާމީނުގެ ނަމުގައި އެވެ. އެކޮމެންޓް ކުރި މީހާގެ ކޮމެންޓް އަމާޒު ކޮށްފައި ވަނީ ނަސްރުﷲގެ ކޮމަންޓަށެވެ. ނުރުހިފައި ހުރީ ނަސްރުﷲ ދެކެއެވެ. ބުނާކަހަލަ އެވެ. މުސްލިމުންގެ ތެރެއިން ބަޔަކު ޒިނޭކޮށް ރޯދަ ނުހިފައި، ހިލޭ އަންހެނުންނާއި ފިރިހެނުން އެކަހެރި ތަންތަނަށް ވަދެ ފިލާތިބެގެން ހަރާމް ކަންކަން ކުރިއަސް އެއްވެސް މައްސަލައެއް ނެތެވެ. އެމީހުންނާއި ދިމާލަށް ތިކަހަލަ އެއްޗެއް ނުބުނާށެވެ. ... އެހެންވީމާ އެއޮތީ އެގޮތަށް ސުވާލު ކުރިމީހާ އަށް ޖަވާބު ދީ ފައެވެ. ދެން އެކޮމެންޓުން ފާހަގަ ކުރެވުނެ އަނެއް ކަމަކީ އެމައްސަލާގައި އެއްވެސް ވަރަކަށް ބައިވެރި ނުވާ މީހެއްގެ ބޮލަށް މައްސަލަ ބިންދާލައިފައިވާ ކަމެވެ. ހަގީގަތުގައި މިމައްސަލާގައި،ބަޔަކު ރޯދަ ނުހިފުމާއި، ޒިނޭ ކުރުމުގައި މައުމޫނުގެ އެއްވެސް ދައުރެއް ފެންނާކަށް ނެތެވެ. މައުމޫނު ހުރީ ގޭގައި އެވެ. އެމީ ހުންނަކީ މައުމޫނު ބުނެގެން އެކަން ކުރި ބައެއް ކަންވެސް އެނގޭކަށް ނެތެވެ. އަދި މައުމޫނާއި އެމީހުންނާއި އެއްވެސް ގުޅުމެއް ނެތެވެ. އެހެންވީމާ ދެވަނަ ކޮމެންޓުން ފެންނަނީ އެއްވެސް ގުޅުމެއް ނެތް މީހެއްގެ ބޮލަށް މައްސަލަ ބިންދާލަން އުޅޭ ތީއެވެ. 3 ވަނަ ކޮމެންޓް. މިކޮމެންޓުން ދޭހަވަނީ މީހެއްގެ ބޮލުގަ ޒިނޭގެ ތުހުމަތު އަޅުވާތަނެވެ. ބޮޑަށް ހީވަނީ ޒިނޭގެ ތުހުމަތު އެޅުވުމަކީ މާކަ ބޮޑުކަމެކޭ ހީނުވާ ހެންނެވެ. ....... އަދި ފުރަތަމަ ކޮމެންޓް ކުރިފަރާތަށް ހުތުރު އެރުވުމެވެ. އަދި ސިޔާސީގޮތުން ތިމާގެ ވިސްނުމާއި ދެކޮޅުގެ މީހުން ދެކެ ވަރަށް ރުޅި އަންނަކަން ހާމަ ވެގެން ވެގެން ދެއެވެ. ފަހު ދެކޮމެންޓްވެސް ކޮއްފަ ވަނީ ސިޔާސީ ދެނަމުންނެވެ.އެހެންވެ މިހެން ބުނެވެން އެބައޮތެވެ. ...އަޅުގަނޑަށް ފެންނަނީ ކޮމެންޓް ކުރައްވާ އިރު ތިމާއަށް ފާފަ ނުލިބޭ ގޮތަށް ކޮމެންޓް ކުރުމެވެ. ހަގީގަތުގައި ތިމާގެ މަދު ހެޔޮކަންތަކުގެ ތެރެއިން ނެގިގެން އަނެކާއަށް ޕްލަސްވަމުން ދަނީއެވެ. ލޮލަށް ނުފެންނާތީ އިހްސާސް ނުވަނީ އެވެ. އެކަމަކު އެއީ ހަގީގަތެވެ.
ނަސްރުﷲ: ބައެއް މީހުންނަކީ ދީނުގައި ކަންތައްތަކުގެ އޮންނަ ބޮޑު ކުޑަ މިން ބަލާނުލާ ވާހަކަ ދައްކާ މީހުންނެވެ. ޤަޛްފުކުރުމަކީ ކޮބައިކަމާއި، ޤަޛްފު ކުރުމުގެ ހުރި ނުބައިކަން އެ މީހުން ބަލާކަށްވެސް ބޭނުމެއް ނުވެއެވެ. ފާޑެއްގެ ފޭކު ނަންނަމުން ކޮމެންޓްކޮށް ޤަޛްފު ކުރަމުން ދާއިރު އެ މީހުންނަށް ހީވަނީ އެއީ ކާކުކަން އެނގޭ ފަރާތެއް ނުހުންނާނެ ކަމުގައެވެ. ހަމަ ޔަގީނުންވެސް ކޮންމެ ނަމެއްގައި ކޮމެންޓް ކުރިޔަސް ޤަޛްފުކުރުމަކީ ބޮޑު ފާފައަކަށް ހެއްދެވި ފަރާތަށް އޮޅުވައެއް ނުލެވޭނެއެވެ.

