
އިނގުރައިދޫގައި މީގެ ކުޑަ ދުވަސްތަކެއް ކުރިން (11 އޮގަސްޓް 2009) ހިނގިމާރާމާރީގެ މައްސަލައެއްގައި ފުލުސް އޮފީހުން ހައްޔަރު މަޑުއްވަރީ ހުސެއިން ޝަރީފް އިނގުރައިދޫ އިން ބޭރުކޮށްފިއެވެ.
ޙަބަރު ލިބިފައިވާގޮތުގައި މީނާ އަކީ މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގައި އެތަށް ފަހަރަކު ފުލުސް އޮފީހުން ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި ތުޙުމަތު ކުރެވިފައިވާ ގޮތުގައި މީނާ މިހާރުވެސް ދަނީ އިނގުރައިދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންނެވެ. މީނާ އިނގުރައިދޫއިން މިރޭ ބޭރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވަނީ އިނގުރައިދޫގެ ހަރުމީހުންނާއި ޒުވާނުންނެވެ. އަދި ހަބަރު ލިބިފައިވާ ގޮތުގައި މީނާ ވަނީ ދޯންޏެއްގައި މަޑުއްވަރީއަށް މިރޭގެ ވަގުތެއްގައި ފޮނުވާލާފައެވެ.
Posted on 2009-08-29 12:42:43 |
Report this Comment