Posted on 2009-09-05 14:46:49 | Report this Comment
ލަބިިިބް:

މި ކަހަލަ ކަންތަައް ރަގަލު ވަަނިިިިިިި ޕްރޮރވިންސް ތައް ހެދި މަަަލެެެެ ގެ ތޮައް ގެހުން ގޮސް ގެން-----މިކަހަލަ މައްސަލަ ތަކުގަަ ގިނަ
ކކ: ލަބިބް މީ ދިވެއްސެއް ތަ؟

Posted on 2009-09-05 23:40:46 | Report this Comment
ފާތުމަތު:

ޕްރޮރވިންސް ތަކާ ގޯތިގެދޮރުގެ ދަތިކަމާ ހަރަދު ކުޑަކޮއް ވެރިކަން ބަދަލުކޮއްގެނެނޫން މިކަންކަން ރަގަޅު ކުރެވޭނީކީ! ރަގަޅު ކުރެވޭނީ އެމީހުނަށް ހައްގު އަދަބުދީ މިހާރުގެ ޒުވާން އަންހެނުންނަކީ އިއްފަތްތެރި ރިވެތި އަހުލާގެއްގެ ވެރިބަޔަކައްވެގެން.އެ އަންހެންކުއްޖާވެސް ހަމަގޭގަ ރީއްޗައް އިންދަކާނޫނެންނު އެކަންވީކީ!!!!!!!
އިގްބާލް : ތީގެ މާނައަކީ އެފަދަ ތަންތަނުން ފެންނަ ކުދިންނަށް އެހެން ހެދުން އެންމެ ރަނގަޅޭތަ؟ ބަލަ ތިޔަ ފާތުންވެސް މަޖީދީމަގުން ހިގާފައި ދަނިކޮށް ބަޔަކު ބެހި ފުރައްސާރަކޮށްފާނެ، ދެންހަމަ ބުނަންވީތަ ކީއްވެހޭ މަގުމައްޗަށް ނުކުތީ، ގޭގައި ހުއްޓާހޭ ބެހުނީ.

Posted on 2009-09-06 00:03:20 | Report this Comment
ވަޙީދު:

ރަމަޟާން މަހުގެ ކަރާމާތް ކަނޑާލާ ދުވާލުވަގުތު ކެއުމަކީ ކޮންކަހަލަ ނުބައި ކަމެއްކަން މިއަންހެނާއަށް ވެސް ވިސްނުނު ކަމަކަށް ނުވިއެވެ. ﷲގެ ކޯފާ އަންނާނީ ހިތައްވެސް ނާރާފަދަ ގޮތްތަކަށެވެ. ނިކަންވިސްނާލަބަލާށެވެ. މިއަންހެނާއަށް ކޯފާ އެއައީ ދެދުނިޔޭގެ އަބާއްޖަ ވެރިބައެއްގެ ފުށުންކުރިމަތިވި ނުބައި ނުލަފާސިފައެއްގައެވެ. މިހުރިހާއެންމެނަށްވެސް ﷲގެ ނުރުއްސެވުން ކުރިމަތިވީއެވެ.
ޑރ: ވެދާނުން އޭނާ ޕީރިއަޑް ވެފަ ހުރީ ކަމައް، ސިގިރެޓެއް ބޯ ލެވިދާނެ ސިރުން! އެއީ މަސަލައެއްކަމުގައި އަޅުނގަޑު ނުދެކެން. ތަނެއްގަ ހަމަ އަންހެން ކުޖަކު ހުއްޓޭ ކިޔާފަ ނުޖެހޭކަންނޭގެ އެ އަމަލު ހިންގަން..ކޮންމެ މީހަކަށްވެސް ބޭނުން ތަނެއްގަ ވަކި ހުދޫދެއްގެ ތެރޭގައި އުޅެވެން ޖެހޭނެ ކަމައް އަޅުގަނޑު ދެކެނީ
ސާ: ޑރ ތިގޮތަށް ދެކެންޏާ ( ރޯދަ މަހު ދުވާލު 18 އަހަރު ވެފައި ހުރި އަންހެނަކު، ފިރިހެނަކު ގޮވައިގެން ގޮސް ސިގިރެޓް ބުއިމަކީ މައްސަލައެއް ނުން ކަމުގައި) ހަމަ ހިތަށް އެރިކަމެއް ކުރަންވީ. ގަދަ ކަމުން ބަދު އަހްލާގީ އަމަލު ހިންގަންވީ... ދޯ
ޑރ: ތީގަ ދެން ތިބޭފުޅާގެ ވިސްނުމާ އަޅުގަނޑުގެ ވސްނުމުގަ ތަފާތެއް އެބަ އުޅޭ! އެހެންވީމަ އެގޮތަ އެކަން ބާއްވަމާ ދޯ :)

Posted on 2009-09-08 15:22:31 | Report this Comment
ހަސަނު:

އެއްވެސްމީހަކު އަނެކެއްގެ ހައްޤަކަށްއަރައިގެންނުވާނެ ކޮންމެ މީހަކަށް ވެސް އެމީހަކު ހުންނާނެ ތަނެއްގަ ހުރެވޭނެ ދޯ.

Posted on 2009-09-12 14:27:00 | Report this Comment
ތަކުރު:

ހަސަނަށް ތާއީދު.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.